އުދައިގެ އަސަރު 34 ރަށަކަށް، 451 ގެއަކަށް ގެއްލުންވެއްޖެ

ރަށަކަށް އުދަ އަރާފައި: މޫސުން ގޯސްވެ، ރާއްޖޭގެ ދެކުނުގެ ރަށްތަކަށް އުދައަރާ، ގޭގެއަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުން

ރަށަކަށް އުދަ އަރާފައި: މޫސުން ގޯސްވެ، ރާއްޖޭގެ ދެކުނުގެ ރަށްތަކަށް އުދައަރާ، ގޭގެއަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުދައިގެ އަސަރު 34 ރަށަކަށްކޮށް، 451 ގެއަކަށް ގެއްލުންވެއްޖެ އެވެ.

އެންޑީއެމްއޭއިން ބުނީ، އިއްޔެ އާއި މިއަދު 11 އަތޮޅެއްގެ 34 ރަށަށް އުދައިގެ އަސަރު އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެގޮތުން، މިހާތަނަށް 451 ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ރަށްތަކުގެ ކައުންސިލްތަކުން ދަނީ ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ގެތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ބައެއް އާއިލާތަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ. އެންޑީއެމްއޭއިން ބުނީ މިވަގުތު ތިން ރަށަކުން ހަ އާއިލާއެއް ވަގުތީ ބޯހިޔާވަހިކަމުގައި އެބަތިބި ކަމަށެވެ. ހަމައެއާއެކު އިޖާބަ ދިނުމަށް ބޭނުންވާ ތަކެއްޗާއި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިންނާ ކައުންސިލް އިދާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

އުދަ އެރި ރަށްތަކުގެ ތެރެއިން، ހާލުގައި ޖެހުމުގެ ސަބަބުން އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުންދަނީ އައްޑުއާއި، ތ. ތިމަރަފުއްޓާއި، ގދ. މަޑަވެއްޔެވެ. މަޑަވެލީގެ ހަތަރު އާއިލާއެއް، ތިމަރަފުށީގެ އެއް އާއިލާ އަދި އައްޑޫގެ އެއް އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން ދަނީ އިއްޔެއިން ފެށިގެންނެވެ.

އުދައިގެ އަސަރު ގދ، ރަތަފަންދޫ 110 ގެއަކަށް ކޮށްފައިވާއިރު، ތ. މަޑިފުށީގެ 60 ގެއަށް، ތ. ކިނބިދޫގެ 58 ގެއަށް އަދި އައްޑޫ ސިޓީ މަރަދޫއާއި މަރަދޫފޭދޫގެ 80 ގެއަކަށް ވަނީ ކޮށްފަ އެވެ.

ރާއްޖޭގެ ގިނަ ރަށްތަކަށް އުދައިގެ އަސަރު ކުރަމުންދާއިރު، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ގިނަ ރަށްރަށުގައި އެކަށީގެންވާ ވަސީލަތްތައް ނެތްކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓްކުރަން އެދިއްޖެ

ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ އިގްތިސާދީ ދާއިރާތަކުން ސައުދީގެ ވިޔަފާރިތަކަށް ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. ރާއްޖެއަކީ 2040 އަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ސައުދީއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެމްއެމްއޭ ރިސާޗު ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ރިސާޗު ފަންޑުގެ ދަށުން 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ 5 މިލިއަން ރުފިޔާގެ ގްރާންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި އިދާރާތަކަށް ހުޅުވާލައިފިއެވެ. މި ފަންޑުގެ މައިގަނޑު މަގްސަދަކީ އިގުތިސޯދީ އަދި މާލީ ދާއިރާއިން ގައުމަށް ބޭނުންތެރި އިލްމީ ދިރާސާތަކާއި ފޮތްތައް ލިޔުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ. މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހެވެ.

ބޭރު މީހުންނަށް ކުރުން މަނާ ވިޔަފާރިތައް ހުއްޓާލަން އަންގައިފި

ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ކުރުން މަނާ ދާއިރާތަކުގައި ހިންގާ ވިޔަފާރިތައް އޮކްޓޫބަރު 8 ގެ ކުރިން ހުއްޓާލުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ. މީގެ ތެރޭގައި ހޯލްސޭލް، ރީޓެއިލް އަދި އެކި ބާވަތުގެ ސޭލްސް އޭޖެންޓުންގެ ވިޔަފާރި ހިމެނޭއިރު، މިކަމާ ގުޅޭ އަށް ކުންފުންޏަކުން މިނިސްޓްރީއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މެންބަރުންގެ ހެލްތު އިންޝޫރެންސް ކަނޑާލަން ގިނަ ސޮއިތަކެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ޚާއްސަ ހެލްތު އިންޝޫރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އެކަނި ލިބޭގޮތަށް ހެދުމަށް ގޮވާލާ ޕެޓިޝަނެއްގައި 7،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ ރައްޔިތުންގެ ފައިސާއިން މެންބަރުންނަށް ވަކި ޚާއްސަ އިނާޔަތްތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޑޮލަރުގެ އަގަށް ބަދަލެއް ނާދޭ، ސިޔާސަތުތައް މަސައްކަތެއް ނުކުރޭ"

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެކަށައަޅާ ސިޔާސަތުތަކުން ނަތީޖާއެއް ނުފެންނަ ކަމަށާއި، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އަދިވެސް ހުރީ 20-21 ރުފިޔާގައި ކަމަށް ނަޝީދު ވިދާޅުވި. ޑޮލަރުގެ ތާށިކަމުން ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ދަތިވަމުންދާއިރު، އާ ގަވާއިދުތަކުގެ ސަބަބުން ވިޔަފާރިތަކަށްވެސް ގެއްލުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި.

އެމްޑީޕީ ކޮންގްރެސްގައި އިންވެސްޓްމަންޓު ފޯރަމެއް

އޮކްޓޫބަރު މަހު ބާއްވާ އެމްޑީޕީ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން 100 އަށް ވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓްކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވާލާނެއެވެ. "ރަށްވެހި ތަރައްގީ" ނަމުގައި ބާއްވާ މި ފޯރަމްގެ މަގްސަދަކީ އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދައިގެން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމެވެ.

ނޭވާލާން އުނދަގޫވި މީހަކަށް ފަރުވާދެނިކޮށް ނިޔާވެއްޖެ

ވ. ފުލިދޫގައި ބޭއްވި މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި 39 އަހަރުގެ ބެލެނިވެރިޔަކު، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި. މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސް މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭގެ ވަގުތެއްގައި ވަނީ ވަޅުލާފައި.

Newsletter

Get the latest news delivered straight to your inbox