މޭޔަރު ހުށަހެޅި 39 މިލިއަން ރުފިޔާއަށް އަމީނީ މަގު ހަދަން އެއްބަސްނުވީ ފެންވަރު ދަށްވާނެތީ: އާރުޑީސީ

އާރްޑީސީގެ މޫސާ އަލީ މަނިކު: ވިދާޅުވީ ފެންވަރު ރަނގަޅު ތާރާއެކު ކައުންސިލުން ބުނާ އަގަށް މަސައްކަތް ނުކުރެވޭނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އާރްޑީސީގެ މޫސާ އަލީ މަނިކު: ވިދާޅުވީ ފެންވަރު ރަނގަޅު ތާރާއެކު ކައުންސިލުން ބުނާ އަގަށް މަސައްކަތް ނުކުރެވޭނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް 39 މިލިއަން ރުފިޔާގެ ބަޖެޓަކަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް ހުށަހެޅި ނަމަވެސް އެ އަގުގައި ފެންވަރު ރަނގަޅު ތާރާއެކު މަގު ނުހެދޭނެ ކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ އެ މަޝްރޫއުއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއް ކުރައްވައިފަ އެވެ. މި ގޮތުން ސަރުކާރުން 84 މިލިއަން ރުފިޔާއަށް އެ މަޝްރޫއު ކުރިއަށް ދަނީ 39 މިލިއަން ރުފިޔާއަށް ސިޓީ ކައުންސިލުން އެ ކަން ކުރަން އުޅެނިކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީއާއި އާރުޑީސީ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ މަނިކު ވެސް ވިދާޅުވީ 39 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެ މަޝްރޫއު ގެންދަން މޭޔަރު ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އެ އަގުގައި އެންމެ ފެންވަރު ރަނގަޅަށް މަގު ނުހެދޭނެ ކަމަށް އޭރު ވެސް ދެންނެވި ކަމަށް މޫކޭ ވިދާޅުވި އެވެ.

"އަޅުގަނޑަށް ދިން ބަޖެޓަކީ 40 މިލިއަނަށް ވުރެ ބޮޑު ނުވާނެހެން ގެންދަން، އޭރު ވެސް އަޅުގަނޑު ދެންނެވިން، ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމްއާއި ޑީވޯޓަރިންއާ ވެސް އެކުގައި ނޫންހޭ ރައްޔިތުންނަށް ދިމާވެގެން މި އުޅޭ ފެންބޮޑުވުމުގެ ދަތިތަކުން ސަލާމަތް ވާނީ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރަށް ފެންވަރު ރަނގަޅު ތާރު އަޅާ ގޮތަށް މަގު ހެދުމުގެ މަޝްރޫއު ހަދާއިރު މިހާރު ސަރުކާރުން ކަނޑައަޅާފައި އޮތް އަގަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގައި އެއްވެސް ކޮރަޕްޝަނެއް ނުހިމެނޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ ހޭނުޖެހޭ ވާހަކައަކީ މީގެ ތެރޭގައި ކޮރަޕްޝަން އުޅެއޭ ކިޔާފައި އެ ދައްކާ ވާހަކަ، ކޮރަޕްޝަން އުޅޭ ކަމަށް މޭޔަރަށް އެނގެންޏާ އެ މައްސަލަ ކަމާ ބެހޭ އިދާރާއަށް ހުށަނާޅާ އެ ތިއްބަވާ ތިއްބެވުމަކީ ހައްދަވާ ވަރަށް ބޮޑު ގޯހެއް،" އަލީ މަނިކު ވިދާޅުވި އެވެ.

އަމީނީ މަގު ހަދަން މާލެ ސިޓީ ކައުންސިލާއި އާރުޑީސީއާއެކު އެއްބަސްވުމެއް އޮތް ކަމަށް މޭޔަރު ވިދާޅުވިޔަސް އެފަދަ އެއްބަސްވުމެއް ވެސް ނޯންނާނެ ކަމަށް އާރްޑީސީން ބުންޏެވެ. މީގެ ކުރިން އޮތް ކައުންސިލާއެކު މަގުތަކެއް ހަދަން އެއްބަސްވުމެއް އެކުލަވާލި ނަމަވެސް އެ އެއްބަސްވުމުގައި ވެސް އަމީނީ މަގު ނުހިމެނޭ ކަމަށް މޫކޭ ވިދާޅުވި އެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމަށް 462 މިލިއަން ރުފިޔާ ހަރަދު ކުރާ ގޮތަށް ޕްރޮޖެކްޓުގެ ދަށުން 15 މަގެއްގައި ތާރު އެޅުން ހިމެނެ އެވެ. އޭގެ ތެރޭގައި އަމީނީ މަގުގެ އިތުރަށް ޗާންދަނީ މަގު، ކަނބާ އައިސާ ރަނި ހިނގުން، ޝަހީދު އަލީ ހިނގުން، އިއްޒުދީން މަގު، ހަނދުވަރީ ހިނގުން، މުރަނގަ މަގު، ހަވީރީ ހިނގުން، މާވެޔޮ މަގު، މުއިވެޔޮ މަގު، ރައްދެބައި ހިނގުން، ލިލީ މަގު، އަލިކިލެގެފާނު މަގު، ލޮނުޒިޔާރަތް މަގު އަދި ސޯސަން މަގެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް "މާލެ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓް"ގެ ނަމުގައި ހާއްސަ މަޝްރޫއުއެއް ފަށާފައި ވަނީ މިިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ ޕްރޮޖެކްޓުގެ ދަށުން މާލޭގެ އިތުރު މަގުތަކެއް ތަރައްގީކުރުމަށް މަޝްރޫއުގެ ދެވަނަ ފިޔަވަހި އާރުޑީސީއާ އެކު ސޮއިކޮށްފައިވަނީ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ދައުރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox