އަލީ އިހުސާން (ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު)
261 ލިޔުން
ފަހުގެ
ރިޕޯޓުސިނގިރޭޓު ޓެކްސް ކުޑަކުރުން: ޑަބްލިއުއެޗްއޯގެ ދިރާސާ
ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ވިސްނަމުންދަނީ ޑަބްލިއުއެޗްއޯގެ ލަފަޔާ އެއްގޮތަށް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި ނަމަވެސް، އެފަދަ ދިރާސާއެއް ފެންނާކަށް ނެތެވެ. ނަމަވެސް ޑަބްލިއުއެޗްއޯގެ ކުރީގެ މާހިރުންގެ ދިރާސާއަކުން ދައްކާގޮތުގައި، މިހާރު އަމަލުކުރާ އުސޫލުތަކުން ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު އެކަށީގެންވާ ބާރުމިނެއްގައި ދަށެއް ނުވެއެވެ.
ހަބަރުސިނގިރޭޓުގެ އަގު ވަރަށް ބޮޑަށް ހެޔޮ ކުރަނީ
ސިނގިރޭޓާއި ހީޓަޑް ޓޮބޭކޯ އިން ނަގާ ޑިއުޓީ ބޮޑުތަނުން ކުޑަކޮށް، މިހާރު ވިއްކާ އަގަށްވުރެ 50 އިންސައްތަ އަގުހެޔޮވާނެ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނު އިސްލާހުކުރަން ސަރުކާރުން ވަނީ ހުށަހަޅާފައެވެ. މި އިސްލާހުގެ ދަށުން ސިނގިރޭޓުން ނަގާ ޑިއުޓީ 50 އިންސައްތައިން 30 އިންސައްތައަށް ކުޑަވެގެންދާނެއެވެ. މި ބިލު ފާސްވެ އަމަލުކުރަން ފެށުމުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބާޒާރުގައި ސިނގިރޭޓުގެ އަގު ހެޔޮވާނެ ކަމަށް ބެލެވެއެވެ.
