ނަޝީދާއެކު މަޝްވަރާކޮށް ހައްލެއް ހޯދިއްޖެ: ރައީސް ސޯލިހު

ދެ ރައީސުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއެކު މަޝްވަރާ ކުރައްވަނީ: ނަޝީދާއެކު މަޝްވަރާކޮށް ހައްލެއް ހޯދިފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވި. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދެ ރައީސުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއެކު މަޝްވަރާ ކުރައްވަނީ: ނަޝީދާއެކު މަޝްވަރާކޮށް ހައްލެއް ހޯދިފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވި. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު މަޝްވަރާކޮށް އުފެދިގެން އުޅޭ ހިޔާލުތަފާތުވުމަށް ހައްލެއް ހޯދިއްޖެ ކަމަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނަޝީދު, އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު ނަގަން އެއްބަސްވެފައިވާކަން އެނގިފައިވާއިރު، ކޮންގްރެސްގެ ހަވާސާގައި "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ "ނަޝީދާއެކު މަޝްވަރާކޮށް ހައްލެއް ހޯދިއްޖެ،" ކަމަށެވެ.

ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.

ނަޝީދުގެ ގާތް ބޭފުޅަކު "އަދަދު"އަށް ވިދާޅުވެފައިވާ ގޮތުގައި ސޯލިހާ އެކު ކޮންގްރެސްގެ ތެރޭން މަޝްވަރާ ކުރައްވާފައިވަނީ އެކުގައި ދެވޭނެ ގޮތެއް ހޯދުމަށެވެ. އަދި, އެކަމަށް ދެ ރައީސުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

ރައީސް ސޯލިހުގެ ގާތް ބޭފުޅަކު ވިދާޅުވީ, ނަޝީދާއެކު ކުރެއްވި މަޝްވަރާގައި އެއްބަސްވެފައިވަނީ ބަރުލަމާނީ ގަރާރު ނެގުމަށް ކަމަށެވެ. އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ގަރާރާ ގުޅޭ ގޮތުން އިތުރަށް ރައީސްއާއެކު މަޝްވަރާ ކުރުމަށް ގަރާރު ނަގާނެކަން ނަޝީދު އިއުލާން ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.

ކޮންގްރެސްގައި ދެން އޮތް ސެޝަންގައި އޮތީ ގަރާރާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.

ކޮންގްރެސްގައި ދެ ރައީސުން ވަރަށް ގިނަ އިރުތަކެއްވަންދެން މަޝްވަރާތަކެއް ކުރެއްވި އެވެ. އަދި, އޭގެ ފަހުން ދެ ރައީސުން އެއްކޮށް ސްޓޭޖް މައްޗަށް އަރާވަޑައިގެން ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ވެސް މަޝްވަރާތަކެއް ކުރެއްވި އެވެ. އޭގެފަހުން, ރައީސް ސޯލިހާއި ނަޝީދު ވެސް އެ ދެ ބޭފުޅުންގެ ގާތް ބޭފުޅުންނާއެކު ވަކިވަކިން މަޝްވަރާތަކެއް ކުރައްވާފަ އެވެ.

ނަޝީދު ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދިޔުމަށް މީގެކުރިން ރައީސް އެދިވަޑައިގެންފައިވެ އެވެ. ނަމަވެސް, ނަޝީދު ގެންދެވީ އެކަން ގަބޫލު ނުކުރައްވައި އެ ގަރާރަށް ކެމްޕެއިން ކުރައްވަމުންނެވެ. ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ގަރާރުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ.

ނަމަވެސް, ކޮންގްރެސްގައި އެ ގަރާރާމެދު ފެނުނީ ތަރުހީބު ކުޑަކޮށެވެ. އޭގެއިތުރުން މިއަދު މެންދުރު ކުރިން ކުރިއަށް ގެންދިޔަ ސެޝަންގައި ޕާޓީގެ ގޮފިތަކާ ގުޅޭ ގޮތުން ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން ނަޝީދަށް ވަރަށް ބޮޑަށް ކޮންގްރެސްމަނުންގެ ނުރުހުން ވެސް އަމާޒުވި އެވެ.

ނަޝީދުގެ ގަރާރު

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ތާއީދާއެކު އެވެ.

ޕާޓީގެ ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފަ އެވެ. އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އަދި، ބޮޑުވަޒީރާއި ރައީސްގެ ބާރުތައް ކަނޑައެޅުމަށާއި މަޖިލީހުގެ ދާއިރާތައް ތަމްސީލުވާނެ ގޮތްތަކާއި މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި، ހާއްސަ ކުރެވޭ "ނެޝަނަލިސްޓު ލިސްޓު"ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލިސް ކަނޑައަޅާނީ މަޖިލިސް މެންބަރުންގެ ތެރެއިން ކަމަށާއި ސުޕްރީމް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމުގެ އިސްލާހު ވެސް ގެނައުމަށް ގަރާރުގައި ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox