"ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް" ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗުން ކުރި ހުކުމެއް ބާތިލްކޮށްފި

ވިޔަފާރިވެރިޔާ މުހައްމަދު ޝަވީދު: އޭނާއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ކުރި ހުކުމެއް ބާތިލްކޮށްފި

ވިޔަފާރިވެރިޔާ މުހައްމަދު ޝަވީދު: އޭނާއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ކުރި ހުކުމެއް ބާތިލްކޮށްފި

އެހެން މީހެއްގެ ނަމުގައި އޮތް އުޅަނދުތަކެއް އެއީ ވިޔަފާވެރިވެރިޔާ މުހައްމަދު ޝަވީދުގެ ތަކެތި ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗުން ނިންމީ "ކަނޑައެޅިންގެ ގާނޫނު އެއްފަރާތް ކުރުމަށްފަހުގައި" ކަމަށް އެ ކޯޓުން ކަނޑައަޅައި ކުރީގެ ހުކުމް ބާތިލްކޮށްފި އެވެ.

އެއީ ވިޔަފާރިވެރިޔާ މުހައްމަދު ޝަވީދުގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ކަމަށް ބުނާ ދެ އުޅަނދާއި އޭނާގެ އާއިލާގެ ހިއްސާ އޮންނަ ދެ ރިސޯޓެއްގައި އޮތް ދެ އުޅަނދު ބާއްވާފައި ވަނީ ކުއްޔަށް ކަމަށް ބުނެ އެއަށްވާ ފައިސާ ހޯދަން ވެގެން މީހަކު ހުށަހަޅާފައިވާ މައްސަލައެއްގައި ޝަވީދުއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ހުކުމް ކުރި މައްސަލަ އެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރިން ހުކުމް ކުރިއިރު ބެންޗުގައި ތިބީ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދެވެ.

މި މައްސަލައަކީ ވިޔަފާރިވެރިޔާ މޫސާ ފަހީމް މަރުވުމުން އޭނާ އާއި އަބްދުﷲ އަލީގެ ނަމުގައިވާ މުދާތައް ވާރިސުންގެ މިލްކެއްގެ ގޮތުގައި ސިވިލް ކޯޓުން ކަނޑައެޅިއިރު އެ މުދާތަކުގެ ލިސްޓުގައި މުހައްމަދު އަނީސް ނަމަކަށް ކިޔާ މީހެއްގެ މުދަލެއް ހިމެނިގެން އުފެދިފައިވާ މައްސަލައެކެވެ. ޝަވީދަކީ މޫސާ ފަހީމްގެ ވާރިސުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

އއ. ވިލަމެންދޫ އާއި ކ. އެރިޔަދޫ ރިސޯޓްގައި އަނީސްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ދެ އުޅަނދެއް އޮވެ އެވެ. އެއީ "ފެންޓަސީ" ނަމުގައިވާ ދޯންކާއި "އޭއޭއޭ 10" ނަމަކަށް ކިޔާ ލޯންޗެކެވެ. އެކަމަކު މޫސާ ފަހީމް އާއި އަބްދުﷲ އަލީގެ ވާރިސުންނަށް އެ މީހުންގެ މުދާ މިލްކުވާ ކަމަށް ސިވިލް ކޯޓުންް ކުރި ހުކުމުގައި އެ ދެ މީހުންގެ މުދަލުގެ ލިސްޓުގައި ލޯންޗުގެ ނަން ވެސް އޮތެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި އޮތް ގޮތުން ޑިސެމްބަރު 14، 1991 އިން ފެށިގެން އެ އުޅަނދު އޮތީ އަނީސްގެ ނަމުގައި ކަން އޭޕްރީލް 28، 2003 ގައި ޓްރާންސްޕޯޓް މިިނިސްޓްރީން ދޫކޮށްފައިވާ ލިޔުމުން އެނގެން އޮންނަ ކަމަށެވެ. އަދި އެ ލޯންޗާއި ދޯނި ރިސޯޓަށް ކުއްޔަށް ދީފައިވާ ކަން އެނގެން އޮންނާތީ ކުލީގެ ގޮތުގައި ޖުމުލަ 506،666.66 ރ. ދައްކަން ވެސް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުން ވެސް ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމީ ވިޔަފާރިވެރިޔާ ޝަވީދުއާ އެއް ކޮޅަށެވެ. މި ގޮތުން ސިވިލް ކޯޓުން ކުރި ހުކުމެއްގައި މޫސަ ފަހްމީއާއި އަބްދުﷲ އަލީގެ މުދަލުގެ ތެރޭގައި ލޯންޗުގެ ނަން އޮވެފައި، އެ ނުކުތާއާ މެދު އަނީސްގެ ފަރާތުން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފް ކޮށްފައި ނުވާތީ އެއީ އަނީސްގެ މުދަލެއް ކަން ބެލެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ކުރިން ކުރި ހުކުމުގައިވެ އެވެ.

އެ މައްސަލަ އަނީސްގެ ފަރާތުން އަަނެއްކާ ވެސް ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ހިމެނޭ ބެންޗަކުން މައްސަލަ ބެއްލެވުމަށް ފަހު ނިންމެވީ ސުޕްރީމް ކޯޓުން ކުރިން އެ މައްސަލަ ނިންމީ ކަނޑައެޅިގެން ގާނޫނުތައް އެއް ފަރާތްކޮށް ބޮޑުވެގެންވާ ބޭއިންސާފެއް ހިމެނޭ ގޮތަށެވެ.

ސުޕްރީމް ކޯޓުގެ އެ ތިން ފަނޑިޔާރުންގެ އިއްތިފާގުުން މިދިޔަ އާދީއްތަ ދުވަހު ނެރުނު ހުކުމުގައި ވެސް ވަނީ ސިވިލް ކޯޓުން ފާހަގަކުރި ގޮތަށް އެ އުޅަނދުގެ ރަޖިސްޓްރީގައި އަނީސްގެ ނަން އޮތުމުން އެއީ އޭނާގެ މުދަލެއް ކަން ސާބިތު ކުރަން ކާފީ ހެއްކެއް ކަމުގަ އެވެ. އަދި އެ އުޅަނދު ޝަވީދުގެ އާއިލާގެ ހިއްސާ އޮންނަ ރިސޯޓެއްގައި އޮތީ ކުއްޔަށް ކަން ކޯޓަށް ހެކިބަސް ދިން މީހުންގެ ހެކިބަހުން ވެސް އެނގޭ ކަމަށެވެ.

އެހެންކަމުން އަނީސްއަށް ސިވިލް ކޯޓުން ދިނުމަށް ހުކުމް ކޮށްފައިވާ ފައިސާ ދެއްކުމަށާއި ދެ އުޅަނދު ވެސް އޭނާއަށް ހަވާލު ކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ޝަވީދަކީ ކުރިން އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ އެފްއޭއެމްގެ އިސް މަގާމުތަކެއް ވެސް މީގެ ކުރިން އަދާކޮށްފަ އެވެ.

އޭގެ އިތުރުން ވެސް ޝަވީދަކީ ރާއްޖޭގައި މަޝްހޫރު ވިޔަފާރިވެރިއެކެވެ. އެގޮތުން ވީބީ ބްރަދާޒް ކުންފުނި، ޓީއެސްއެމްއައިސީ ރިސޯޓު ކުންފުނި އަދި ކޯސްޓްލައިން ފަދަ ބޮޑެތި ކުންފުނިތަކާއި ޝަވީދުއާ އޭނާގެ އާއިލާއާ ގުޅުން އޮވެ އެވެ. ޝަވީދުގެ އިތުރުން ކޯޓު އަމުރުގައި ދެން ހިމެނޭ ހަސަން ޝިޔާމް އަކީ 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަ ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox