ރާއްޖެ ޓީވީގެ އާމިރަށް ހަމަލާދޭން އުޅޭ ކަމަށް މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް

އާމިރު ސަލީމް: އޭނާއަށް ހަމަލާދޭން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެކަން ފުލުހަށް ވަނީ ހުށަހަޅާފައި

އާމިރު ސަލީމް: އޭނާއަށް ހަމަލާދޭން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެކަން ފުލުހަށް ވަނީ ހުށަހަޅާފައި

ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމަށް ބަޔަކު ހަމަލާދޭން ރާވަމުންދާ ކަމުގެ މައުލޫމާތު އެ ޓީވީއަށް ލިބުމުން އެ މައްސަލަ ފުލުހަށް އިއްޔެ ހުށަހަޅައިފި އެވެ. 

ރާއްޖެ ޓީވީން ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދަށް ފޮނުވި ސިޓީގައި ބުނީ، އާމިރަށް ހަމަލާދޭން ރާވަމުންދާ ކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރަކުން ލިބިފައި ވަނިކޮށް، އެކްސް ގައި "ހަސަން ކުރުސީ" ނަމަކަށް ކިޔާ އެކައުންޓަކުން އެ މައުލޫމާތު އާންމުކޮށްފައިވާ ކަމަށެވެ. 

ހަސަން ކުރުސީ އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ވަނީ އާމިރުގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހަމަލާ ދިނުމަށް ބަޔަކަށް ފައިސާ ދީފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

Advertisement

ރާއްޖެ ޓީވީން ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު "މީޑިއާ ކޮންޓްރޯލް ބިލް" އާ ގުޅިގެން ނޫސްވެރިން ބޭއްވި އިހުތިޖާޖުގައި އާމިރު ވާހަކަދައްކަން ހުރި ފޮޓޯއަކާއެކު އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލަ ވެސް ފުލުހަށް ހުށަހެޅި ކަމަށެވެ. 

އާމިރަށް މަރުގެ އިންޒާރުދިން މައްސަލައިގައި އެއްވެސް ތަފްސީލެއް ފުލުހުން ނުދީ އޮތުމަށްފަހު މިދިޔަ ހޯމަ ދުވަހު އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް ރާއްޖެ ޓީވީން ބުންޏެވެ. 

"މި މައްސަލަ ފައިލްކުރަނީކަން އެންގިތާ އެއް ދުވަސް ފަހުން އަނެއްކާވެސް މިފަދަ ނުރައްކާތެރި އިންޒާރެއް އާމިރަށް ލިބުމަކީ ސްޓޭޝަނުން ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަން،" އެ ޓީވީން ބުންޏެވެ. 

ސިޔާސީ މަގުސަދުގައި ރާއްޖޭ ޓީވީއަށް މީގެ ކުރިން ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ފާހަގަކޮށް އެ ޓީވީން ބުނީ ސްޓޭޝަނުގައި އަލިފާން ރޯކޮލައި، މުވައްޒަފުންނަށް ހަމަލާދީ އަދި ގެއްލުންދޭނެ ކަމަށް އިންޒާރުދިނުމުގެ އެތައް ކަމެއް ކުރިމަތިވެފައިވާތީ ލިބޭ ކޮންމެ އިންޒާރެއްވެސް ސީރިއަސް ކަމަށް ގަބޫލުކުރާ ކަމަށެވެ. 

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެކި ފަހަރު މަތިން ރާއްޖެ ޓީވީއަށް އިންޒާރު ދީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރި އެވެ. އަދި ރާއްޖެޓީވީގެ ސްޓޭޝަން ރޯކޮށްލައި ތަކެއްޗަށް ވެސް އެކި ފަހަރު މަތިން ގެއްލުން ދީފައި ވެ އެވެ. މީގެ އިތުރުން 2018 ވަނަ އަހަރު ވެސް ބްރޯޑްކޮމްއިން ރާއްޖެޓީވީއަށް އިންޒާރު ދިނުމާ ގުޅިގެން ރާއްޖެ ޓީވީގެ ބްރޯޑްކާސްޓް ވެސް އެއް ދުވަހަށް މެދުކަނޑާލާފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox