އެލް ނީނޯގެ ސަބަބުން ދިމާވާނެ ގޮންޖެހުންތަކަށް ރާއްޖޭގެ ސިނާއަތްތައް ތައްޔާރުވުން މުހިންމު: މެޓް

ފުވައްމުލަކު ދަނޑު ބިމެއްގައި ދަނޑުވެރިއަކު މަސައްކަތް ކުރަނީ: އެލް ނީނޯގެ ސަބަބުން ދިމާވާނެ ގޮންޖެހުންތަކަށް ދަނޑުވެރިކަން ހިމެނޭހެން އެކި ސިނާއަތްތަކުން ތައްޔާރުވުން މުހިންމު ކަމަށް މެޓުން ބުނޭ  -- ފޮޓޯ: އަދަދު ފައިލް

ފުވައްމުލަކު ދަނޑު ބިމެއްގައި ދަނޑުވެރިއަކު މަސައްކަތް ކުރަނީ: އެލް ނީނޯގެ ސަބަބުން ދިމާވާނެ ގޮންޖެހުންތަކަށް ދަނޑުވެރިކަން ހިމެނޭހެން އެކި ސިނާއަތްތަކުން ތައްޔާރުވުން މުހިންމު ކަމަށް މެޓުން ބުނޭ -- ފޮޓޯ: އަދަދު ފައިލް

 ގުދުރަތީ މޫސުމީ ބަދަލެއް ކަމަށްވާ "އެލް ނީނޯ" ގެ އާ މަރުހަލާއެއް ފެށުމާ ގުޅިގެން ރާއްޖޭގެ ސިނާއަތްތަކަށް ދިމާވާނެ ގޮންޖެހުންތަކަށް ދުރާލާ ތައްޔާރުވުން މުހިންމު ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީސް އިން މިއަދު ބުނެފި އެވެ. 

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެލް ނީނޯގެ ސަބަބުން މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ރާއްޖެ އޮތް ނާޒުކުކަން ހާމަވެގެންދާއިރު، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ފަދަ މުހިންމު ދާއިރާތަކުން މިހާރު އަންނަމުންދާ މޫސުމީ ބަދަލުތަކަށް ދުރާލާ ތައްޔާރުވެފައި އޮތުން މުހިންމު ކަމަށެވެ. 

"ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއި ކަނޑުގެ އޮއިވަރާއި ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތައް ހިމެނޭ. މި ކަންކަމުން ހާމަވަނީ މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ރާއްޖެ އޮތް ނާޒުކު މިންވަރު،" މެޓުން ބުންޏެވެ. 

Advertisement

އެލް ނީނޯގެ ހާލަތު މެޓުން މޮނިޓާކުރަމުންދާއިރު، އޭގެ ސަބަބުން ރާއްޖެއަށް ކުރާ މައިގަނޑު އަސަރުތަކުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުމަށް ދިމާވާ ނުރައްކާތައް ހިމެނޭ ކަމަށް އެ އޮފީހުން ބުންޏެވެ. 

މެޓް އޮފީހުން ބުނީ އެލް ނީނޯގެ ސަބަބުން ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭގެއިތުރުން ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުން ކަމަށްވެސް އެ އޮފީހުން ބުންޏެވެ. 

 މުޅި ރާއްޖެއަށްވެސް ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހަށް ހޫނުމިން ހުންނަ މިންވަރު އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތީވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. 

"ނީނޯ 3.4 ގެ އިންޑެކްސްއަށް ބަލާއިރު، އޮގަސްޓް މަހުގެ ތެރޭގައި މި މިންގަނޑު ވަނީ 1.8 ސެލްސިއަސްއަށް އުފުލިފައި. އަދި ނީނޯގެ އެހެން ސަރަހައްދުތަކުން ވެސް ފެންނަނީ ހޫނުމިން ވަރަށް ބޮޑަށް މަތިވަމުންދާ ތަން. ކަނޑާއި ޖައްވުގެ ހާލަތުންވެސް މިހާރު އަންގައިދެނީ އެލް ނީނޯގެ އަސަރުތައް،" މެޓުން ބުންޏެވެ. 

މެޓުން ބުނީ ޕެސިފިކް ކަނޑުގައި އެލް ނީނޯގެ ބާރު މިހާރު ދަނީ ގަދަވަމުން ކަމަށެވެ. އެގޮތުން އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުން އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުމަތީ ފަށަލައިގެ ހޫނުމިން ވަނީ އާންމު މިންވަރަށްވުރެ 2.0 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައި ކަމަށް މެޓުން ފާހަގަކުރެ އެވެ.

މެޓް އޮފީހުން މިކަން ކަން ފާހަގަކޮށްފައިވާއިރު ސަރުކާރުން މިހާތަނަށް އެލް ނީނޯއާ ގުޅިގެން ގެންގުޅޭ ސިޔާސަތުތައް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އަވަށްޓެރި ގައުމުތަކުން އަންނަނީ އެލް ނީނޯއަށް ތައްޔާރުވުމުގެ ގޮތުން އެކި ފިޔަވަޅުތައް އަޅަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox