ވަކި ކުރި ފަނޑިޔާރުންގެ މައްސަލަ އޭސީސީއިން ބަލާތާ ދޮޅު އަހަރު ފާއިތުވެއްޖެ

ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު (ކ) އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު (ވ): އެ ދެ ބޭފުޅުންނާ ގުޅިގެން އޭސީސީން ބަލަމުންދާ މައްސަލައިގައި ދޮޅުއަހަރުވީ އިރުވެސް ސުވާލެއް ނުކުރޭ -- ފޮޓޯ: އަދަދު

ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު (ކ) އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު (ވ): އެ ދެ ބޭފުޅުންނާ ގުޅިގެން އޭސީސީން ބަލަމުންދާ މައްސަލައިގައި ދޮޅުއަހަރުވީ އިރުވެސް ސުވާލެއް ނުކުރޭ -- ފޮޓޯ: އަދަދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި މަހާޒް އަލީ ޒާހިރު އާއި ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބަލަމުންދާތާ ދޮޅު އަހަރު ފާއިތުވިއިރު ވެސް އެ މައްސަލައިގައި ސުވާލެއް ވެސް ނުކޮށްލާ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވެއްޖެ އެވެ. 

މަހާޒް އާއި އަޒްމިރާލްދާ މަގާމުން ވަކި ކުރީ އޭސީސީއަށް މައްސަލައެއް ހުށަހަޅައި، ފަހުން އެ މައްސަލަ ޖޭއެސްސީ އިން ބެލުމަށްފަހު މަޖިލީހަށް ފޮނުވި ރިޕޯޓަކަށް ބިނާކޮށެވެ. 

މަހާޒް އަދަދު އަށް ވިދާޅުވީ އޭސީސީން އޭނާގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ މައްސަލަ ބަލަމުންދާކަން ކަށަވަރުކޮށްދިނުމަށްފަހު ދޮޅު އަހަރު ފާއިތުވެގެންދިޔައިރު އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މައްސަލަ އިންތިހާއަށް ލަސްކުރަމުންދާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. 

Advertisement

"ނުކުރޭ އަދި އެއްވެސް ސުވާލެއް. ބެލުމަކީ [މައްސަލަ] އޭގެ ޒާތުގައި ހަމަ އެއްވެސް ކަހަލަ ކަންބޮޑުވުން އޮތް ކަމެއް ނޫން. ބަލަންވީ ކަމެއް އޮތިއްޔާ. ތުހުމަތުކުރެވެންޏާ. މަގާމުގައި ހުއްޓަސް ނެތަސް ދެއްތޯ. ދެން ކަންބޮޑުވުމަކީ އާދަޔާހިލާފަށް ލަސްކުރާތީ. އެއީ. އެބޭފުޅުން ބައްލަވާ އެއްޗެއް ބައްލަވާ ނިންމަވަންވީ،" މަހާޒް ވިދުވި އެވެ.

"އެކަމަކު ދޮޅުއަހަރުވީމާ މިވާ ގޮތަކީ ޖިނާއީ މައްސަލަ ލަސްކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން. ގާނޫނުއަސާސީގައިވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އަދި އޭސީސީގެ ގާނޫނަށް ބެއްޔަސް އޮންނާނެ ހުރިހާ އެއްޗެއް ވީހާ އަވަހަކަށް ނިންމުން." 

އަޒްމިރާލްދާ އަދަދު އަށް ވިދާޅުވީ އޭސީސީން މިހާތަނަށް އޭނާގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއްކަން ވެސް ސާފުކޮށްދީފައި ނުވާ ކަމަށެވެ. ނަމަވެސް ތުހުމަތުކުރެވޭ މައްސަލައެއް ހުށަހެޅިފައި އޮތްކަން ކޮމިޝަނުން ކަށަވަރުކޮށްދޭއިރު، މިހާތަނަށް އެކަމާ ގުޅިގެން އެއްވެސް ސުވާލެއް ވެސް ކޮމިޝަނުން ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެ މައްސަލަ ހުށަހެޅުނީއްސުރެ އަޅުގަނޑަކަށް އެންޓި ކޮރަޕްޝަން ކޮމިޝަނަކުން ނުގުޅާ. އަޅުގަނޑުވެސް މީޑިއާއިން ކީ. އަޅުގަނޑާ ގުޅޭ މައްސަލައެއް ހުށަހެޅުނުކަން އެބޭފުޅުން ކަށަވަރުކޮށްދެއްވާ. އެކަމަކު އެއީ ކޮން މައްސަލައެއްކަމާއި އެއާ ބެހޭ އެއްވެސް ތަފްސީލެއް ނުދެއްވާ އެނގޭތޯ. ކުރެވިފައި އޮތް ތުހުމަތަކީ ކޮބައި ކަމެއް،" އަޒްމިރާލްދާ ވިދާޅުވި އެވެ. 

އަޒްމިރާލްދާ އާއި މަހާޒުގެ މައްސަލަ: 200 ދުވަސް ފަހުން އޭސީސީން ޖޭއެސްސީގެ ރިޕޯޓު ހޯދައިފި

ކޮރަޕްޝަނުގެ ތުހުމަތުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުން އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ހުސްނުއްސުއޫދު ސަސްޕެންޑުކުރީ އޭސީސީން ފޮނުވި ސިޓީއަކަށް ބިނާކޮށް. އެކަމަކު މިއަދާ ހަމައަށް ކުރެވޭ ތުހުމަތުތަކުގެ އެއްވެެސް ތަފުސީލެއް ނުދޭ.

މީގެއިތުރުން އަޒްމިރާލްދާ ވިދާޅުވީ ބޮޑު ތުހުމަތެއް އޭނާގެ މައްޗަށް ކޮށްފައި އެ މައްސަލަ ކުރިއަށް ނުގެންގޮސް ބޭއްވުމަކީ އޮތް ކަންބޮޑުވުމެއް ކަމަށެވެ. 

"އެކަމާ ގުޅިގެން އޮތް ކަންބޮޑުވުމަކީ ދެން އަޅުގަނޑުގެ މައްޗަށް ބޮޑު ތުހުމަތެއް ކޮށްފައި އެ ނުހިންގާ ބޭއްވުން ދެއްތޯ. ދެން އަޅުގަނޑަށް މިހާރު ނުވިސްނޭ ކަމަކީ ކީއްވެގެންތޯއޭ އޭތި މިހާރު ބާއްވާލާފައި އޮންނަންވީކީ. އަޅުގަނޑު މިހާރު މިއުޅެނީ ވާޒީފާއަކު ނޫން. އާންމު ގޮތެއްގައި ނުފޫޒުގެ ނަހަމަ ބޭނުންކުރައްވާ ބޭފުޅުން ކުރައްވާ ކަމަކީ މިއީ،" އަޒްމިރާލްދާ ވިދާޅުވި އެވެ. 

"މީހެއްގެ މައްސަލަ އިދާރާއަށް ވައްދާފައި އޭތި ޕާކް ކޮށްފައި ބާއްވާނެ ދަނޑިވަޅު ޖެހެންދެން. މިހާރު އަޅުގަނޑު މިއުޅެނީ މަގާމަކު ނޫން. ދެން މި ބޭއްވުމުގެ މަސްލަހަތަކީ ކޮބައިކަމެއް އަޅުގަނޑަކަށް ނުވިސްނުނު." 

ވަކިކުރި ދެ ފަނޑިޔާރުންގެ މައްސަލަ އަދިވެސް ބަލަމުންދާ ކަމަށް އޭސީސީން މި ނޫހަށް ކަށަވަރުކޮށްދެ އެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ކޮމިޝަނުން ނުދެ އެވެ. 

މަހާޒް އާއި އަޒްމިރާލްދާގެ މައްސަލަ އޭސީސީގެ އިތުރުން ޖޭއެސްސީން ބަލަން ފެށީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ބަލަން ފެށުމުންނެވެ. 

2025: ފަނޑިޔާރުގެ ފުށުން ޖަހާލައި ބާރުތައް މުއިއްޒުގެ މުށުތެރެއަށް މަހާލި އަހަރެއް

އަދުލު އިންސާފަކީ ގަނެ ވިއްކާ އެއްޗެއް ކަމަށް ބުނާ އަޑުތައް ގަދަވެއްޖެ އެވެ. ކޯޓުތަކަށް މަޑުމަޑުން ރައްޔިތުން ކުރަމުން އައި އިތުބާރު އެއްކޮށް ގެއްލިއްޖެ އެވެ. މިއީ އިއްތިފާގެއް ނޫނެވެ. މިއީ ދައުލަތުގެ ތިން ބާރު މުއިއްޒުގެ އަތަށް މަހާލި ގޮތެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރު އާއި އަޒްމިރާލްދާ ޒާހިރުގެ މައްސަލަ އޭސީސީ އިން ތަހުގީގު ކުރަން ފެށީ ފެބްރުއަރީ، 2024، ގަ އެވެ. އެ މައްސަލަ ބަލަން ކަމަށް ބުނެ އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ، ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުމެއް ފަށަން ކުޑަތަންވެފައި އޮއްވަ އެވެ.

މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި މެއި، 2024، ގައި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުން، އެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފަޔާ ހިލާފަށް ވަނީ ފަނޑިޔާރު މަހާޒް އާއި އަޒްމިރާލްދާ ވަކިކޮށްފަ އެވެ.

އަޒްމިރާލްދާ އާއި މަހާޒްއަށް ފުރުސަތު ޖޭއެސްސީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައިވެސް ދިފާއުވުމުގެ ފުރުސަތު ދެއްވާފައެއް ނުވެ އެވެ. އެ ދެ ފަނޑިޔާރުން މަޖިލީހުން ވަކިކުރަން ފާސްކުރީ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެންނެވެ. 

އޭސީސީ އިން ބުނެފައި ވަނީ ތަހުގީގު ކުރަމުންދަނީ ފަނޑިޔާރުންގެ ޖިނާއީ މައްސަލައެއް ކަމަށެވެ. އޭގެ ތަފުސީލެއް ނުދެ އެވެ. މަހާޒް އާއި އަޒްމިރާލްދާއަށް ތުހުމަތު ކުރެވުނީ ދަށު ކޯޓުގެ މައްސަލައަކަށް ނުފޫޒު ފޯރުވި ކަމުގެ މައްސަލައެކެވެ. ސުއޫދުގެ މައްޗަށް ތުހުމަތު ކުރީ ހައި ކޯޓުގެ ރަޖިސްޓްރާ ޒިންމާދާރު ކުރުވަން ވާހަކަ ދެއްކެވި މައްސަލައެކެވެ.

ސުޕްރީމް ކޯޓުން ހުސްވި ތިން މަގާމަށް ސަރުކާރުން މިހާރު ވަނީ ފަނޑިޔާރުން ހަމަޖައްސައިފަ އެވެ. އެއީ މިހާރުގެ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އާއި ފަނޑިޔާރު ހުސެއިން ޝަހީދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox