"އައިޝާ" ޑޮކިއުމަންޓްރީގެ ތަހުގީގު ކުރިއަށްދަނިކޮށް ވަކި ގޮތެއް ނިންމަވައި އިހުސާން މުއިއްޒު ދިފާއުކުރައްވައިފި

ހޯމް މިނިސްޓަރު އަލީ އިހުސާން: އަދަދު ނޫސް ކުށްވެރިކުރައްވާ ހޯމް މިނިސްޓަރުގެ ރަސްމީ އެކްސް އެކައުންޓުން މިނިސްޓަރު އިހުސާން ވަނީ ޕޯސްޓެއް ކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާން: އަދަދު ނޫސް ކުށްވެރިކުރައްވާ ހޯމް މިނިސްޓަރުގެ ރަސްމީ އެކްސް އެކައުންޓުން މިނިސްޓަރު އިހުސާން ވަނީ ޕޯސްޓެއް ކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ މާޗް މަހުގެ އަށާވީސް ވަނަ ދުވަހު އަދަދު ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައި ވަނިކޮށް، އެ މައްސަލައިގައި ވަކި ގޮތެއް އަމިއްލައަށް ނިންމަވައި ރައީސް މުހައްމަދު މުއިއްޒުގެ ދިފާއުގައި ފުލުހުންގެ ކަންކަން ބަލަހައްޓަވާ ވަޒީރު އަލީ އިހުސާން ވާހަކަ ދައްކަވައިފި އެވެ. 

އެ ޑޮކިއުމަންޓްރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މުވައްޒަފަކު ވަނީ ރައީސް މުއިއްޒާއެކު ޒާތީ ގުޅުމެއް އޮތް ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށައި އަދަދުގެ އޮފީސް ރެއިޑުކޮށް އިސްވެރިންގެ ޕާސްޕޯޓު ހިފަހައްޓައި ފުލުހަށް ހާޒިރުވާން ވަނީ އަންގާފަ އެވެ.

މިއަދު ހެނދުނުން ފެށިގެން މުހައްމަދު މުއިއްޒުގެ ދިފާއުގައި ވަޒީރުންނާއި މަޖިލިސް މެންބަރުން އަދި ސިޔާސީ މުވައްޒަފުން މެދުކެނޑުމެއްނެތި ބަސް ބުނަމުން އަންނައިރު ހޯމް މިނިސްޓަރުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޓްވީޓެއްގައި އިހުސާން ވަނީ އިންޓަވިއު ދިން މީހާގެ ވާހަކައަށް ބިނާކޮށް ގެނެސްދިން ޑޮކިއުމެންޓްރީގައި މުއިއްޒުގެ މައްޗަށް ކޮށްފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ކަނޑައަޅުއްވާފަ އެވެ. 

އެ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް ފުލުހުން ތަހުގީގެއް ހިންގައި އަދަދުގެ އޮފީސް ރެއިޑު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް އޭނާ ލިޔުއްވި އެވެ. އިހުސާން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުވިޔަސް، އެއީ ދޮގު ހަދައިގެން މީހުންގެ އަބުރަށް އަރައިގަތުމަށް އޮތް ލައިސަންސެއް ނޫން ކަމަށެވެ. 

"ދޮގު އިލްޒާމުތައް އަޅުވައިގެން ވާހަކަ ފެތުރުމަކީ ނޫސްވެރިކަމެއް ނޫން. ފުލުހުން ދަނީ ގާނޫނު ތަންފީޒުކޮށް ރައީސްއަށް ލިބިފައިވާ ހައްގުތައް ދަމަހައްޓަމުން،" އިހުސާން ވިދާޅުވި އެވެ. 

މުއިއްޒުއަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ދޮގެއް ކަމަށް ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ކަނޑައަޅާފައި ނުވާއިރު، އެކަމަށް ތަހުގީގެއް ހިންގާފައެއް ނުވެ އެވެ. އެއީ ދޮގު ތުހުމަތުތަކެއް ކަމަށް އެއްވެސް ތަހުގީގު އިދާރާއަކުން ކަނޑަނާޅަނީސް ހޯމް މިނިސްޓަރުގެ ރަސްމީ އެކްސް އެކައުންޓުން ތަހުގީގާ މެދު ވަކި ގޮތެއް ނިންމައި ޕޯސްޓު ކުރުމުން އެކަމަށް ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

ޑޮކިއުމެންޓްރީގައި މުއިއްޒުގެ މައްޗަށް އަމާޒުވެފައިވާ ތުހުމަތުތައް އެމަނިކުފާނު މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދޮގުކުރައްވައި، އެއާ ގުޅޭ ވާހަކަ ދެއްކި ހުރިހާ އެންމެންނަށް ދައުވާކުރަން ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފަ އެވެ. 

"އާދެ ކަނޑައެޅިގެން ދޮގު ވާހަކައެއް އެނގޭތޯ. ދެން އަދަދު ނޫހުން ތި ވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެހެންވީމަ ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް އިއުތިރާފުވެވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާ ކުރަން އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކަށް،" މުއިއްޒު ވިދާޅުވި އެވެ. 

"ދެން ތިބޭފުޅުންނަކީ ދޮން އަމާ ވީޑިއޯވެސް ހެއްދެވި ބޭފުޅުން ދެއްތޯ. އެކަހަލަ ވީޑިއޯއެއް ހެއްދެވިދާނެ އަނެއްކާވެސް. އެހެންވީމަ އަޅުގަނޑު ހައިރާނެއް ނުވޭ ތިހެން ވިދާޅުވީމަ." 

އަދަދުގެ އޮފީސް ރެއިޑް ކުރީ މުއިއްޒު އެހެން ވިދާޅުވިތާ 12 ގަޑިއިރު ފަހުންނެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރުގެ ބަލައިފާސްކުރުމުގެ އޮޕަރޭޝަނަކަށް ފަހު ފުލުހުން ވަނީ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވެސް ގެންގޮސްފަ އެވެ. 

އޭގެއިތުރުން އެ މައްސަލައިގައި ފިޔާޒް އާއި ހަސަން މާދަމާ ފުލުހަށް ހާޒިރު ކުރުމަށްވެސް ޗިޓް މިއަދު ވަނީ ފޮނުވާފަ އެވެ. އަދި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ޕާސްޕޯޓްވެސް ފުލުހުން ވަނީ މިއަދު ހިފަހައްޓާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox