އާންމުންގެ ސިއްހީ މައުލޫމާތު ލީކުވާތީ އދ. ގެ ރެޕަޓުއާ ކަންބޮޑުވުން ފާޅުކޮށްފި

އދ. ގެ ޚާއްސަ ރެޕަޓުއާ ޑރ. ތްލަލެންގް މޮފޮކެންގް

އދ. ގެ ޚާއްސަ ރެޕަޓުއާ ޑރ. ތްލަލެންގް މޮފޮކެންގް

ފުލުހުންގެ ވިކްޓިމް ސަޕޯޓަށް މީހަކު ފޮނުވި މެސެޖުތަކެއް ހޯމް މިނިސްޓަރު އަލީ އިހުސާން ލައިވް ޓީވީގައި އާންމުކޮށްފައިވާ ދަނޑިވަޅެއްގައި، އާންމުންގެ ސިއްހީ މައުލޫމާތު ލީކުވާ މައްސަލައިގައި އދ. ގެ ސްޕެޝަލް ރެޕަޓުއާ އޮން ދަ ރައިޓް ޓު ހެލްތު، ޑރ. ތްލަލެންގް މޮފޮކެންގް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. 

ރާއްޖޭގައި ސިއްހީ ހައްގުތައް ލިބޭ މިންވަރު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ޑރ. މޮފޮކެންގް އެކި ސަރުކާރުގެ އިދާރާތަކާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަ އިތުރުވަމުންދާއިރު، އެ ދާއިރާއިން ދޭ ހިދުމަތަށް އޮންނަ އިތުބާރު ވެސް ދަމަހައްޓަން މަޖުބޫރުވެފައިވާ ކަމަށެވެ. 

"މެންޓަލް ހެލްތަށް ހާއްސަ ހެލްޕްލައިނަކާއި ސޯޝަލް ސާވިސް ހޮޓްލައިނެއް ވަނީ ކަނޑައަޅާފައި. އެއީ އެހީ ބޭނުންވާ މީހުންނަށް ރަނގަޅު ނިޒާމެއް. އެކަމަކު ކުރެވޭ މުއާމަލާތުގެ މައުލޫމާތު ލީކުވުން ހުއްޓުވަންޖެހޭ. އޭރަށް އެ ނިޒާމަށް އޮންނަ އިތުބާރު ދަމަހައްޓައި، ނަތީޖާވެސް ނެރެވޭނީ،" އޭނާ ވިދާޅުވި އެވެ. 

ރެޕަޓުއާ ވިދާޅުވީ ރާއްޖޭގައި މެންޓަލް ހެލްތުގެ ހެލްޕްލައިންތަކުގައި ކޯލްތަކަށް ޖަވާބުދާރީވުމަށް އެކަމަށް ހާއްސަ ތަމްރީން ލިބިފައިވާ މީހުން ތިބޭ މިންވަރު މަދު ކަމަށެވެ. 

ކޯލްތަކަށް ޖަވާބުދާރީވުމަށް އިދާރީ މުވައްޒަފުންގެ އިތުރުން ސައިކޮލޮޖިސްޓުންނާއި ކައުންސިލަރުންނާއި ސޯޝަލް ވޯކަރުން އަދި ސައިކޭޓްރިސްޓުން ވެސް ޝާމިލުވާނެ ނިޒާމެއް ގާއިމުކުރުން މުހިންމު ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. 

ރެޕަޓުއާ ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ޑިޖިޓައިޒޭޝަން މުހިންމު ނަމަވެސް، ޑިޖިޓަލް މާހައުލުގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ނުހިނގުމާއި، އިންސާނީ ހައްގުތަކަށް އުނިކަން ނާންނާނެ ފަދަ ރައްކާތެރިކަމުގެ އޮނިގަނޑެއް ނެތުމަކީ އޮތް ގޮންޖެހުމެއް ކަމަށެވެ. 

"ޑިޖިޓައިޒޭޝަންގައި ދެފުށްފެންނަ ގޮތަށް އަމަލުތައް ނުބެހެއްޓުމާއި އިންސާނީ ހައްގުތައް ކަށަވަރުވާނެ ގޮތަށް ރައްކާތެރި އޮނިގަނޑެއް ނެތުމަކީ މައުލޫމާތު ލީކުވުމަށް އޮތް ހުރަހެއް،" އޭނާ ވިދާޅުވި އެވެ. 

މިދިޔަ އެޕްރީލް 23، ގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އިހުސާން ވަނީ ފުލުހުންގެ ވިކްޓިމް ސަޕޯޓާ ދެމެދު ކުރި މެސެޖުތައް އާންމުކޮށްފަ އެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އިހުސާނަށް އަމާޒުވި އެވެ. އެކަމާ ގުޅިގެން މުހައްމަދު މުއިއްޒު ވަނީ އިހުސާން އެ މައުލޫމާތުތައް ހިއްސާކުރުން ދިފާއުވެސް ކުރައްވާފަ އެވެ. 

ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ޑޭޓާ ޕްރޮޓެކްޝަން ބިލެއް މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިދިޔަ ބުދަ ދުވަހު ވިދާޅުވި އެވެ. 

"މިއީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ހާމަކަން ބޮޑު، ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެ މައުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި، ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާ މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅާ، އެ ފަރާތްތައް ރެގިއުލޭޓުކުރުމާ ބެހޭ އުސޫލުތައް ކަނޑައަޅާނެ ބިލެއް، ގާނޫނެއް،" އުޝާމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox