ޑޮލަރުގެ މައްސަލައިގައި އާންމުންނާއި ވިޔަފާރިވެރިންނަށް އަނެއްކާ ވެސް ހޯމް މިނިސްޓަރުގެ އިންޒާރުތަކެއް

Sep 14, 2026, 1:35 PM
މިނިސްޓަރު އިހުސާން ރައީސް އޮފީހުގައި: ވިދާޅުވީ ހުއްދަ ނެތި ޑޮލަރުގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ބޭނުން ކުރުމަކީ މަނީ ލޯންޑަރިން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު އިހުސާން ރައީސް އޮފީހުގައި: ވިދާޅުވީ ހުއްދަ ނެތި ޑޮލަރުގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ބޭނުން ކުރުމަކީ މަނީ ލޯންޑަރިން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއިން ޑޮލަރު ނުލިބުމާއި ޑޮލަރުގެ އަގު ބޮޑުވާ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާންމު ރައްޔިތުންނަށް އަދި ވިޔަފާރިވެރިންނަށް އަނެއްކާ ވެސް އިންޒާރުތަކެއް ދެއްވައިފި އެވެ. 

ސަރުކާރުން ހުއްދައެއް ނަގައިގެން މެނުވީ އެންމެ ޑޮލަރެއް ވިއްކި ނަމަވެސް ނުގަތް ގަތް ނަމަވެސް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށް އިހުސާން ވަނީ މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ އެ އިންޒާރުތައް އަނެއްކާވެސް ތަކުރާރު ކުރައްވައިފަ އެވެ. 

"މިހާރު އަޅުގަނޑުމެންނަށް ފާހަގަވަމުންދާ މައްސަލަތަކުގެ ތެރޭގައި ވިޔަފާރިވެރިންނަށް ސީދާ ޑޮލަރު އާން ކުރާ ފަރާތްތަކުން ވިއްކަމުންދާކަން. މި ދެންނެވީ ބޭންކެއް މެދުވެރިނުކޮށް ނުވަތަ އެކްސްޗޭންޖެއް ވެސް މެދުވެރިނުވެ. އެ ދެ ފަރާތުގެ ވެސް ނެތް މަނީ އެކްސްޗޭންޖް ކުރުމުގެ ހުއްދައެއް. އެހެންވީމަ މިއީ ރާއްޖޭގެ ގާނޫނު މިވަގުތު ބުނާ ގޮތުން ޖިނާއީ ކުށެއް މިއީ،" އިހުސާން ވިދާޅުވި އެވެ. 

Advertisement

ހުއްދަ ނެތި ޑޮލަރުގެ ވިޔަފާރި ކުރުމަށްފަހު ލިބޭ ފައިސާ ބޭނުން ކުރުމަކީ މަނީ ލޯންޑަރިން ކަމަށް އިހުސާން ކުރިން ވިދާޅުވެފައިވާ ބަސް ވެސް އޭނާ ތަކުރާރު ކުރެއްވި އެވެ. 

"ކުރިން ވެސް އަޅުގަނޑު ބުނިން، ޖިނާއީ ކުށެއް ކުރެވިފައި ދެން އެ ފައިސާ އަމިއްލަ ކަމަކަށް ނުވަތަ ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަކީ މަނީ ލޯންޑަރިންނޭ،" މިނިސްޓަރު ވިދާޅުވި އެވެ. 

ހުއްދަ ނުނަގައި ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަމުންގެންދަވާނެ ކަމަށް ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވި އެވެ. 

"ގަވާއިދާ ހިލާފަށް ރާއްޖޭގައި ކުށްތަކަށް އަރައިގަނެފައި، އެއްވެސް ވިޔަފާރިއެއް، ދޭސީއަކަށް ބިދޭސީއަކަސް އުޅޭ ކަމަށްވަންޏާ އެ ފަރާތްތަކާ ދޭތެރޭގައި އަޅުގަނޑުމެން ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވި އެވެ. 

އޭގެ އިތުރުން، އެމީހެއްގެ ނަމުގައި ގެންނަ ބިދޭސީ މީހާ ކުށް ކުރާ ނަމަ ދިވެހި މީހާއަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އިހުސާން މިއަދު ވިދާޅުވި އެވެ. 

"މިހާރު ހެދިފައި ހުރި ގާނޫނުތަކުގެ ގަވާއިދުތަކުގެ ތެރެއިން އެ ބިދޭސީ މީހާ ދޭތެރޭގައި އެ ދިވެހި މީހާ އިހުމާލުވި ކަމަށް މި ބެލެވެނީ. އެ އިހުމާލަކީ، އިހުމާލުވާ ކޮންމެ ބިދޭސީއަކަށް ދިވެހި މީހާ ޖޫރިމަނާ ކުރެވޭ،" އިހުސާން ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox