ރޭގަނޑު އިސްތިއުފާއަށް ގޮވާ މިނިސްޓަރުންނަށް ރުހުން ދިން އެމްޑީޕީ މެންބަރުންގެ ނިފާގުކަމަށް ފާޑުކިޔަނީ

އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕް

އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕް

އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގައި އިސްތިއުފާއަށް ގޮވާ މިނިސްޓަރުންނަށް ރުހުން ދިން އެ ޕާޓީގެ މަޖިލިސް މެންބަރުންނަށް އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ގެންނެވި ބަދަލުތަކަށް ރުހުން ދީފަ އެވެ. އެ ބޭފުޅުންނަށް ރުހުން ދޭން ވޯޓުދެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް ހިމެނެ އެވެ.

އެކަމާ ގުޅިގެން އިއްޔެއިން ފެށިގެން އާންމުން ދަނީ އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ފާޑުކިޔަމުންނެވެ. އެ ފާޑުކިޔުންތަކާ ގުޅިގެން އެމްޑީޕީގެ މެންބަރުން ދެ މެންބަރަކު ވަނީ މާފަށް ވެސް އެދިފަ އެވެ.

"އިއްޔެ އިހުސާން އާއި ބައެއް އެހެން މިނިސްޓަރުންނަށް ރުހުން ދިނުމަށް ވޯޓު ދެވުމަކީ ގޯސް ނިންމުމެއް. އެކަމުގެ ފުރިހަމަ ޒިންމާ ނަގައި އެކަމަށްޓަކައި މާފަށް އެދެން،" ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އޭނާގެ އިތުރުން، ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވެސް ވަނީ އާންމުންގެ ކިބައިން މާފަށް އެދިފަ އެވެ.

އެކްސްގައި ކުޑޫ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޯމް މިނިސްޓަރު، އަލީ އިހުސާންއަށް ރުހުން ދޭން ވޯޓު ދޭން ނިންމި ނިންމުމަކީ މާބޮޑު ވިސްނުމެއް ނެތި ނިންމެވި ނިންމެވުމެއް ކަމަށެވެ. އެހެންކަމުން އެކަމަށް މާފަށް އެދޭ ކަމަށް ކުޑޫ ވިދާޅުވި އެވެ.

"އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ވޯޓުގައި ހޯމް މިނިސްޓަރު، އަލީ އިހުސާނަށް ވޯޓު ދިނުމުގައި އަޅުގަނޑަށް ވަރަށް ބޮޑު ގޯހެއް ހެދިފައިވާކަން ގަބޫލުކުރަމެވެ. އެއީ އަޅުގަނޑު ތާއީދު ކުރާތީ ދިން ވޯޓެއް ނޫނެވެ،" ކުޑޫގެ ޕޯސްޓުގައި ވިދާޅުވި އެވެ.

ކެބިނެޓު އަލުން އެކުލަވައިލީ މުއިއްޒު އަންގަވައިގެން 10 މިނިސްޓަރަކު، އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުއިއްޒުގެ ކެބިނެޓު އަލުން އެކުލަވާލިއިރު، މިނިސްޓްރީތަކުގެ އަދަދު ވަނީ، އެޓާނީ ޖެނެރަލް އޮފީސް ހިމަނައިގެން، 15 އަށް މަދުކޮށްފަ އެވެ. ކުރިން އޮންނަނީ 20 މިނިސްޓްރީ އެވެ.

އޭގެ އިތުރުން، ކުރިން މިނިސްޓަރުކަމުގައި ނެތް ހަތަރު ބޭފުޅަކު ވަޒީރުންގެ މަޖިލީހަށް އޭޕްރިލް 14 ގައި މުއިއްޒު އައްޔަނުކުރެއްވި އެވެ.

އެ ބޭފުޅުން ހިމަނައިގެން ކުރިން ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ ރުހުން ދެއްވައިފަ އެވެ. 

އެގޮތުން، މަގާމުގެ ބާރު ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް، އެމްޑީޕީން އެންމެ ގިނައިން އިސްތިއުފާއަށް ގޮވާ ހޯމް މިނިސްޓަރު، އަލީ އިހުސާންއަށް އެމްޑީޕީގެ އަށް މެންބަރުން ވޯޓުދެއްވި އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އާއި އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ތަރުޖަމާނު، މައުރޫފް ޒާކިރު ހިމެނެ އެވެ.

  • އަހުމަދު ޝަމްހީދު - ހުޅުމާލެ އުތުރު ދާއިރާ
  • މުހައްމަދު އިބްރާހިމް (ކުޑޫ) - ގަލޮޅު އުތުރު
  • އަބްދުލްޣަފޫރު މޫސާ - ހަނިމާދޫ ދާއިރާ
  • މައުރޫފް ޒާކިރު - ކެންދޫ ދާއިރާ
  • ހުސެއިން ސަމީރު - ތޮއްޑޫ
  • މުހައްމަދު ނިއުޝާދު - ކެޔޮދޫ ދާއިރާ
  • އަހުމަދު ޝާކިރު - މާވަށު ދާއިރާ
  • އަހުމަދު ދީދީ - މަރަދޫ ދާއިރާ

އިހުސާންގެ އިސްތިއުފާއަށް އިދިކޮޅު އެމްޑީޕީގެ އާންމު މެންބަރުން ގޮވަން ފެށީ، ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓުމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާ ބޭސްތައް ބޭނުންކޮށްގެން އެ އޮފީހުގައި ވެރިކަން ކުރާ ޕީއެންސީއަށް ފޯމުތަކެއް ފުރިކަަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.

އަދި، އޭގެ ފަހުން، އެމްޑީޕީން އެކި ފަހަރުމަތިން ކުރިއަށް ގެންދިޔަ އިހުތިޖާޖުތަކަށް ފުލުހުން މެދުވެރިކޮށް ހުރަސް އެޅުމާ ދެކޮޅަށް ވެސް އެމްޑީޕީން ވަނީ އަޑުއުފުލައި އިހުސާންގެ އިސްތިއުފާއަށް ގޮވައިފަ އެވެ.

މިހާރު ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކުގައި ވެސް އެމްޑީޕީގެ އާންމު މެންބަރުން ދަނީ ކޮންމެ ރެއަކުހެން އިހުސާންގެ އިސްތިއުފާއަށް ގޮވަމުންނެވެ.

އިހުސާންއަށް ރުހުން ދޭން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރުން ވޯޓު ދިނުމުން އެކަމަށް ފާޑުކިޔާ މީހުން ބުނަނީ އޭނާއަށް ރުހުން ދިނުމަކީ، ނޫސްވެރިކަމަކީ ޖިނާއީ ކުށަކަށް ހަދައިގެން އަދަބު ދިނުމާއި ސުލްހަވެރި އިހުތިޖާޖުތައް ކުރާ މީހުންނަށް ހުރަސްއެޅުން ފަދަ ކަންކަމަށް އެއްބާރުލުން ދިނުން ކަމަށެވެ.

"އެމްޑީޕީއަކީ މިހާރު އިދިކޮޅު ޕާޓީއެއްތޯ؟ އިހުސާން ކުރެއްވި ހުރިހާ ކަމަކަށްފަހު، އޭނާއަށް ކިހިނެއްތޯ އެމްޑީޕީގެ މެންބަރުން ރުހުން ދޭން ވޯޓު ދެއްވާނީ؟" މަރިޔަމްގެ ނަމުގައި އެކްސްގައި އެކައުންޓެއް ހިންގާ މީހަކު ބުންޏެވެ.

އެކަމަށް ފާޑުކީ އެހެން މީހުން ވަނީ އިހުސާންގެ ޒިންމާ އަދާނުކުރެވޭ މައްސަލައިގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ސުވާލު ކުރުމުގެ ބޭނުމަކީ ކޮބައިތޯ ވެސް ސުވާލު އުފައްދައިފަ އެވެ.

"މިދިޔަ ދެ އަހަރު ޕާޓީ ހިންގިކަމަށް ދައުވާކުރާ ޕީޖީއަށް، އިހުސާން މި ޕާޓީގެ މެންބަރުންނަށާއި ގައުމަށްދިން ގެއްލުން ނޭނގުނީމައި އެއީ ދެރަވަރު،" އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް ހިމެނޭ އައިކު އަހުމަދު އީސާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އިހުސާންގެ އިތުރުން އެމްޑީޕީން ކުރިއަށް ގެންދާ މުޒާރާތަކުގައި އެންމެ ބޮޑު ނުރުުހުމެއް އަމާޒުކުރާ ޓްރާންސްޕޯޓު މިނިސްޓަރު ކަމުގައި ކުރިން ހުންނެވި މިހާރުގެ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު، މުހައްމަދު އަމީންއަށް ރުހުން ދޭން ފެންނަ ކަމަށް ވެސް އެ ޕާޓީގެ 

  • އަހުމަދު ޝަމްހީދު - ހުޅުމާލެ ދެކުނު ދާއިރާ
  • މުހައްމަދު އިބްރާހިމް - ގަލޮޅު އުތުރު ދާއިރާ
  • އަބްދުލްޣަފޫރު މޫސާ - ހަނިމާދޫ ދާއިރާ
  • އަމީން ފައިސަލް - ކަނޑިތީމު ދާއިރާ
  • ހުސެއިން ސަމީރު - ތޮއްޑޫ ދާއިރާ
  • މުހައްމަދު ނިއުޝާދު - ކެޔޮދޫ ދާއިރާ
  • އަހުމަދު ޝާކިރު - މާވަށު ދާއިރާ
  • އަހުމަދު ދީދީ - މަރަދޫ ދާއިރާ
  • އިބްރާހިމް ނާޒިލް

އަމީންގެ އިސްތިއުފާއަށް އެމްޑީޕީގެ އާންމު މެންބަރުން ގޮވަން ފެށީ ޓެކްސީ ޑްރައިވަރުންނަށް އިހާނެތިކޮށް ސަރުކާރުން ކަންކަން ކުރާ ކަމަށް ބުނެ އެވެ. އެގޮތުން ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފު ކުރުމާއި ނަފާ ލޯނުގެ ނަމުގައި ޓެކްސީ ޑްރައިވަރުންނަށް ދޫކުރި ލޯނުތަކުގެ ދަށުން ދޭންޖެހޭ ކާރުތައް ނުލިބެނީސް ފައިސާ ދައްކަންޖެހުން ފަދަ ކަންކަން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox