ޖީއެސްޓީ ބޮޑުކުރަނީ 8 ޕަސަންޓަށް، ޓީޖީއެސްޓީ 16 ޕަސަންޓަށް

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު (ވ) އަދި ސަރުވަޝް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ފިނޭންސް މިނިސްޓްރީ

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު (ވ) އަދި ސަރުވަޝް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ފިނޭންސް މިނިސްޓްރީ

ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކުރަމުންދަތީ، އާމްދަނީ އިތުރުކުރަން މިހާރު ނަގަމުންދާ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ)އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރަން ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ހާމަކުރައްވައިފި އެވެ.

ރާއްޖޭގެ އިގުތިސޯދީ ހަލާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ކޮވިޑުގެ ހާލަތުން ރަނގަޅަށް އަރައިނުގަނެވިގެން އުޅެނިކޮށް، ރަޝިއާ-ޔޫކްރޭނު ހަނގުރާމަ އާއެކު ދުނިޔޭގެ ބާޒާރުގައި މުދަލާއި ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ.

"ގޮދަން ފަދަ ކޮމޯޑިޓީ ފުޑް ޕްރައިސަސް ވަރަށް ބޮޑަށް އުފުލިފައިމިވަނީ. އެހެންވީމާ ހުރިހާ އެއްޗެއް އިމްޕޯޓް ކުރާ ރާއްޖެ ފަދަ ގައުމަކަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް، އަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ މުދަލާއި ތަކެތީގެ އަގު ނޫނީ އިންފްލޭޝަން އެ މިންވަރަށް މަތިވަމުން ނުދަނީ، ތެލާއި ކާޑު ފަދަ ތަކެތިން ރައްޔިތުންނަށް ސަބްސިޑީ ދެމުންދާތީ އެވެ.

ދުނިޔޭގެ އަގުތައް މަތިވުމުގެ މައިގަނޑު ސަބްސިޑީގެ ސިފައިގައި ސީދާ ދައުލަތުން އުފުލުމުގެ ނަތީޖާއަކީ ބަޖެޓު ކުރި މިންވަރަށް ވުރެ އެތައް ގުނައެއް ރިކަރެންޓު ހަރަދު އިތުރުވެގެން ދިޔުން ކަން އަމީރު ފާހަގަކުރެއްވި އެވެ.

މިގޮތުން، ރައްޔިތުންނަށް ތެލާއި ކަރަންޓު އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް، ތެލުގެ ސަބްސިޑީގެ ގޮތުގައި ބަޖެޓުގައި ހިމެނީ 343 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް، މިއަހަރުގެ ފުރަތަމަ ހަ މަހަށް 910 މިލިއަން ހަރަދުވެފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.

"އަޅުގަނޑުމެން އޭރު އަންދާޒާ ކުރި ހާލަތު މުޅީން ބަދަލުވެފައި މިއޮތީ. ޓޫރިސްޓުން އައުން އިތުރުވިޔަސް ހަރަދުތައް ދެމެހެއްޓެނެވި ގޮތެއްގައި ހިފަހައްޓަން ސިޔާސަތުތަކެއް އެބަ އެކުލަވާލަންޖެހޭ. ރިހޭ ފައި މައްޗަށް ފޮއި މި ވެއްޓުނީ،" ކޮވިޑާއެކު ޔޫކްރެއިން ހަނގުރާމައަށް އިޝާރާތް ކުރައްވަމުން އަމީރު ވިދާޅުވި އެވެ.

އެއާއެކު އަމީރު ވިދާޅުވި ގޮތުގައި، ދުނިޔޭގެ މާލީ ބާޒާރުގައި އިންޓަރެސްޓު ރޭޓުތައް މަތިވުމުގެ ސަބަބުން، އަގުބޮޑުކޮށް ދަރަނި ނަގައިގެން މިއަހަރުގެ ޑެފިސިޓް ބަޖެޓު ފޫއްބެއްދުމަކީ ދެކޮޅު ޖެހޭނެ ކަމަކަށް ނުވާތީ، އާމްދަނީ އިތުރުކޮށް، ހަރަދުތައް ކުޑަކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ވަނީ މަޖުބޫރުވެފަ އެވެ.

މިހާރުގެ ހާލަތާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން، ހަ ޕަސަންޓުގެ ކަރެކްޝަނެއް ބޭނުންވާއިރު، އާމްދަނީ އިތުރުކުރެވޭނެ މަގެއް ނުހޯދައި، ހަމައެކަނި ހަރަދުތައް ކުޑަކޮށްގެން ނުފުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އޮފީސްތަކުގެ ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން މިހާރު ވެސް އަންގާފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު މިއަދު ވަނީ ޓެކްސް ބޮޑުކުރަން ނިންމާފައިވާ އަދަދު ވެސް ފުރަތަމަ ފަހަރަށް ރަސްމީކޮށް ހާމަކުރައްވައިފަ އެވެ.

"އަޅުގަނޑުމެން މި މަޝްވަރާކުރަނީ ޓީޖެސްޓީ ހަތަރު ޕަސަންޓުން އިތުރުކުރަން އަދި ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރުން. މިއާއެކު ހަރަދު ކުޑަކުރުމަށްޓަކައި ސަބްސިޑީއަށް ރިފޯމްތަކެއް ވެސް ގެންނާނަން. އަދި ސަރުކާރު ކުންފުނިތައް ހިންގުން ވެސް ސަރުކާރަށް ބަރޯސާނުވާ ގޮތަށް ބަދަލުކުރާނަން،" އަމީރު ވިދާޅުވި އެވެ.

ޓީޖީއެސްޓީ ބޮޑުކުރަން ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއެކު ފުރަތަމަ ކުރެވުނު މަޝްވަރާތަކުގައި އަހަރެއްހާ ދުވަހުގެ މުއްދަތެއް ދޭން ވަނީ އެދިފަ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް އިޝާރާތް ކުރައްވައި، ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީ އެ ދާރިއާގެ އެކި ފަރާތްތަކުން އެއް އަހަރާއި ދެ އަހަރުގެ މުއްދަތެއް ދޭން އެދިފައިވާ ކަމަށެވެ.

ނަމަވެސް، ސަރުކާރުގެ ވިސްނުމަކީ ޓެކްސް ބޮޑުކުރަން ގިނަވެގެން ހަ މަސް ދުވަހުގެ މުއްދަތެއް ދިނުން ކަމަށް އޭނާ މިއަދު ހާމަކުރެއްވި އެވެ.

ތަކެތީގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި ރައްޔިތުންގެ އަތުން ނަގާ ޖީއެސްޓީ ބޮޑުކުރުމާ ގުޅޭގޮތުން އޮތް ކަންބޮޑުވުމަށް ވެސް ސަރުވަޝް ޖަވާބު ދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިވަގުތު ރާއްޖޭގެ އިންފްލޭޝަން ހުރީ ގާތްގަނޑަކަށް ތިން ޕަސަންޓުގައި ކަމަށާއި، ޓެކްސް ބޮޑު ކުރުމުގެ ސީދާ އަސަރު އިންފްލޭޝަނަށް ކުރާނީ ގިނަވެގެން އެއް ޕަސަންޓު ކަމަށް ލަފާކުރެވެ އެވެ.

"އަޅުގަނޑުމެން މިދަނީ އައިއެމްއެފްއާ ގުޅިގެން މީޑިއަމް ޓާމު ރެވެނިއު ސްޓްރެޓަޖީއެއް އެކުލަވާލަމުން. އެ ސްޓްރެޓަޖީ މިއަހަރު ފަހުކޮޅު އާންމުކުރެވޭނެ ކަމަށް މިބަލަނީ. އޭރުން ހަރަދުތަކަށް ބޭނުންވާ ފައިސާ މޮބިލައިޒް ކުރާނީ ކިހިނެއްތޯ އެނގިގެންދާނެ،" ސަރުވަޝް ވިދާޅުވި އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ފަދަ ރިގްރެސިވް ޓެކްސްގެ އިތުރުން އިންކަމް ޓެކްސް ފަދަ ޕްރޮގްރެސިވް ޓެކްސްތަކަށް ވެސް ބަދަލުގެންނަން، އެކުލަވާލެވޭ އެ ސްޓްރެޓަޖީގެ އަލީގައި ދިރާސާތައް ކުރެވޭނެ ކަމަށާއި، އަދި 11 އަހަރުވީ ޓެކްސްގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި ނިޒާމު ހަރުދަނާ ކުރަންޖެހޭ ކަންކަން ވެސް ކުރެވޭނެ ކަން ވެސް އޭނާ ހާމަކުރެއްވި އެވެ.

ޖީއެސްޓީ، ޖީއެސްޓީގެ ތާރީހު

ދެހާސްއެގާރަ ވަނަ އަހަރު ވުޖޫދުވި ގާނޫނާއެކު، އެ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ޖީއެސްޓީ ތައާރަފުކުރި އިރު، އޭރު ރޭޓު ހުރީ 3.5 ޕަސަންޓުގަ އެވެ.

އޭގެ ފަހުން، މިހާރު ނަގަމުންދާ ހަ ޕަސަންޓަށް ޖީއެސްޓީ ބޮޑުކުރީ 2012 ވަނަ އަހަރެވެ.

ޓޫރިޒަމް ޖީއެސްޓީ 2013ގައި ތައާރަފުކުރިއިރު އަށް ޕަސަންޓުގައި ހުރިއިރު، މިހާރު ނަގަމުންދާ 12 ޕަސަންޓަށް ބޮޑުކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox