ޑޮލަރުގެ މައްސަލަ ހަމައެކަނި އިދާރީ ފިޔަވަޅުތަކުން ހައްލެއް ނުކުރެވޭނެ: އަހުމަދު މުހައްމަދު

Aug 25, 2026, 7:37 AM
ބޭރު ފައިސާ މާރުކުރާ ތަނެއް އިއްޔެ ބަންދުކޮށްފައި.

ބޭރު ފައިސާ މާރުކުރާ ތަނެއް އިއްޔެ ބަންދުކޮށްފައި.

ބޭރު ފައިސާގެ ބާޒާރުގައި ހުރި އަސާސީ މައްސަލަތަކަކީ ހަމައެކަނި ތަންފީޒީ ފިޔަވަޅުތަކުން ހައްލު ކުރެވޭނެ ކަންކަން ނޫން ކަމަށް އިގުތިސާދީ ތަޖުރިބާކާރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ. 

އިއްޔެ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން، ކުރިން އިކޮނޮމިކް މިނިސްޓަރުކަމާއި އެސްޓީއޯގެ ޗެއާމަންކަން ކުރައްވާފައިވާ އަހުމަދު މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ނޫސްވެރިންގެ ބައްދަލުވުމުން ދޭހަވަނީ ބޭރު ފައިސާގެ ބާޒާރު ރެގިއުލޭޓްކޮށް ގާނޫނު ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކުން ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ފަށަން ތައްޔާރުވަމުންދާ ކަމެވެ.

ބޭރު ފައިސާގެ މުއާމަލާތްތައް ކުރާ ގޮތާއި ތަންތަނަށް ރެގިއުލޭޝަންތަކުން ބަދަލު ގެނެވުނު ނަމަވެސް، ބޭރު ފައިސާގެ ދަތިކަމާއި، ރަސްމީ ރޭޓާއި ބާޒާރުގެ އަސްލު ރޭޓާ ދެމެދު އޮތް ބޮޑު ފަރަގު މެދުވެރިވާ އިގުތިސާދީ ސަބަބުތައް ހަމައެކަނި އިދާރީ ފިޔަވަޅުތަކުން ހައްލެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އިގުތިސާދީ ނަޒަރަކުން ބަލާއިރު މިކަމުގައި މުހިންމު ފަރަގެއް ފާހަގަކުރަންޖެހެއެވެ. އެއީ، ބޭރު ފައިސާގެ މުއާމަލާތްތައް ކުރާ ގޮތާއި ތަންތަނަށް ރެގިއުލޭޝަންތަކާއި ތަންފީޒީ ފިޔަވަޅުތަކުން ބަދަލު ގެނެވުނު ނަމަވެސް، ބޭރު ފައިސާގެ ދަތިކަމާއި، ރަސްމީ ރޭޓާއި ބާޒާރުގެ އަސްލު ރޭޓާ ދެމެދު އޮތް ބޮޑު ފަރަގު މެދުވެރިވާ އިގުތިސާދީ ސަބަބުތައް ހަމައެކަނި މިފަދަ ފިޔަވަޅުތަކަކުން ހައްލެއް ނުކުރެވޭނެ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ. 

ސަރުކާރުގެ މަގުސަދަކީ މިހާރު އޮތް ބޭރު ފައިސާގެ އޮނިގަނޑު ހަރުދަނާކަމާއެކު ތަންފީޒުކުރުންތޯ ނުވަތަ ބޭރު ފައިސާގެ ނިޒާމުގައި ހުރި އަސާސީ މައްސަލަތައް ހަމައެކަނި އިދާރީ ފިޔަވަޅުތަކުން ހައްލުކުރަން މަސައްކަތް ކުރުންތޯ އަހުމަދު ވިދާޅުވި އެވެ. 

އަހުމަދު މިކަންކަން ފާހަގަކުރެއްވިއިރު، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ ބޭކާރު ހަރަދުތައް ހުއްޓާލުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވެ އެވެ. 

ޑޮލަރުގެ ތާށިކަން ހައްލުކުރުމަށްތަކައި ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން އޮންނަ އޮތުން 40 ޕަސެންޓަށް ބަދަލުކޮށް، 3 މަސްދުވަހުގެ ބަދަލުގައި މަހުން މަހަށް މާރުކުރަންޖެހޭ ގޮތަށް މަޖިލީހަށް އިސްލާހު ހުށަހެޅުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން ރިސޯޓުތަކުން ޑޮލަރުން ކުރާ ހޭދަތައް އިތުރަށް މޮނިޓަރ ކުރާނީ ބްލެކް މާކެޓަށް ޑޮލަރު ދިއުން ހުއްޓުވުމަށް ކަމަށް ވެސް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވި އެވެ. 

އާމްދަނީގެ 40 ޕަސަންޓު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން: މަޓީ

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމަކީ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ، ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް މަޓީން ބުނޭ. އެ އެސޯސިއޭޝަނުން ބުނީ ވަކިވަކި އޮޕަރޭޓަރުންނަށް ކުރެވޭ ތުހުމަތުތަކެއްގެ ސަބަބުން މުޅި ސިނާއަތަށް ބުރަވާނެ ފަދަ ސިޔާސަތުތަކެއް ކަނޑައެޅުމަކީ އިންސާފެއް ނޫން ކަމަށް.

ބޭރުފައިސާ މާރުކުރުމުގެ ހުއްދަ ދީފައިވާ ބައެއް ތަންތަނުން ބޮޑު އަގުގައި ޑޮލަރު ވިއްކަމުންދާ ކަމަށާއި އެތަންތަނުން ކޮށްފައިވާ ކޮންމެ މުއާމަލާތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވިދާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރު އަލީ އިހުސާން އިއްޔެ ދެއްވި އެވެ. ބެލެކް މާކެޓުގައި ޑޮލަރު ވިއްކުމަކީ މަނީ ލޯންޑަރކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ވަގު ޓީޓީ ހެއްދުން ހުއްޓުވުމަށްޓަކައި އެކަން މޮނިޓަކުރެވޭނެ ނިޒާމެއް ގާއިމުކުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox