ޑޮލަރު ވިއްކާ ވިޔަފާރިތަކާއި އާންމުންގެ ބޮލުގައި މަނީ ލޯންޑާ ކުރުމުގެ ތުހުމަތު ހޯމް މިނިސްޓަރު އަޅުއްވައިފި

Aug 24, 2026, 11:59 AM
ޑޮލަރު ޕްރެސް

ޑޮލަރު ޕްރެސް

ހުއްދަ ނުނަގައި އަދި ކަނޑައެޅިފައިވާ އެކްސްޗޭންޖު ރޭޓުގައި މެނުވީ ބޭރު ފައިސާ މާރު ކުރުމަކީ ގާނޫނީ ބޮޑު ކުށެއް ކަމަށް ވިދާޅުވެ، މަނީ އެކްސްޗޭންޖު ކުރާ ވިޔަފާރިތަކާއި އާންމުންގެ ބޮލުގައި ހޯމް މިނިސްޓަރު އަލީ އިހުސާން މަނީ ލޯންޑާ ކުރުމުގެ ތުހުމަތު އަޅުވައިފި އެވެ. 

ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިހުސާން ވަނީ ހުއްދަ ނުނަގައި ޑޮލަރު އެކްސްޗޭންޖް ކުރާ ފަރާތްތަކުން އާމްދަނީ ހޯދުމާއި އެ އާމްދަނީއިން އެއްވެސް ބޭނުމެއް ކުރުމަކީ މަނީ ލޯންޑާ ކުރުން ކަމަށެވެ. 

"ރާއްޖޭގެ ގާނޫނުގައި ބުނާ ގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް، ހުއްދަ ނުނަގައި ކުރުމަކީ ޖިނާއީ ކުށެއް. މާނައަކީ ހުއްދަ ނުނަގައި މަނީ އެކްސްޗޭންޖް ކުރުމަކީ ޖިނާއީ ކުށެކޭ. އެ ޖިނާއީ ކުށް ކޮށްގެން ހޯދާ ފައިސާ އަމިއްލަ ގޮތުގައި ބޭނުން ކުރުމާއި ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމާއި އޭގެ އިތުރު ފައިދާ ހޯދުމަކީ ރާއްޖޭގެ ގާނޫނުގައި މިވަގުތު ބުނާ ގޮތުން މަނީ ލޯންޑަރިން،" އިހުސާން ވިދާޅުވި އެވެ. 

އިހުސާން ވިދާޅުވީ ހުއްދަ ނުހޯދާ މަނީ އެކްސްޗޭންޖު ކުރާ ފަރާތްތަކަށް ޑޮލަރު ދެނީ ރިސޯޓުތަކުންނާއި ޑޮލަރުން އާމްދަނީ ލިބޭ މީހުން ކަމަށެވެ. 

"އަޅުގަނޑުމެން މި ބެލީ ކޮން ބައެއްތޯ މި މީހުންނަށް ބޭރު ފައިސާ ދެނީ އެކްސްޗޭންޖް ކުރުމުގެ ބޭނުމަށްޓަކައި. ބަލާލިއިރު މީގެ ތެރޭގައި މި ހިމެނެނީ ދިވެހިރާއްޖޭގައި ޑޮލަރުން އާމްދަނީ ހޯދާ ފަރާތްތައް. އަންފޯޗުނޭޓްލީ މީގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ރާއްޖޭގެ މަޝްހޫރު ރިސޯޓުތައް. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވަނީ، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. 

"ހުއްދަ ނުނަގާ ޑޮލަރު އެކްސްޗޭންޖް ކުރުމަކީ ރާއްޖޭގެ ގާނޫނުގައި ޖިނާއީ ކުށެއް އެއީ. ވަކިވަކި ފަރުދުން ވެސް އެބަ ހިމެނޭ މީގެ ތެރޭގައި އިނގޭތޯ؟ މިސާލަކަށް އަޅުގަނޑަށް މުސާރަ ލިބެނީ ޑޮލަރުން އަޅުގަނޑު އަނެއްކާ ކަޅު ބާޒާރަށް ޑޮލަރު ވިއްކަނީ. އެއީ ހުއްދަ ނުނަގާ މަނީ ޗޭންޖް ކުރުން އެނގޭތޯ؟ ބައި ޑެފެނިޝަން،" އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox