އޮޅުވާލައިގެން ހޯދި އިންކަމް ސަޕޯޓުގެ އަދަދު ފަސް މިލިއަނަށް؛ އަނބުރާ ހޯދުނީ އެންމެ ހަ ލައްކަ ރުފިޔާ

ލޯކަލް މާރުކޭޓުގައި މީހަކު ފައިސާ ދައްކަނީ: އޮޅުވާލައިގެން ހޯދި ފައިސާގެ ތެރެއިން މިހާތަނަށް ހޯދުނީ އެންމެ 11 ޕަސެންޓު. -- ފައިލް ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ލޯކަލް މާރުކޭޓުގައި މީހަކު ފައިސާ ދައްކަނީ: އޮޅުވާލައިގެން ހޯދި ފައިސާގެ ތެރެއިން މިހާތަނަށް ހޯދުނީ އެންމެ 11 ޕަސެންޓު. -- ފައިލް ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށާއި އާމްދަނީއަށް އަސަރުކުރި މީހުންނަށް ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓް އެލަވަންސް ޕްރޮގްރާމަށް ދޮގު މައުލޫމާތު ހުށަހަޅައިގެން ހޯދި ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ ތެރެއިން، އަދި އަނބުރާ ހޯދުނީ އޭގެ ތެރެއިން އެންމެ 11 ޕަސަންޓު ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން 2020 ވަނަ އަހަރުގެ ނިޔަލަށް އާންމުކުރި "ކޮވިޑް-19 އެމަޖެންސީ އިންކަމް ސަޕޯޓް އެލަވަންސް ޕްރޮޖެކްޓް" އޮޑިޓް ރިޕޯޓުގައި ވަނީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ދޫކުރި އިންކަމް ސަޕޯޓުގެ ތެރެއިން، ދޮގު މައުލޫމާތު ދީގެން އޮޅުވާލައިގެން 4،974،477ރ. ހޯދާފައިވާ ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން، 2021 ވަނަ އަހަރުގެ އެ ޕްރޮޖެކްޓުގެ އޮޑިޓު ރިޕޯޓުގައި ބުނީ، އެންސްޕާއިން އިތުރަށް ބެލި ބެލުމުގައި، ދޮގު މައުލޫމާތު ދީގެން އިންކަމް ސަޕޯޓު ދޫކުރެވުނު ޖުމްލަ އަދަދު 5,246,010.85ރ. އަށް އަރާ ކަމަށެވެ.

އޭގެ ތެރޭގައި ޖުމްލަ 485 ފަރާތެއް ހިމެނޭ ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް، އިތުރަށް ބެލި ބެލުމުން، އޭގެ ތެރެއިން 14 ފަރާތެއްގެ އަތުން ފައިސާ އަނބުރާ ހޯދަންނުޖެހޭ ކަމަށް ފަހުން ފާހަގަވި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެއާއެކު، އެ ޕްރޮޖެކްޓުގެ މަސްއޫލުވެރި އިދާރާ ކަމަށްވާ، އިކޮނޮމިކް މިނިސްޓްރީން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށައި، އޮޅުވާލައިގެން އެލަވަންސް ހޯދި މީހުންގެ ތެރެއިން 428 ފަރާތަކަށް ފައިސާ އަނބުރާ ދެއްކުމަށް މިހާރު އަންގާފައިވާ ކަމަށް ވެސް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.

ނަމަވެސް، އޮޑިޓު ރިޕޯޓުގައި ބުނި ގޮތުގައި، ނިމުނު ޖޫން މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް، އަނބުރާ ހޯދުނު ފައިސާގެ ޖުމްލަ އަދަދަކީ އެންމެ 600,151.53ރ. އެވެ.

އެއީ އަނބުރާ ހޯދަންޖެހޭ ޖުމްލަ އަދަދުގެ ތެރެއިން އެންމެ 11 ޕަސަންޓެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާތައް ގެއްލުމާއި އާމްދަނީ ލިބުން ހުއްޓުމާ ގުޅިގެން ސަރުކާރުން މާލީ އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ފެށި އެ ޕްރޮގްރާމުގެ ދަށުން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް، 421 މިލިއަން ރުފިޔާއަށް ދޫކޮށްފައިވެ އެވެ.

މީގެ ކުރިން އޮޑިޓް އޮފީހުން ހެދި އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ޕާފޯމަންސް އޮޑިޓުގައި، އޮޅުވާލައިގެން ހޯދި ކަމަށް ފާހަގަކުރެވުނީ ހަތަރު ލައްކައެއްހާ ރުފިޔާ އެވެ. ނަމަވެސް އެ ފަހަރު އޮޑިޓާ ޖެނެރަލް އޮފީހުން އެ އަދަދު ބިނާކުރީ، އެހާތަނަށް އިކޮނޮމިކް މިނިސްޓްރީން ހެދި ރިވިއުއަކުން ފާހަގަކުރެވުނު އަދަދުތަކަށެވެ.

އޮޅުވާލައިގެން ހޯދި ފައިސާގެ މައްސަލައިގައި އެފަހަރުވެސް އޮޑިޓް އޮފީހުން ވަނީ، އެ ފައިސާ ހޯދުން އަވަސް ކުރަން އިކޮނޮމިކް މިނިސްޓްރީއަށް އަންގާފަ އެވެ.

އެ އެންގުމާ ގުޅިގެން މިނިސްޓްރީން އޭރު ބުނީ އެ ފައިސާ ހޯދަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން އޮޅުވާލި ކަމަށް ފާހަގަކުރެވުނު މީހުންނަށް، އެ ފައިސާ އަނބުރާ ރައްދުކޮށްދޭން އަންގާ، އެއްބާރުލުން ނުލިބޭ މީހުންނަށް ދައުވާ ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓްކުރަން އެދިއްޖެ

ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ އިގްތިސާދީ ދާއިރާތަކުން ސައުދީގެ ވިޔަފާރިތަކަށް ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. ރާއްޖެއަކީ 2040 އަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ސައުދީއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެމްއެމްއޭ ރިސާޗު ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ރިސާޗު ފަންޑުގެ ދަށުން 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ 5 މިލިއަން ރުފިޔާގެ ގްރާންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި އިދާރާތަކަށް ހުޅުވާލައިފިއެވެ. މި ފަންޑުގެ މައިގަނޑު މަގްސަދަކީ އިގުތިސޯދީ އަދި މާލީ ދާއިރާއިން ގައުމަށް ބޭނުންތެރި އިލްމީ ދިރާސާތަކާއި ފޮތްތައް ލިޔުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ. މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހެވެ.

ބޭރު މީހުންނަށް ކުރުން މަނާ ވިޔަފާރިތައް ހުއްޓާލަން އަންގައިފި

ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ކުރުން މަނާ ދާއިރާތަކުގައި ހިންގާ ވިޔަފާރިތައް އޮކްޓޫބަރު 8 ގެ ކުރިން ހުއްޓާލުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ. މީގެ ތެރޭގައި ހޯލްސޭލް، ރީޓެއިލް އަދި އެކި ބާވަތުގެ ސޭލްސް އޭޖެންޓުންގެ ވިޔަފާރި ހިމެނޭއިރު، މިކަމާ ގުޅޭ އަށް ކުންފުންޏަކުން މިނިސްޓްރީއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މެންބަރުންގެ ހެލްތު އިންޝޫރެންސް ކަނޑާލަން ގިނަ ސޮއިތަކެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ޚާއްސަ ހެލްތު އިންޝޫރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އެކަނި ލިބޭގޮތަށް ހެދުމަށް ގޮވާލާ ޕެޓިޝަނެއްގައި 7،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ ރައްޔިތުންގެ ފައިސާއިން މެންބަރުންނަށް ވަކި ޚާއްސަ އިނާޔަތްތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޑޮލަރުގެ އަގަށް ބަދަލެއް ނާދޭ، ސިޔާސަތުތައް މަސައްކަތެއް ނުކުރޭ"

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެކަށައަޅާ ސިޔާސަތުތަކުން ނަތީޖާއެއް ނުފެންނަ ކަމަށާއި، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އަދިވެސް ހުރީ 20-21 ރުފިޔާގައި ކަމަށް ނަޝީދު ވިދާޅުވި. ޑޮލަރުގެ ތާށިކަމުން ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ދަތިވަމުންދާއިރު، އާ ގަވާއިދުތަކުގެ ސަބަބުން ވިޔަފާރިތަކަށްވެސް ގެއްލުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި.

އެމްޑީޕީ ކޮންގްރެސްގައި އިންވެސްޓްމަންޓު ފޯރަމެއް

އޮކްޓޫބަރު މަހު ބާއްވާ އެމްޑީޕީ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން 100 އަށް ވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓްކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވާލާނެއެވެ. "ރަށްވެހި ތަރައްގީ" ނަމުގައި ބާއްވާ މި ފޯރަމްގެ މަގްސަދަކީ އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދައިގެން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމެވެ.

ނޭވާލާން އުނދަގޫވި މީހަކަށް ފަރުވާދެނިކޮށް ނިޔާވެއްޖެ

ވ. ފުލިދޫގައި ބޭއްވި މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި 39 އަހަރުގެ ބެލެނިވެރިޔަކު، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި. މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސް މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭގެ ވަގުތެއްގައި ވަނީ ވަޅުލާފައި.

Newsletter

Get the latest news delivered straight to your inbox