ޑްރޯން ބޭސް އަޅަން ބީޗު ހިއްކަން އެދުމުން ދެކޮޅު ހެދިން، އިސްލާހާއެކު ހައްގު ގެއްލޭނެ: އާތިފް

ކުޅުދުއްފުށި މޭޔަރު އާތިފް: ސަރުކާރުން ކުޅުދުއްފުށި އެއާޕޯޓު ކައިރީގައި އޮންނަ ބީޗު ހިއްކައިގެން ދެ ޑްރޯން ބާއްވަން ޑްރޯން ބޭސްއެއް އަޅަން ބޭނުންވުމުން އެކަމާ ދެކޮޅު ހެދިކަމަށް މޭޔަރު ވިދާޅުވި -- ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށި މޭޔަރު އާތިފް: ސަރުކާރުން ކުޅުދުއްފުށި އެއާޕޯޓު ކައިރީގައި އޮންނަ ބީޗު ހިއްކައިގެން ދެ ޑްރޯން ބާއްވަން ޑްރޯން ބޭސްއެއް އަޅަން ބޭނުންވުމުން އެކަމާ ދެކޮޅު ހެދިކަމަށް މޭޔަރު ވިދާޅުވި -- ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށި ސިޓީގެ އެއާޕޯޓު ކައިރީގައި އޮތް ބީޗު ހިއްކުމަށްފަހު އެތަނުގައި އެމްއެންޑީއެފްގެ ޑްރޯން ބޭސްއެއް އަޅަން ސަރުކާރުން ބޭނުންވުމުން އެކަމާ ދެކޮޅު ހެދި ކަމަށާއި އެކަމަކު ސަރުކާރަށް ރަށްރަށުގެ ބިންތައް އަތުލެވޭ ގޮތަށް ލާމަރުކަޒީ ނިޒާމަށް މިހާރު ގެނެސްފައިވާ އިސްލާހާއެކު ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގެ ޖާގަ ދެން ނުލިބޭނެ ކަމަށް ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް މިރޭ ވިދާޅުވެއްޖެ އެވެ. 

ފޭސްބުކްގައި އާތިފް ވިދާޅުވީ ސަރުކާރުން ބޭނުންވީ ރައްޔިތުންގެ ރުހުމާއެކު ފާސްކޮށްފައިވާ ލޭންޑް ޔޫޒް ޕްލޭނުގައި ބީޗެއް ގޮތުގައި ކަނޑައަޅާފައި އޮތް ތަނުގައި އެމްއެންޑީއެފްގެ ދެ ޑްރޯން ބާއްވަން ޑްރޯން ބޭސްއެއް އަޅަން ކަމަށެވެ. ނަމަވެސް އެކަން ރައްޔިތުންގެ ވޯޓަކަށް ގޮސްގެން ކުރަން ކައުންސިލުން އޭރު ހުށަހެޅި ކަމަށް އާތިފް ވިދާޅުވި އެވެ. 

"މި ސަރުކާރުން އައި ކުޅުދުއްފުށީގެ ބޮޑަވަކި އަތިރި ނުވަތަ އެއާޕޯޓު ކައިރީގައި އޮތް ބީޗު ނަގައި ހިއްކުމަށްފަހު އެމްއެންޑީއެފްގެ ދެ ޑްރޯން ބާއްވަންވެގެން. އަޅުގަނޑުމެން އެ ފުރުސަތުގައި އެދުނިން ލޭންޑް ޔޫޒް ޕްލޭނުގައި ބީޗެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ތަނެކޭ އެއީ. އެހެންކަމުން އަޅުގަނޑުމެންނަކަށް ރައްޔިތުންގެ ނިންމުމާ ދެކޮޅަކަށް އެ ބިމެއް ނުދެވޭނެއޭ. ސަރުކާރުން ބޭނުންވާ ކަމަށްވާނަމަ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ރައްޔިތުންގެ ވޯޓަކުން އެ ބިން ވަކިކުރެވިދާނެއޭ،" އާތިފް ވިދާޅުވި އެވެ. 

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު ސަރުކާރުން ހުށަހަޅާ ކަންކަމާ ދެކޮޅު ހަދައި ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގެ ފުރުސަތު ދެން ނުލިބޭނެކަން ފާހަގަކުރައްވާ އާތިފް ވިދާޅުވީ ކެބިނެޓުން މާދަމާވެސް ނިންމައިފިނަމަ ރަށުގެ ދެބައިކޮށްފައި އެއްބައިވެސް ސަރުކާރަށް ބޭނުން ގޮތަކަށް ނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

"އެހެންނަމަވެސް އިއްޔެގައި ގާނޫނަށް އެ ގެނައި ބަދަލާއެކީގައި އަޅުގަނޑުމެންނަށް އެކަހަލަ އެއްވެސް ފުރުސަތެއް ނުލިބޭނެ. ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ ފުރުސަތެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ. މާދަމާވެސް ކެބިނެޓުން ނިންމައިފި ކަމަށްވާނަމަ ރަށުގެ ދެބައިކޮށްފައި އެއްބައިވެސް ހަމަ ސަރުކާރަށް ބޭނުން ގޮތަކަށް ނަގަންވީ،" މޭޔަރު ވިދާޅުވި އެވެ. 

ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ލިބޭ ބިލު މަޖިލީހުން ފާސްކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާއެކު މި ބިލު ފާސްކުރީ، ރައްޔިތުންގެ ހިޔާލު ހޯދުމަށް އިދިކޮޅު މެންބަރުން ހުށަހެޅި އިސްލާހުތަކަށް އަމަލުކުރުމެއް ނެތިއެވެ.

އާތިފް އިތުރަށް ވިދާޅުވީ މުހައްމަދު މުއިއްޒުގެ އެއްވެސް އިހުލާސްތެރިކަމެއް ހުރިނަމަ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ބިންތައް އަތުލެވޭ އިސްލާހު ތަސްދީގު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެ އިސްލާހު އެކި ރަށްރަށަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރުހުން ދެއްވުމުން އެކަމާ ހިތާމަކުރައްވާ ކަމަށްވެސް އާތިފް ވިދާޅުވި އެވެ. 

ސަރުކާރުގެ ފުރިހަމަ އެންޑޯސްމަންޓާއެކީ ފާސްކުރި މި ބިލަކީ  ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބަދަލުތަކެކެވެ. މި ބަދަލުތައް ގެންނަަން ފާސްކުރި ބިލުގައި އޮތީ  ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވާނެ ކަމަށެވެ. އެހާ ހިސާބުން އެ ތަން ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަނަށް ވެގެން ދާނެ އެވެ. 

ހަމަ އެހެންމެ، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. 

ލާމަރުކަޒީ ގާނޫނަށް ދެން ގެންނަ ބަދަލުތައް ހުށަހަޅާފައި ވަނީ ކައުންސިލު މެންބަރުންގެ ސުލޫކީ މިންގަނޑަށެވެ. މި މިންގަނޑަށް އިތުރުކުރާ ކަންކަމުގައި ވަނީ، ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭން ކައުންސިލަރުންނަށް މަޖުބޫރުކުރާ ގޮތަށެވެ. 

އޭގެ އިތުރުން، މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް ހިމަނަން ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި، އެފަދަ މަޝްރޫއުތައް ހުއްޓުވުމަށް ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް ވެސް ބަދަލުތަކުގައި ވެ އެވެ. 

މި ބަދަލުތަކާ ދެކޮޅު ހަދާ އާންމު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން މި ބިލަށް ނަން ދީފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުންނެވެ. އެ ފަރާތްތަކުން ބުނަމުންދަނީ މި ބަދަލުތަކާއެކު ލާމަރުކަޒީ ނިޒާމުގެ ބާރު އެއްކޮށް ކެނޑިގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox