އާންމުންގެ ޕްރެޝަރު ކުރިމަތިނުވި ނަމަ ދަނާލުގައި ނިޔާވި ކުއްޖާގެ މައުލޫމާތު ހާމަކުރަން މަޖުބޫރެއް ނުވީސް: ރައީސް

Apr 27, 2026, 11:39 AM
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ: ވިދާޅުވީ ރައްޔިތުންގެ ފަރާތުން ޕްރެޝަރުތަކެއް ކުރިމަތިނުވި ނަމަ ދަރިވަރުގެ ޒާތީ މައުލޫމާތު އާންމުކުރަން ނުޖެހުނީސް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ: ވިދާޅުވީ ރައްޔިތުންގެ ފަރާތުން ޕްރެޝަރުތަކެއް ކުރިމަތިނުވި ނަމަ ދަރިވަރުގެ ޒާތީ މައުލޫމާތު އާންމުކުރަން ނުޖެހުނީސް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ނަފުސާނީ ބައްޔެއް ތަހައްމަލް ކުރަމުން އައި އުމުރުން 18 އަހަރުގެ ޒުވާނަކު ދަނާލުގައި ނިޔާވި ހާދިސާގައި އޭނާގެ ޒާތީ މައުލޫމާތު ސަރުކާރުން ހާމަކުރީ އާންމުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރުތަކުގެ ސަބަބުން މަޖުބޫރުވެގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އެކޮމޮޑޭޝަން ބްލޮކު ދަނާލުގައި ނިޔާވި ކުއްޖާގެ ޒާތީ މައުލޫމާތު އާންމު ކުރުން ރަނގަޅު ނޫން ކަމަށް އެމަނިކުފާނު ވެސް ގަބޫލު ކުރައްވާ ކަމަށެވެ. 

ނަމަވެސް އެ މައްސަލައިގައި ހިމެނޭ ކުއްޖާގެ ޒާތީ މައުލޫމާތު ހާމަ ކުރަން މަޖުބޫރުވީ، އެ މައްސަލައިގައި ދަރިވަރާ ޑީލް ކުރި ފުލުސް އޮފިސަރުންނަށް ތުހުމަތުތަކެއް އަމާޒުވުމުން ކަމަށެވެ. 

Advertisement

"ދެންމެ ތި ފާހަގަ ކުރި ދެ ކޭސް ކަމަށް ވަންޏާ، މަޖުބޫރީ ހާލަތަކަށް ދިޔައީ ކޮންމެވެސް ވަރެއްގެ މައުލޫމާތު ކޮޅެއް ދޭން. އެކަމަކު އެއީކީ ވެސް ރަނގަޅު ކަމެއް ނޫން. އެ ވެސް ނުދީ ވާނެ ގޮތް ވާންޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ، ނިޔާވި ކުއްޖާގެ ޒާތީ މައުލޫމާތު އާންމު ކުރަންޖެހުނީ އާންމުން ކުރަމުންދިޔަ ޕްރެޝަރުތަކުގެ ސަބަބުން ކަމަށެވެ.

"އެ މަސައްކަތް ކުރަން ހުންނަ ކުއްޖާ، އާދައިގެ ވަޒީފާގައި ހުންނަ ކުއްޖާ، އޭނާ ގޯހެއް ނުހަދާ ކަމަށް ވަންޏާ އޭނަ ވަރަށް ބޮޑު ޕްރެޝަރަކަށް އެބަ ދޭ. ދެން އޭނަގެ އާއިލާ އޭގެ ސަބަބުން ނުރައްކަލަކަށް ވެސް އެބަ ދޭ."

މުޖްތަމައުން އެއްވެސް ޕްރެޝަރެއް ކުރިމަތިނުވި ނަމަ ނިޔާވި ކުއްޖާގެ ޒާތީ މައުލޫމާތު އާންމުކުރަން ނުޖެހުނީސް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހަމަ މުޖްތަމައު އެއް ވިސްނުމެއްގައި، އެއް ރޫހެއްގައި ހިނގަންޏާ ޕާސަނަލް އިންފޮމޭޝަން އެއްވެސް ވަރަކަށް ޝެއާ ކުރަން އެ ވާ މަޖުބޫރުވުން ވެސް މަޖުބޫރެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ. 

ދަނާލުގައި ނިޔާވި ކުއްޖާގެ ޒާތީ މައުލޫމާތު އާންމު ކުރީ ހޯމް މިނިސްޓަރު އަލީ އިހުސާން ބުރާސްފަތި ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ. ނިޔާވި ކުއްޖާ ފުލުހުންގެ ސޯޝަލް ސަޕޯޓް ސާވިސްއަށް ކޮށްފައިވާ ހުރިހާ މެސެޖުތަކެއް އިހުސާން ވަނީ ލީކުކޮށްލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox