ނިމިދިޔަ ހަފްތާ: ހެކީގެ ގާނޫނާ އެކު ނޫސްވެރިކަން ނުރައްކަލަކަށް، ސަރުކާރު ދިފާއުގައި

ނިމިދިޔަ ހަފްތާ: ހެކީގެ ގާނޫނާ އެކު ނޫސްވެރިކަން ނުރައްކަލަކަށް، ސަރުކާރު ދިފާއުގައި

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެކީގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ހަފްތާގަ އެވެ. އެއާއެކު ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

ހެއްކާ ބެހޭ ބިލު ތަސްދީގުކުރިއިރު، ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިވާ ގޮތަށް މާއްދާއެއް އެބަ އޮތެވެ. ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ގާނޫން ވަނީ ލިބިދީފަ އެވެ.

އެކަމާ ގުޅިގެން މިދިޔަ ހަފްތާގައި ނެރުނު ނޫސްބަޔާނެއްގައި އެމްޖޭއޭ އިން ބުނީ ރައީސް ސޯލިހު އެ ގާނޫނު ތަސްދީގު ކުރެއްވުން ކުށްވެރިކޮށްފަ އެވެ. ވަކިން ހާއްސަކޮށް 158 ނޫސްވެރިން ސޮއިކުރުމަށް ފަހު ރައީސަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް އޭގައިވާ ކަންބޮޑުވުންތަކަށް ފަރުވާލެއް ބަހައްޓާފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ. ބިލު ތަސްދީގު ކުރުމުން އެނގިގެން ދަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮ ނިޔަތް ނެތުން ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

މިކަމާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ގާނޫނު ދިފާއުކޮށް ބުނީ މައުލޫމާތުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމުގެ ހައްގު، މިނިވަން އަދި ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ހިފެހެއްޓިފައިވަނީ، އެ ހައްގުގެ މަގްސަދާއި އިމްތިޔާޒުތަކާއި، ހައްގު ހިފެހެއްޓުމުގެ މުހިއްމުކަން އަޅައިކިޔުމަށް ފަހުގައި ކަމަށެވެ.

ކޮވިޑުގެ ބަލިމަޑުކަމާއި ސަޕްލައި ދަށްވުމުގެ ސަބަބުން މުޅި ދުނިޔޭގައި އުފެދިފައިވާ އިންފްލޭޝަން މަތިވުމުގެ މައްސަލަ ހަމައަކަށް ނޭޅެނީސް ރާއްޖޭގައި ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) އާއި ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ބޮޑުކުރަން ނުފެންނަ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނީ މިދިޔަ ހަފްތާގަ އެވެ.

ހުޅުމާާލޭގެ ޚާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމްގެ މެއަށް ލިބިފައިވާ ޒަހަމްތައް އޭނާ ގޮވައިގެން އެމްބިއުލާންސްގައި ދަތުރުކުރި އެ ރެސްޓޯރަންޓުގައި މަސައްކަތް ކުރި މީހާއަށް ވެސް ނުފެންނަ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ބުނީ ނިމިދިޔަ ހަފްތާގަ އެވެ. ޚާންޖީ ރެސްޓޯރަންޓުގައި މަސައްކަތް ކުރާ ޔޫނުސް ބުުނި ގޮތުން ނަމަ އޭރު ވެސް ޝަމީމްގެ މުޅި ޓީޝާޓް އޮތީ ލެއިން ތަތްތެޅިފަ އެވެ. އެކަމަކު އޭނާއަށް ވެސް ފެނުނީ އެހެން މީހުނަށް ވެސް ފެނުނު ގޮތަށް މޫނުމަތީ ކޮށައިގެން ގޮސް ލިބިފައިވާ ޒަހަމް އެކަންޏެވެ.

ރ. މަޑުއްވަރީގައި މިދިޔަ އަހަރު، ޓީޗަރަކާއި އިތުރު ބަޔަކުވެގެން ސްކޫލު ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ރިވިއު ކުރަންޖެހޭ ސަބަބެއް އޮތްތޯ ބަލަމުން އަންނަ ކަމަށް އެ އޮފީހުން ބުނީ މިދިޔަ ހަފްތާގަ އެވެ. އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހުންނަށް ދައުވާކުރުމަށް ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން މައްސަލަ ފޮނުވާލުމުން އެ މައްސަލަ ފުލުހުން އޮތީ ފައިލްކޮށްފަ އެވެ. ނަމަވެސް އަނިޔާ ލިބުނު ކުއްޖާގެ އާއިލާގެ ފަރާތުން ވަނީ އެ މައްސަލަ އަލުން ރިވިއުކޮށްދިނުމަށް އެދިފަ އެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖެ އާއި ރާއްޖޭން ބޭރުން ތައުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުސަތުތަކެއް ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ވެސް މިދިޔަ ހަފްތާގަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕްއާއި ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ސްކޮލާޝިޕް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދެވޭ ކަމަކަށް އޮތީ ތައުލީމީ ހުނަރުވެރި ޖީލެއް ބިނާ ކުރުން ކަމަށެވެ.

ވެރިކަންކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީއަށް ދައުލަތުން ދޫކުރާ ފައިސާގެ 60 ޕަސެންޓު، އެޕާޓީގެ އެކި ދާއިރާތަކާއި ގޮފިތަކަށް ދޫކުރަން ފާސްކުރީ މިދިޔަ ހަފްތާގަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން ނިމިދިޔަ ހަފްތާގައި ބޭއްވި ބައްދަލުމުގައި ފާސްކުރި ގަރާރުގައިވާ ގޮތުން ދާއިރާ ތަކަށް ދޫކުރާ ފައިސާގެ 25 ޕަސެންޓް ބަހާނީ ދާއިރާތަކަށް ހަމަހަމަކޮށެވެ. އަދި، ދާއިރާތަކަށް ދޫކުރާ ފައިސާގެ 20 ޕަސެންޓް ބަހައިލާނީ ދާއިރާގެ ރަށްތަކަށް ހަމަހަމަކޮށެވެ. އެކަމަކު ދާއިރާތަކަށް ދޫކުރާ ފައިސާގެ 45 ޕަސެންޓް ބަހާނީ ދާއިރާތަކުގައި މެމްބަރުން ތިބި ނިސްބަތުންނެވެ.

ބައެއް މުހިންމު ހަބަރުތައް

  • އޭޝިއާ ބޮޑީބިލްޑިން މުބާރާތުން ތިން ރަން މެޑަލް ރާއްޖެ ހޯދުން
  • ހަ މަހުން އާމްދަނީއަށް 11 ބިލިއަން ރުފިޔާ ލިބުން
  • ޝަރުތުތަކަކާ އެކު ޝެއިހް ފަޒްލޫން ބަންދުން ދޫކޮށްލުން
  • ލަންކާއަށް އާ ރައީސަކު އިންތިހާބުކުރުން
  • ނަފްރަތަށް އިލްމުވެރިން ފުރުސަތު ނުދޭން އިމްރާން ގޮވާލެއްވުން
  • ޔާމީން އަތުން އެއް މިލިއަން ޑޮލަރު ހޯދަން އެމްއެމްޕީއާރުސީން މަދަނީ ދައުވާ ކުރަން ތައްޔާރުވުން
  • ކޯޓުގެ ހުރުމަތް ކެނޑުމުން ދޭ ޖަލު އަދަބު ތިން މަހަށް ބޮޑުކުރުން
  • ހަށިގަނޑުގައި ފޮރުވައިގެން ގެނައި އަށް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތުން
  • މިނީ ބަހުގެ ހިދުމަތް ފަށަން ތައްޔާރުވުން

ހަފްތާގެ ހޮވާލެވޭ ލިޔުންތައް

  • މިއީ ޑިސެމްބަރު 12، 2019 އިން ފެށިގެން ސަސްޕެންޝަނުގައި އޮތުމަށް ފަހު ދަރަނިތައް ދައްކައި މައްސަލަތައް ހައްލުކުރުމަށް ފަހު އަލުން އަނބުރައި ދަނޑަށް ނުކުތުމަށް ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރު ވިކްޓްރީ ސްޕޯޓްސް ކްލަބް ކަޑައްތުކުރި މަރުހަލާތަކާ ގުޅޭގޮތުން އައްޒާމު އަލިފުޅު ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
  • ކައިރިކައިރީގައި ބައި-އިލެކްޝަންތައް ބާއްވަން ޖެހުމާއި ގުޅިގެން އެކަމަށް ހިނގާ ހަރަދުތައް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ. އެހެންކަމުން، މި ހަރަދު ކުޑަކުރުމަށް އަމަލު ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މުހައްމަދު އުޝާމްގެ މި ރިޕޯޓުގައި މައުލޫމާތު ގެނެސްދީފައިވެ އެވެ.
  • އިހު ދިވެހިން މެދުގައި މިސްކިތަށް އެރުމަށް އަމަލުކުރާ ގޮތްތަކާއި އާދަކާދައިގެ އިތުރުން ނަމާދު ކުރުމުގައި ގެންގުޅޭ ތަފާތު އެކި އުސޫލުތަކާ ގުޅޭގޮތުން މި ކޮލަމްގައި ހަސަން ޒަރީރު މުހިންމު މައުލޫމާތުތަކެއް ހިމަނާފައިވެ އެވެ.

ދިރާސާތަކުން ކިޔާލުމަށް

"އެމްޕްލޯއިމަންޓު އިން ޓޫރިސްޓް ރިސޯޓްސް"

މިއީ ރާއްޖޭގައި އޮޕަރޭޓު ކުރަމުންދާ ހުރިހާ ރިސޯޓެއްގައި ޓޫރިޒަމް މިނިސްޓްރީ އާ ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރި ދިރާސާއެކެވެ. މި ދިރާސާގައި ވަނީ ޓޫރިސްޓު ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާއި އެ މުވައްޒަފުންނާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ދެނެގަނެވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox