ސްޓޮކު ހުސްވާތީ މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އަހަރަކަށް އިތުރުކޮށްދެނީ

ޕާސްޕޯޓުގެ ހިދުމަތްދޭ އިމިގްރޭޝަންގެ އޮފީހެއް: ސްޓޮކް ހުސްވާތީ ޕާސްޕޯޓު ދޫކުރުމުގައި އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައި -- ފޮޓޯ: އިމިގްރޭޝަން

ޕާސްޕޯޓުގެ ހިދުމަތްދޭ އިމިގްރޭޝަންގެ އޮފީހެއް: ސްޓޮކް ހުސްވާތީ ޕާސްޕޯޓު ދޫކުރުމުގައި އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައި -- ފޮޓޯ: އިމިގްރޭޝަން

ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ސްޓޮކް މެނޭޖުކުރުމަށް މާދަމާއިން ފެށިގެން ޕާސްޕޯޓު ދޫކުރުމަށް ބަދަލުތަކެއް ގެންނަން މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނިންމައިފި އެވެ. 

އިމިގްރޭޝަނުން ނެރުނު އިއުލާނެއްގައި ބުނީ ޖަރުމަނުގެ ކުންފުނީގެ މެޝިންތަކަށް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށެވެ. ނަމަވެސް މެޝިންތައް ރަނގަޅުކުރަން އަންދާޒާކުރި މުއްދަތަށްވުރެ ގިނަ ދުވަސް ހޭދަވުމުން ރާއްޖެއަށް ކުރިން ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދިނުމަށް ކަނޑައެޅި ތާރީހަށް ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތައް ދިމާވެފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. 

ބުކްލެޓުގެ އައު ސްޓޮކް ރާއްޖެއަށް ދެން ލިބޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށްވުމުން، ޕާސްޕޯޓު ދޫކުރުމުގައި ބަދަލުތަކެއް ގެންނަން ނިންމީ ސްޓޮކް މެނޭޖު ކުރުމަށްޓަކައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ. 

އިމިގްރޭޝަނުން ގެންނަން ނިންމި ބަދަލުތައް:

  • ރާއްޖޭގައި ހުރެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށަހެޅުމުން އެ މީހަކަށް އައު ޕާސްޕޯޓު ދޫކުރުމުގެ ބަދަލުގައި ދޫކޮށްފައިވާ ޕާސްޕޯޓު ޖޫން 30، 2027 ގެ ނިޔަލަށް އެއްވެސް ފީއަކާ ނުލައި އިތުރުކުރެވޭނެ.
  • އަލަށް ޕާސްޕޯޓް ހަދާ މީހުންގެ ތެރެއިން ދިވެހިން އާންމުކޮށް ދަތުރުކުރާ އިންޑިއާ އަދި ލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ މީހުންނަށް އަށް ސަފުހާގެ "އިމަޖެންސީ ޕާސްޕޯޓް" ފީއަކާ ނުލައި އެއް އަހަރަށް ދޫކުރުން.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުންޏަކީ އެތަކެތި ފޯރުކޮށްދިނުމުގައި މިދިޔަ 10 އަހަރު އެއްވެސް މައްސަލައެއް ދިމާވި ކުންފުންޏެއް ނޫން ކަމަށެވެ. އެ ކުންފުންޏާ ޕާސްޕޯޓް ބުކްލެޓް ހެދުމުގެ ހިދުމަތް ހަވާލުކުރީ 2016 ވަނަ އަހަރެވެ. 

ދިވެހި ޕާސްޕޯޓު ދޫކުރުމުގައި ބަދަލުތަކެއް ގެނެވުނު ނަމަވެސް، އެއްވެސް ދިވެއްސަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ދިމާނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އިމިގްރޭޝަނުން ވަނީ ދީފަ އެވެ. 

އީ-ޕާސްޕޯޓު ޕްރިންޓުކުރާ ބުކްލެޓު މި އަހަރު މެއި މަހުގެ ތެރޭގައި ހުސްވުމުގެ ސަބަބުން، އިމިގްރޭޝަނުން މިހާތަނަށް ހުރިހާ އެންމެންނަށް ވެސް ދޫކުރަމުން ދިޔައީ އާދައިގެ ނޮން-އިލެކްޓްރިކް ޕާސްޕޯޓެވެ. މީގެ ކުރިން 2024 ގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން، އީ-ޕާސްޕޯޓު ދޫކުރުން އިމިގްރޭޝަނުން ހުއްޓާލައިފައި އޮތެވެ.

އީ-ޕާސްޕޯޓަކީ ކިއުއެއްގައި ނުޖެހި، އަމިއްލައަށް ޗެކިންވެވޭ އީ-ގޭޓުގެ ހިދުމަތް ބޭނުންކުރެވޭ އެއްޗެކެވެ. އީ-ޕާސްޕޯޓުގައި ހުންނަ ޗިޕެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާގެ އިތުރުން ނަގާފައިވާ ފޮޓޯ ނުވަތަ އިނގިލީގެ ނިޝާނުގެ ޒަރިއްޔާއިން ޕާސްޕޯޓުގެ ވެރި ފަރާތް އެ ގޭޓުން ކަށަވަރު ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox