އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތް އެތެރެކުރެވޭ މިންވަރު އިތުރުކޮށްފި

ކަސްޓަމްސްއިން ނައްތާލި ސިނގިރޭޓުތަކެއް --- ފޮޓޯ: އަދަދު

ކަސްޓަމްސްއިން ނައްތާލި ސިނގިރޭޓުތަކެއް --- ފޮޓޯ: އަދަދު

އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް ގެނެވޭ މިންވަރު އިތުރުކުރެވޭ ގޮތަށް ސަރުކާރުން އުސޫލަށް ބަދަލު ގެނެސްފި އެވެ. 

ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލުގެ ގޮތުގައި ގެންނަ ތަކެތިން ޑިއުޓީ މައާފުކުރުމުގެ އުސޫލަށް ގެނައި އުސޫލަށް ގެނައި އިސްލާހުގެ ދަށުން އަމިއްލަ ބޭނުމަށް ފަތުރުވެރިންނެކޭ އެއް މިންވަރަށް ދިވެހިންނަށް ވެސް މިހާރު ދުންފަތުގެ ބާވަތްތައް އެތެރެކުރެވޭނެ އެވެ. 

މި އުސޫލަށް ގެނައި ބަދަލުގެ ތެރޭގައި 18 އަހަރު ފުރިފައިވާ މީހުންގެ ބަދަލުގައި ދެން ދުންފަތުގެ ބާވަތްތައް އެތެރެކުރެވޭނީ 21 އަހަރުގެ މީހުންނަށެވެ. ކުރިން އެ އުސޫލު ފަތުރުވެރިންނަށް އެކަނި ހަނިކޮށްފައި އޮތަސް، މިހާރު ދުންފަތުގެ ބާވަތްތައް ފަތުރުވެރިންގެ އިތުރުން ދިވެހިންނަށްވެސް އެތެރެކުރެވޭނެ އެވެ. 

މިގޮތުން އަމިއްލަ ބޭނުމަށް 200 ސިނގިރޭޓު (ހީޓަޑް ޓޮބޭކޯ އާއި ބިޑި ހިމެނޭހެން) ނުވަތަ 20 ސުއްޓާ ނުވަތަ 100 ގްރާމުގެ ދުންފަތް ޑިއުޓީ ނުދައްކައި ރާއްޖެ އެތެރެކުރެވޭނެ އެވެ. 

ނަމަވެސް އުސޫލުގެ ދަށުން އަމިއްލަ ބޭނުމަށް ޑިއުޓީ އިނާޔަތްދިނުން އިސްތިސްނާވާ ތަކެތީގެ ތެރޭގައި ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެ ތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކާއި، އީ-ސިނގިރޭޓާއި، ޝީޝާ އާއި، ފްލޭވާޑް ސިނގިރޭޓު ނުވަތަ އީ-ލިކުއިޑް ފަދަ ތަކެތި ނުހިމެނެ އެވެ.

ސަރުކާރުން ވަނީ  2024 ވަނަ އަހަރު ސިނގިރޭޓު މިހާރު ވިއްކާ އަގަށްވުރެ 50 ޕަސެންޓު ބޮޑުކުރުމަށްފަހު، މިދިޔަ ޖުލައި މަހު 50 ޕަސަންޓު އަނެއްކާ އަގުހެޔޮވާނެ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނު އިސްލާހުކޮށްފަ އެވެ. 

ރާއްޖޭގެ ފިހާރަތަކުން ސިނގިރޭޓު ފޮށްޓެއް މިހާރު ލިބެން ހުރީ 250ރ. އާއި 240ރ. އާ ދެމެދުގެ އަގެއްގަ އެވެ. މީގެ ކުރިން 995ރ. އަށް ވިއްކަމުން އައި ސިނގިރޭޓު ކާޓަނެއްގެ އަގު 2،200ރ. އަށް ވުރެ މައްޗަށް އުފުލެނެވެ. އެއީ ރާއްޖެއަށް ސިނގިރޭޓު އެތެރެކުރަން ފެށިފަހުން އެންމެ ޑިއުޓީ ބޮޑުކުރި ފަހަރެވެ.

އެހެން ނަމަވެސް، އޭގެ 19 މަސްދުވަސް ފަހުން ފާސްކުރި ބިލާއެކު ސިނގިރޭޓު ފޮށްޓެއްގެ އަގު ވަނީ ދެގުނަ އަގުހެޔޮވެފަ އެވެ. 

ސަރުކާރުން ސިނގިރޭޓުގެ ޓެކްސް ބޮޑު ކުރުމުން ވަގު ދުންފަތުގެ ބޮޑު ކަޅު ބާޒާރެއް އުފެދި، ފޭކު ސިނގިރޭޓު މުޅި ރާއްޖެއަށް އާންމުވި އެވެ. ކުރިން ސިނގިރޭޓު ވިއްކި އަގަށް ވުރެ މާ އަގުހެޔޮކޮށް ފޭކު ސިނގިރޭޓު މިހާރު ވެސް ލިބެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox