ނިމިދިޔަ ހަފްތާ: އާމްދަނީ އިތުރުކުރަން ސަރުކާރުން ޓެކްސް ބޮޑުކުރަނީ

ނިމިދިޔަ ހަފްތާ: އާމްދަނީ އިތުރުކުރަން ސަރުކާރުން ޓެކްސް ބޮޑުކުރަނީ

ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކުރަމުންދަތީ، އާމްދަނީ އިތުރުކުރަން މިހާރު ނަގަމުންދާ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ)އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރަން ނިންމާފައިވާކަން ސަރުކާރުން ވަނީ މިދިޔަ ހަފްތާގައި ހާމަކޮށްފަ އެވެ.

އެގޮތުން، ރައްޔިތުންނަށް ތެލާއި ކަރަންޓު އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް، ތެލުގެ ސަބްސިޑީގެ ގޮތުގައި ބަޖެޓުގައި ހިމެނީ 343 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް، މިއަހަރުގެ ފުރަތަމަ ހަ މަހަށް 910 މިލިއަން ހަރަދުވެފައިވާ ކަމަށް ސަރުކާރުން ހާމަކުރި އެވެ. ދުނިޔޭގެ މާލީ ބާޒާރުގައި އިންޓަރެސްޓު ރޭޓުތައް މަތިވުމުގެ ސަބަބުން، އަގުބޮޑުކޮށް ދަރަނި ނަގައިގެން މިއަހަރުގެ ޑެފިސިޓް ބަޖެޓު ފޫއްބެއްދުމަކީ ދެކޮޅު ޖެހޭނެ ކަމަކަށް ނުވާތީ، އާމްދަނީ އިތުރުކޮށް، ހަރަދުތައް ކުޑަކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ސަރުކާރަށް ވަނީ މަޖުބޫރުވެފަ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޖެޓް ފިއުލް ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ޖެހުނީ ސްރީލަންކާއިން ތެޔޮ ހުސްވެ ރާއްޖޭގެ ވެލާާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުން ތެޔޮ ގަންނަމުން ދިޔަ ވަރު ކުއްލިއަކަށް އިތުރުވުމުން ކަމަށް އެމްއޭސީއެލް އާއި އެސްޓީއޯއިން ބުނީ މިދިޔަ ހަފްތާގަ އެވެ.

ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށާއި އާމްދަނީއަށް އަސަރުކުރި މީހުންނަށް ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓް އެލަވަންސް ޕްރޮގްރާމަށް ދޮގު މައުލޫމާތު ހުށަހަޅައިގެން ހޯދި ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ ތެރެއިން، އަދި އަނބުރާ ހޯދުނީ އޭގެ ތެރެއިން އެންމެ 11 ޕަސަންޓު ކަމަށް އޮޑިޓު އޮފީހުން ހާމަކުރީ ނިމިދިޔަ ހަފްތާގަ އެވެ.

މިދިޔަ ހަފްތާގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް މޫސުން ގޯސްވެ އުދައިގެ އަސަރުކުރި އެވެ. އެންޑީއެމްއޭއިން ބުނީ، 11 އަތޮޅެއްގެ 34 ރަށަށް އުދައިގެ އަސަރު އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި، 451 ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ސަރުކާރުގެ މުއައްސަސާތަކުން ގިނަ އެހީތަކެއް ފޯރުކޮށްދިނެވެ.

މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރީ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރަން އުޅުނު އަގަށް ވުރެ 45 މިލިއަން ރުފިޔާ ބޮޑު ކޮށް ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރެއްވީ މިދިޔަ ހަފްތާގަ އެވެ. މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް 39 މިލިއަން ރުފިޔާގެ ބަޖެޓަކަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް ހުށަހެޅި ނަމަވެސް އެ އަގުގައި ފެންވަރު ރަނގަޅު ތާރާއެކު މަގު ނުހެދޭނެ ކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު އެކަމާ ގުޅިގެން މިދިޔަ ހަފްތާ ވިދާޅުވި އެވެ.

މީގެ 11 އަހަރު ކުރިން ވިލިމާލޭގައި ގުރޫޕަކުން ހަމަލާދީ މަރާލި ނ. މާޅެންދޫ ވައިޓްހައުސް, އަހުމަދު މިރުޒާ އިބްރާހިމްގެ މަރުގެ މައްސަަލައިގައި ދައުވާ ކޮށްފައިވާ އެކަކުގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ މަރުގެ އަދަބުން އޭނާ ސަލާމަތްކޮށް 17 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން އިއްވީ ވެސް މިދިޔަ ހަފްތާގަ އެވެ.

އެހެން މީހެއްގެ ނަމުގައި އޮތް އުޅަނދުތަކެއް އެއީ ވިޔަފާވެރިވެރިޔާ މުހައްމަދު ޝަވީދުގެ ތަކެތި ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗުން ނިންމީ "ކަނޑައެޅިންގެ ގާނޫނު އެއްފަރާތް ކުރުމަށްފަހުގައި" ކަމަށް އެ ކޯޓުން ކަނޑައަޅައި ކުރީގެ ހުކުމް ބާތިލްކުރީ ވެސް މިދިޔަ ހަފްތާގަ އެވެ. އެއީ ވިޔަފާރިވެރިޔާ މުހައްމަދު ޝަވީދުގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ކަމަށް ބުނާ ދެ އުޅަނދާއި އޭނާގެ އާއިލާގެ ހިއްސާ އޮންނަ ދެ ރިސޯޓެއްގައި އޮތް ދެ އުޅަނދު ބާއްވާފައި ވަނީ ކުއްޔަށް ކަމަށް ބުނެ އެއަށްވާ ފައިސާ ހޯދަން ވެގެން މީހަކު ހުށަހަޅާފައިވާ މައްސަލައެއްގައި ޝަވީދުއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ހުކުމް ކުރި މައްސަލަ އެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލާގައި ތުހުމަތު ކުރެވޭ އެކުއްޖާގެ ކާފައާއި މުނިކާފަ އުމުރު ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ހަފްތާގަ އެވެ. ދެހާސްވިިހިވަނަ އަހަރުގެ ކުރީކޮޅު ފެންމަތިވެ މުޅި ރާއްޖެ ސިއްސުވާލި އެ މައްސަލާގައި އެ ކުއްޖާގެ ކާފަ އިބްރާހިމް ދީދީ (62 އ) އާއި މުނިކާފަ ހަސަން މޫސާ ދީދީ (82 އ) ގެ މައްޗަށް ދައުލަތުން އުފުލީ އާއިލާގެ މެމްބަރެއްގެ ގޮތުގައި ހުރެ އާއިލާގެ ކުއްޖާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ.

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް އޮތް ހެއްކާ ބެހޭ ބިލުގެ މާއްދާ އިސްލާހުނުކޮށް އެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ނުކުރައްވަން ގޮވާލައި ނޫސްވެރިންގެ ފަރާތުން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހެޅީ މިދިޔަ ހަފްތާގަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ވަޒީފާ ނެތް މީހުންނަށް އަމާޒުކޮށް ވޯލްޑް ބޭންކުގެ އެހީގައި "ސެއިލްސް" މަޝްރޫއު ފަށަނީ
  • ބަހަކާއި ކާރެއް ޖެހި، ހިނގި އެކްސިޑެންޓުގައި އަންހެނަކު މަރުވުން
  • އިސޫ، އަހަނދު، މުއާގެ މައްސަލަ ޕީޖީގެ މަޝްވަރާއަށް ހުށަހެޅުން
  • އެމްޑީޕީގެ އެއް ބާނީ ގޯގޯ ލަތީފު އަވަހާރަވުން
  • ރުފިޔާގެ ރަސްމީ ނިޝާނެއް ކަނޑައެޅުން
  • ޓެކްސީ ދަތުރު ކުރާ އަގުބޮޑުކުރުން
  • 11 އަހަރު ފަހުން ހިންނަވަރުގެ ހިއްކި ބިން އާބާދުކުރަނީ
  • ޔާމީން ޖަލަށް ލުމުން އެންމެ އުފާވާނީ ޕީޕީއެމްގެ އިސް ބޭފުޅުން ކަމަށް ބުނުން

ހަފްތާގެ ހޮވާލެވޭ ލިޔުންތައް

  • ގްރޭޓާ މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން ވެސް ރާއްޖޭގައި އޮތް އެންމެ މުސްކުޅި މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމަށް އެކަށީގެންވާ ހައްލެއް ނުހޯދޭކަން މި ރިޕޯޓުގައި މުހައްމަދު ވިޝާމް ވަނީ ގެނެސްދީފަ އެވެ.
  • މިއީ ވެރިކަން ކުރާ އެމްޑީޕީގެ ފައުންޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ކަމާއި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރުކަން ކުރެއްވި މުހައްމަދު "ގޯގޯ" ލަތީފްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަސަން މުހައްމަދު ލިޔެފައިވާ ރިޕޯޓެކެވެ.
  • ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ހީނަރުކަމާ އެކު ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓުނަ ނުދިނުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އާންމު ރައްޔިތު މީހާއަށްކަން މި ރިޕޯޓުގައި މުހައްމަދު ވިޝާމް ތަފްސީލުކޮށްދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox