ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު މުލީއާގެއަށް ވަޑައިގެންފި

May 7, 2026, 9:14 PM
ހޯމް މިނިސްޓަރު އަލީ އިހުސާން: ދަރިވަރު މަރުވި ކަން އެނގުނީ ފުލުހުން ދަނާލަށް ގޮސް ބެލުމުން -- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާން: ދަރިވަރު މަރުވި ކަން އެނގުނީ ފުލުހުން ދަނާލަށް ގޮސް ބެލުމުން -- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) މިއަދުގެ ވަގުތެއްގައި ރައީސް މުހައްމަދު މުއިއްޒު ދިރިއުއްވާ މުލީއާގެއަށް ވަޑައިގެންފި އެވެ. 

އިހުސާން އާއި ޓޫފޯ މުލީއާގެއަށް ވަޑައިގެންފައި މި ވަނީ، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ރައީސް މުހައްމަދު މުއިއްޒުގެ ސީރިއަސް ޖިންސީ ތުހުމަތުތަކެއް އަމާޒު ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނިކޮށެވެ. 

ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު މުލީއާގެއަށް ވަޑައިގެންނެވި ސަބަބު ހޯދަން މި ނޫހުން ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓަށް ގުޅުމުން އެ ސުވާލަށް މިވަގުތު ޖަވާބެއް ލިބިފައެއް ނުވެ އެވެ. 

އެ ވާހަކަތައް އާންމުންނާ ހަމައަށް ތިލަވެފައި ވަނީ އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓަރީންނެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ އޭގެ މަހެއްހާ ދުވަސް ފަހުން މުއިއްޒުގެ އޯޑަރަށެވެ. 

ފުލުހުން ބަލަނީ އަދަދު ނޫހުގެ މައްސަލަ އާއި މުއިއްޒަށް އަމާޒުކޮށް ތުހުމަތު ކުރި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފުގެ މައްސަލަ އެވެ. އޭނާ އިއްޔެ ފުލުހަށް ހާޒިރުކޮށް ބަޔާނެއް ނަގާފައިވެ އެވެ. އެކަމަކު، ކަން ހިނގައިދިޔަ ގޮތް ކިޔައިދިނުމުގެ ފުރުސަތު ފުލުހުން އޭނާއަކަށް ނުދެ އެވެ. 

އެ މައްސަލަ ތަހުގީގު ކުރަން ރައީސް އަމުރު ކުރެއްވީ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ނޫހުގެ މުހައްމަދު ޝަހުޒާން ސުވާލު ކުރުމުންނެވެ. މައްސަލަ ބަލަން އަމުރު ކުރިތާ 12 ގަޑިއިރުގެ ތެރޭގައި ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީސް ރެއިޑުކޮށްފަ އެވެ. 

"އާދެ، ކަނޑައެޅިގެން ދޮގު ވާހަކައެއް ތިއީ އިނގޭތޯ. އަދަދު ނޫހުން ތި ވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯގެ ވާހަކަ. އެހެންވީމަ ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް ތި އިއުތިރާފުވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާ ކުރަން އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،" މުއިއްޒު ވިދާޅުވި އެވެ. 

އަދަދު ނޫހަށް ރެއިޑު ކުރުމުގެ އިތުރުން މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އަދި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ފިޔާޒް އާއި ހަސަން ވަނީ މިދިޔަ ހަފުތާގައި ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox