މި ސަރުކާރަށް 48 ބިލިއަން ރުފިޔާ އިތުރަށް ލިބިގެން ކުރި ކަމެއް ނުފެނޭ: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އަމީރު ވިދާޅުވަނީ ހުރިހާ ވެސް މައްސަލައަކީ ސަރުކާރުގެ އިސްރާފު ކަމަށް -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އަމީރު ވިދާޅުވަނީ ހުރިހާ ވެސް މައްސަލައަކީ ސަރުކާރުގެ އިސްރާފު ކަމަށް -- ފޮޓޯ: އަދަދު ފައިލް

މި ސަރުކާރަށް ދެ އަހަރާއި ބައިން މިދިޔަ އެމްޑީޕީގެ ވެރިކަމުގެ ދެ އަހަރާ ބައިގައި ލިބުނު އާމްދަނީއަށް ވުރެ އިތުރަށް 48 ބިލިއަން ރުފިޔާ ލިބުނުއިރު އެ ފައިސާއިން ކުރި ކަމެއް ނުފެންނަ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. 

އަދަދު ނޫހުން ގެނެސްދޭ "އެތެރެފުށް" ޕްރޮގްރާމްގައި އަމީރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ދެ އަހަރާއި ބައިގެ ތެރޭގައި 33 ބިލިއަން ރުފިޔާ ލިބުނުއިރު، މި ސަރުކާރުގެ އެ މުއްދަތުގައި 85 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެހެންކަމުން ދެ އަހަރާއި ބައިގެ ތެރޭގައި އެމްޑީޕީގެ ވެރިކަމަށްވުރެ އިތުރަށް 48 ބިލިއަން ރުފިޔާ ލިބުނުއިރު ހަރަދުކުރީ ކޮން ކަމަކަށްކަން ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ސަރުކާރުގައި ދެ އަހަރާއި ބައިގެ ތެރޭގައި ލިބުނީ ގާތްގަނޑަކަށް 33 ބިލިއަން ރުފިޔާ. ރައީސް ޔާމީން ސަރުކާރުގައިވެސް އަޅުގަނޑަށް ހަނދާންވާ ގޮތުން 30 ވަރަކަށް ބިލިއަން ރުފިޔާ. މި ސަރުކާރުގައި ކިހާވަރެއްކަން އެނގިލައްވާތޯ. 85 ބިލިއަން ރުފިޔާ،" ޕްރޮގްރާމުގައި އަމީރު ވިދާޅުވި އެވެ. 

"ދެ އަހަރާއި ބައި ތެރޭގައި އާމްދަނީގެ ގޮތުގައި ޑޮލަރުވެސް ހިމަނައިގެން 85 ބިލިއަން ރުފިޔާ ޑޮލަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާ އެބައިން ލިބިފައި އެނގޭތޯ. އެހެންވީމަ މިދިޔަ ސަރުކާރާ އަޅާބަލާއިރު ދެ އަހަރާއި ބައިގެ ތެރޭގައި ގާތްގަނޑަކަށް 48 ބިލިއަން ރުފިޔާ އިތުރަށް މި ސަރުކާރަށް ލިބިފައި އެބަހުރި. ކޮބާ ކިހިނެއް ކޮން ތަނަކަށް ހަރަދުކުރީ."

އެހެން ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުން ދަރަނި ދައްކަން ޖެހުމުން ދަތިތައް ދިމާވިކަން ފާހަގަކުރަމުންދާއިރު ދަރަނި ދެއްކުމަށްފަހުވެސް ގިނަ އަދަދެއްގެ ފައިސާ ދައުލަތުގައި ހުރިކަން އަމީރު ވިދާޅުވި އެވެ. ނަމަވެސް ޕްރޮޖެކްޓެއްވެސް ނުހިނގާއިރު އެ ފައިސާއިން ސަރުކާރުން ކުރި ކަމެއް ހަމަ އެއްގޮތަކަށްވެސް ނޭގުނު ކަމަށް އޭނާ ވިދާޅުވި އެވެ. 

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ މަހުގެ ތެރޭގައި އެކަނިވެސް 108.3 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) އާ އެކީ، މިދިޔަ މަހުގެ ނިޔަލަށް 976.6 މިލިއަން ޑޮލަރު (15.1 ބިލިއަން ރުފިޔާ) ލިބިފައިވެ އެވެ. 

މި އަހަރު ވެސް ދައުލަތުގެ އާމްދަނީ އިތުރުވެ، ރެކޯޑު އަދަދަކަށް ޑޮލަރު ލިބިފައި ވިޔަސް، ރާއްޖޭގެ ތާރީހުގައި މިހާ ޑޮލަރު ތާށި ދުވަސްވަރެއް ނާދެ އެވެ. 

އެ ގޮތުން ރަސްމީ ރޭޓަކީ 15.42ރ. ނަމަވެސް، އާންމުންނާއި ވިޔަފާރިތަކުން ބޭނުންކުރާ ޑޮލަރުގެ ބޮޑު ބަޔެއް ހޯދަން ބަރޯސާވާ ކަޅު ބާޒާރު ނުވަތަ ޕެރެލަލް މާކެޓުގައި ޑޮލަރެއްގެ އަގު ހުރީ 23ރ. އަށެވެ. މިއީ ދިވެހި ތާރީހުގައި ދުވަހަކު ވެސް ޑޮލަރުގެ އަގު ނުއުފުލޭ ވަރެކެވެ. 

ސަރުކާރުން ބުނަނީ މި ހުރިހާ ވެސް މައްސަލައަކީ ކުރިން ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކުރުމާ ގުޅިގެން އިގުތިސޯދުގައި އުފެދިފައިވާ ހާލަތަކެވެ. ނަމަވެސް ގިނަ މާހިރުން ބުނަނީ މިއީ އޭރު ފައިސާ ޗާޕުކޮށްފަ އޮއްވާ، އެ ޕްރެޝަރު ކުޑަކުރަން ސަރުކާރަށް ހަރަދުތައް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން އިތުރަށް ގޯސްވީ ހާލަތެއް ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox