ފަލަސްތީނަށް އިންސާފު ހޯދައިދޭން އޯއައިސީގެ ކުއްލި ބައްދަލުވުމުގައި ރާއްޖެއިން ގޮވާލައިފި

އޯއައިސީގެ ކުއްލި ބައްދަލުވުމުގައި ރާއްޖެ ތަމްސީލްކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް -- ފޮޓޯ: ފޮރިން މިނިސްޓްރީ

އޯއައިސީގެ ކުއްލި ބައްދަލުވުމުގައި ރާއްޖެ ތަމްސީލްކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް -- ފޮޓޯ: ފޮރިން މިނިސްޓްރީ

ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީގެ) ގެ ފޮރިން މިނިސްޓަރުންގެ ކައުންސިލް ކުއްލި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އިރުތިޝާމް ވަނީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ. 

ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކަށް އެ ގައުމު ޒިންމާދާރުކުރުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވާތީ އެކަމާ މެދު އިރުތިޝާމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އިރުތިޝާމް ވިދާޅުވީ އިސްލާމީ އުންމަތުގެ އަގުތައް ހިމާޔަތްކުރުމަށްޓަކައި، ފަލަސްތީނުގެ މައްސަލައިގައި އޯއައިސީގެ މެންބަރު ގައުމުތަކުން މިހާރަށްވުރެ ވަރުގަދަ އަދި ސާބިތު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަކަމަށެވެ. 

ފަލަސްތީނުގެ ރައްޔިތުން އިންސާފު ހޯދުމަށާއި އެމީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއަކީ އަބަދުވެސް ސާބިތުކަމާއެކު ވަކާލާތުކުރާނެ ގައުމެއްކަން ކަމަށް އިރުތިޝާމް ވިދާޅުވި އެވެ. 

މިގޮތުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ. 

މީގެ އިތުރުން، ގާޒާގެ ހަނގުރާމަ ހުއްޓުވުމަށް އެކުލަވާލާފައިވާ ފުރިހަމަ މަގުޗާޓު ތަންފީޒުކުރުމަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށް މިނިސްޓަރު ގޮވާލެއްވި އެވެ. މިނިސްޓަރު ވިދާޅުވީ އެ މަގު ޗާޓަކީ މެދުއިރުމައްޗަށް ދާއިމީ ސުލްހަ ގެނައުމަށް އޮތް އެންމެ މުހިންމު މަގު ކަމަށެވެ. 

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު އިރުތިޝާމް ވަނީ އޯއައިސީގެ ބައެއް މެންބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، ރާއްޖެއާއި އެ ގައުމުތަކާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

57 މެންބަރު ގައުމު ހިމެނޭ އޯއައިސީއަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ބައިނަލްއަގުވާމީ މައިދާނުގައި އެންމެ ބޮޑަށް ވަކާލާތުކުރާ ޖަމްއިއްޔާ  އެވެ. ރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އެ ޖަމްއިއްޔާގައި ހަރަކާތްތެރިވާ މެންބަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox