އަބުޗާ އަލުން ބަންދަކުރަން ސަރުކާރުން އަންގައިގެން އޭނާ ހައްޔަރުކޮށްފި

ހޯމް މިނިސްޓަރު އަލީ އިހުސާން:

ހޯމް މިނިސްޓަރު އަލީ އިހުސާން:

އައްޑޫގައި މަސްތުވާތެކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލް ބޯޑުން ދޫކޮށްލަން ނިންމި ނިންމުން ބަދަލުކުރަން ސަރުކާރުގެ އެންގުމުން، ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކޮށް އޭނާ އަލުން ބަންދުކޮށްފި އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޕެރޯލް ބޯޑުން އަބުޗާ ދޫކޮށްލުމުގައި ބަލަންޖެހޭ ބައެއް ކަންކަން ބަލާފައި އޮތީ ރަނގަޅަށް ކަމަށް ނުވާތީ އެ ނިންމުން ބަދަލުކުރަން އެންގި ކަމަށެވެ. އެއާއެކު ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކޮށް އަބުޗާ މިއަދު ހަވީރު 16:48 ގައި ހައްޔަރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އެދުވަހަށް ފަހުގައި މައްސަލައިގެ މައުލޫމާތު މިނިސްޓްރީއަށްވެސް ލިބުމާއެކީގައި އަޅުގަނޑުމެން މިކަން ހިނގާފައިވާ ގޮތް ބަލައިފިން. ބަލާފައި ބެލި ބެލުމުގައި ޕެރޯލް ބޯޑުގެ ނިންމުމުގައި އަޅުނޑުމެންނަށް ގަބޫލުކުރެވުނު ގާނޫނުގެ ތެރެއިން ބަލަންޖެހޭ ބައެއް ކަންކަން ބެލިފައި އޮތީކީ އެކަން ބަލަންޖެހޭ ގޮތަށް ނޫންކަން. އެހެންވީމަ އެކަމާ ގުޅިގެން މިއަދުގެ ވަގުތެއްގައި އަޅުގަނޑުވާނެ އެ ޑިޒިޝަން އަލުން ރީކޮންސިޑާ ކޮށްދިނުމަށް ޕެރޯލް ބޯޑަށް އަންގާފައި،" އިހުސާން ވިދާޅުވި އެވެ. 

Advertisement

"ކޮމިޝަނާ އޮފް ޕްރިޒަންސްގެ ޕެރޯލް ބޯޑުން އެ ޑިޒިޝަން ބަދަލުކޮށްފައި ޕެރޯލް ގާނުނުގައި ބުނާގޮތުން ޕެރޯލްއަށް މީހަކު ދޫކުރަންވެސް އަދި ޑިޒިޝަން ރިވިއުކުރުމަކީވެސް އެއީ ޕެރޯލް ބޯޑަށް ކުރެވޭ ކަމެއް. އެހެންވީމަ ޕެރޯލް ބޯޑުން އެ ނިންމުން ބަދަލުކޮށްފައި މިއަދުގެ ހަވީރު 16:48 ގައި ވަނީ އަބްދުﷲ އިބްރާހިމް ޖަލުގެ ހުކުމް ތަންފީޒުކުރުމަށްޓަކައި އަނބުރާ ޖަލަށް ގެނައުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލުމުގެ ދަށަށް ގެނެސްފައި."

ދިވެހިރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި 25 އަހަރަށް އަބުޗާ ޖަލަށް ލާން ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި 19، ގަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައި ވަނީ 12.5 އަހަރުގެ ތިން ހުކުމެވެ. ޕެރޯލަށް އޭނާ ޝަރުތު ހަމަވީ 6.5 އަހަރު ޖަލުގައި ހޭދަ ކުރުމުންނެވެ. 

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 125 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ މަސްތުވާތަކެތި ވިއްކުމާއި ވިޔަފާރިކުރުމާއި އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބޭނީ އެ މީހަކަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުން ކަމަށެވެ.

މި ނޫހާ ވާހަކަދެއްކި ފުލުހުންގެ ބައެއް އިސް އޮފިޝަލުން ވިދާޅުވީ މަސްތުވާތެކެތި ޓްރެފިކް ކުރާ މީހުންނާއި ގޭންގު ލީޑަރުންގެ އިތުރުން ވެސް އެފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް އަދަބު ލުއިކޮށްދިނުމާއި ޕެރޯލް ނުދިނުމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް ސަރުކާރުތަކުގައި އެދޭ ކަމަށެވެ.

2019 ވަނަ އަހަރު ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި އަބުޗާ ހައްޔަރުކުރި އެވެ. ނަމަވެސް، އެ މައްސަލައިގެ ތަހުގީގަށްފަހު ކޯޓަށް ފޮނުވުމުން ހަމަ އެ އަހަރުގެ ސެޕްޓެމްބަރުގައި އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

އޭގެ އިތުރުން، ގޭންގް ރޭޕްގެ މައްސަލައަކާއި މާރާމާރީގެ ދެ މައްސަލައަކާއި ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއްގެ އިތުރުން، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ތުހުމަތުގައި ވެސް މީގެ ކުރިން އަބުޗާ ހައްޔަރުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox