ޑޮލަރުގެ ތާށިކަން ބޮޑުވާތީ ވަގު ޓީޓީ ހުއްޓުވަން މަސައްކަތް ފަށައިފި

Aug 25, 2026, 9:03 AM
އޮގަސްޓު 24، 2026: ޑޮލަރުގެ މައްސަލާގައި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އޮގަސްޓު 24، 2026: ޑޮލަރުގެ މައްސަލާގައި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް އިމްޕޯޓަށް ބޭނުންވާ ޑޮލަރު ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާތީ، ބޭންކިން ސިސްޓަމް މެދުވެރިކޮށް ދާއިމީ ހައްލެއް ހޯދައިދިނުމަށާއި، ބޭންކުތަކުން ޑޮލަރު ދޫކުރާއިރު ހަދާ "ވަގު ޓީޓީތައް" ހުއްޓުވުމުގެ ހާއްސަ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު ވިދާޅުވީ، މަނީ ޗޭންޖަރުންގެ ލައިސަންސް ލިބިފައިވާ ވަރަށް ގިނަ ފަރާތްތަކުން އެ ބޭފުޅުންގެ އޮޕަރޭޝަންތައް ހުއްޓާލުމަށްފަހު، މިހާރު ޑޮލަރު ނެތް ކަމަށް ބުނަމުންދާ ކަމަށެވެ.

"[މީގެ] ސަބަބުން ވާގޮތަކީ އެއްގޮތަކަށް ވެސް މިހާރު އިމްޕޯޓަށް ބޭނުންވާ ޑޮލަރެއް ނުލިބޭ،" މުނައްވަރު ވިދާޅުވި އެވެ.

Advertisement

"އެހެންވީމަ މިކަން ކިހިނެއްތޯ ހައްލުކުރާނީ އަޅުގަނޑުމެން ބެލިއިރު އަޅުގަނޑުމެންނަށް ހަމައެކަނި އޮތް ހައްލަކަށް ފެންނަނީ ދާއިމީކޮށް ބޭންކު މެދުވެރިކޮށް އަޅުގަނޑުމެންނަށް ޑޮލަރު ދެވޭނީ އެމްއެމްއޭއަށް މާރުކުރެވިގެންނޭ."

އިމްޕޯޓް މުދާ ބޭރުން ގެންނައިރު ފޭކް ޓީޓީ ހަދައިގެން ބޭންކުތަކުން ދޫކުރާ ބޭރު ފައިސާގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އެހެންވެ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ ގުޅިގެން އެކަން ހުއްޓުވުމަށްޓަކައި ހާއްސަ ސިސްޓަމެއް އެކުލަވާލައި، އެ ސިސްޓަމް މިހާރު ލައިވްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.  

"ހޯމް ލޭންޑް މިނިސްޓްރީއަކު އިތުރަށް މޮނިޓަކުރުމަށްޓަކައި ހާއްސަކޮށް އިމްޕޯޓްމުދާ ބޭރުން ގެންނައިރު ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ޓީޓީ ހެދިގެން އެބަދޭ ފޭކް ޓީޓީގެ ގޮތުގައި. މާނައަކީ ބޭރު ފައިސާ ބޭންކުތަކަށް މިދޭއިރު ވެސް އޭގެ ނާޖާއިޒު ފައިދާ [ނެގުން] ހުއްޓުވުމަށްޓަކައި އަޅުގަނޑުމެންގެ ސިސްޓަމެއް ހެދި މިހާރު ވަނީ ގާތްގަނޑަކަށް ލައިވްކުރުމުގެ މަސައްކަތުގައި،" މުނައްވަރު ވިދާޅުވި އެވެ. 

މިހާރު ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ހުރީ 23ރ. ގަ އެވެ. 

މި ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ރާއްޖޭގައި ގާނޫނީ ގޮތުން ރަޖިސްޓްރީކޮށްގެން 63 މަނީ އެކްސްޗޭންޖަރަކު އުޅޭއިރު، ހުއްދަނެތި ޑޮލަރުގެ ވިޔަފާރިކުރާ ގިނަ ފަރާތްތަކެއް ފާހަގަކުރެވިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން ސާމްޕަލްގެ ގޮތުގައި ބެލި 7 އެކްސްޗޭންޖަރަކު ފާއިތުވި 9 މަސްދުވަހުގެ ތެރޭގައި ކަޅު ބާޒާރުގައި 76 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަން އެނގިފައިވާ އިރު، މީގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ރިސޯޓު ޗެއިންތައް ވެސް ހިމެނޭ ކަމަށް އިހުސާން ފާހަގަކުރެއްވި އެވެ.

އޭގެ ތެރެއިން އެއް ރިސޯޓު ޗެއިންއަކުން އެކަނިވެސް ނުވަ މަސް ތެރޭ 4 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައިވާ ކަމަށް މުނައްވަރު އިހުސާން ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ، ހުއްދަ ނުނަގައި މަނީ އެކްސްޗޭންޖު ކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި، އެގޮތަށް ހޯދާ ފައިސާ ބޭނުންކުރުމަކީ މަނީ ލޯންޑަރިންގެ އަމަލެއް ކަމަށެވެ. އަދި ވަކިވަކި ފަރުދުންވެސް ލިބޭ މުސާރަ ކަޅު ބާޒާރުގައި މާރުކުރުމަކީ ގާނޫނީ ގޮތުން ކުށަކަށްވާތީ، ނޭނގި ތިބެ ނަމަވެސް މިފަދަ ޖިނާއީ ކުށްތަކުގެ ތެރެއަށް ނުވަނުމަށް ހުރިހާ ފަރާތްތަކަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

މީގެއިތުރުން މުނައްވަރު ވިދާޅުވީ، ބޭރު ފައިސާގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިހާރު 3 މަސް ތެރޭ މާރުކުރަންޖެހޭ 20 ޕަސެންޓު، 40 ޕަސެންޓަށް ބޮޑުކޮށް މަހުން މަހަށް މާރުކުރަންޖެހޭ ގޮތަށް ބަދަލުކުރުމަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ބާޒާރުގައި ހުރި އެކްސެސް ރުފިޔާ މަދުކުރުމަށްޓަކައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 3 ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށާއި، އަސާސީ މުދަލާއި، ކިޔަވާ ކުދިންނާއި ބޭސްފަރުވާއަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 ޕަސެންޓަށް އިތުރުކޮށްފައިވާ ކަމަށްވެސް މުނައްވަރު ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox