ދަނާލުގައި މަރުވި ދަރިވަރު ދިޔައީ ފުލުހުންނާ މުއާމަލާތް ކުރަމުން ކަމަށް އިހުސާން ވިދާޅުވެއްޖެ

Apr 23, 2026, 9:49 AM
ހޯމް މިނިސްޓަރު އަލީ އިހުސާން: ދަރިވަރު މަރުވި ކަން އެނގުނީ ފުލުހުން ދަނާލަށް ގޮސް ބެލުމުން -- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާން: ދަރިވަރު މަރުވި ކަން އެނގުނީ ފުލުހުން ދަނާލަށް ގޮސް ބެލުމުން -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އެކޮމޮޑޭޝަން ބްލޮކް މަޖްދުއްދީން ދަނާލުގައި ދިރިއުޅެމުންދިޔަ ދަރިވަރަކު މިދިޔަ ހޯމަ ދުވަހު އަމިއްލައަށް މަރުވުމުގެ ކުރިން ފުލުހުންނާ މުއާމަލާތް ކުރަމުންދިޔަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ. 

ދަނާލުގައި ނިޔާވީ އުމުރުން 18 އަހަރުގެ ދަރިވަރެކެވެ. އޭނާ މަރުވުމުގެ ކުރިން ފުލުހުން އެހީތެރިކަމަށް އެދުނުކަމުގެ އަޑު މީގެ ކުރިން ވެސް އޮތީ ފެތުރިފަ އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ ދަނާލުގައި މަރުވި ކުއްޖާ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓަށް ހަތް ފަހަރު މެސެޖުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން ވެސް އެ ދަރިވަރަށް ދެ ފަހަރު މެސެޖު ކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެ ދަރިވަރު މަރުވެފައި ހުރި މަންޒަރު ފެނުނީ ފުލުހުން ދަނާލަށް ގޮސް ބެލިބެލުމުން ކަމަށް ވެސް ހޯމް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. 

"ކޮޓަރީގެ ބޮކިތައް ނިއްވާފައި ހުރުމުން ފެން ލައިޓު ތްރޫކޮށް ބެލިއިރުގައި މި ހަދިސާ ހިނގާފައިވާ ތަން ފެނުނު. އެ ހިސާބުން ފެން ލައިޓުގެ ޒަރިއްޔާއިން ފުލުހުން ސީނަށް ވަދެފައި ވަނީ،" އިހުސާން ވިދާޅުވި އެވެ. 

ދަރިވަރަކީ، އަމިއްލައަށް މަރުވުމުގެ ޝުއޫރުތަކެއް މީގެ ކުރިން ވެސް ހިތަށްވެރިވާ ކުއްޖެއް ކަމަށް އިހުސާން ބުންޏެވެ. އަދި މީގެ ކުރިން ވެސް ފުލުހުން އެ ދަރިވަރަށް އެޓެންޑުކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ. 

މަރުވި ކުއްޖާ އާއި ފުލުހުންނާ ދެމެދު ކޮށްފައިވާ މުއާމަލާތް

އޭޕްރީލް 20، ވަނަ ދުވަހުގެ ރޭ 

20:40 - ދަރިވަރު: "އައި އެމް ސޯ ކްލޯސް ޓު ގިވް އަޕް"

20:49 - ވިކްޓިމް ސަޕޯޓް ޔުނިޓް: "ހައި. ވުޑް ޔޫ ލައިކް ޓު ޝެއާ ވިތު އަސް" 

20:50 - ދަރިވަރު: "އައި ޖަސްޓް ކާންޓް ކޮންޓްރޯލް މައި ތޯޓްސް" 

20:53 - ދަރިވަރު: "ޕްލީޒް ޑޯންޓް ކޯލް އެނީވަން" 

20:53 - ދަރިވަރު: "އައި އެމް އޯކޭ. އައި އެމް ގޮއިން ޓު ބީ އޯކޭ" 

20:53 - ދަރިވަރު: "އައި ހޭވް ބީން އޯކޭ" 

20:53 - ދަރިވަރު: "އައި އެމް ގޮއިން ފޯ އަ ވޯކް" 

00:38 - ދަރިވަރު: "އައި އެމް ގޯން" 

00:42 - ވިކްޓިމް ސަޕޯޓް ޔުނިޓް: "ވަޓް ޑޫ ޔޫ މީން ބައި ދެޓް. ހައު ކޭން އައި ހެލްޕް ޔޫ. ވުޑް ޔޫ ލައިކް ޓު ގޯ ޓު ހޮސްޕިޓަލް އޯ ޓޯކް ޓު މީ. 

00:57 - ދަރިވަރުގެ ވައިބާ ނަންބަރު އޮފްލައިން ވި 

01:02 - ދަރިވަރުގެ ބޭބެއަށް ފުލުހުން ގުޅި. އެހީތެރިކަން ފޯރުކޮށްދިނުމަށް އެދުން. ދަރިވަރުގެ ބޭބެއަށް 00:36 ގައި  މެސެޖެއް ކޮށްފައިވާ ކަމަށް އެނގުނު. އެ މެސެޖުގައި ބުނެފައި ވަނީ، "އައި އެމް ނޮޓް ބޮދާޑް". 

01:03 - ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓުން ފުލުހުންގެ ކޮމާންޑަށް ގުޅައި ދަނާލަށް ފުލުހުން ފޮނުވައިދިނުމަށް އެދުނު

01:04 - ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ އިންވެސްޓިގޭޝަން އޮފިސަރަށް އެ މައުލޫމާތު ލިބުނު

01:08 - ފުލުހުން ދަނާލަށް ދިޔަ 

01:14 - ދަރިވަރުގެ ކޮޓަރިއަކީ ކޮބައިކަން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ 

01:32 - ދަރިވަރުގެ ކޮޓަރިއަކީ ކޮބައިކަން ހޯދުނު. އަދި ކޮޓަރީގެ ފެން ލައިޓުން ބެލި އިރު ހާދިސާ ހިނގާފައި ހުރި މަންޒަރު ފުލުހުންނަށް ފެނުނު. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox