އަބުޗާ މިނިވަންކުރުން: ޕެރޯލް ބޯޑުގެ ހަ މެންބަރަކު ވަކިކޮށް, ޕެރޯލްގެ ކަންކަން ހުއްޓުމަކަށް ގެނެސްފި

ހޯމް މިނިސްޓަރު އަލީ އިހުސާން: ޕެރޯލް ބޯޑުން ވަކިކުރި މެންބަރުން ހާމަކުރަން މިނިސްޓަރު ވަނީ ދެކޮޅު ހައްދަވާފައި -- ފޮޓޯ؛ ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާން: ޕެރޯލް ބޯޑުން ވަކިކުރި މެންބަރުން ހާމަކުރަން މިނިސްޓަރު ވަނީ ދެކޮޅު ހައްދަވާފައި -- ފޮޓޯ؛ ރައީސް އޮފީސް

އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޝަރުތުތަކާއެކު މިނިވަންކުރަން ޖަލުތަކާއި ޕެރޯލްގެ ގާނޫނުން އުފައްދާފައިވާ ޕެރޯލް ބޯޑުން ނިންމުމުން އެ ބޯޑުގެ ހަ މެންބަރަކު ވަކިކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. 

ޕެރޯލް ބޯޑުގައި ޖުމްލަ ތިބެނީ އަށް މެންބަރުންނެވެ. އެހެންކަމުން މިވަގުތު ޕެރޯލް ދިނުމުގެ އެއްވެސް ކަމެއް ކުރިއަކަށް ނުދާނެ އެވެ. 

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޕެރޯލް ބޯޑުން ވަކިކުރަން ނިންމީ އަބުޗާ މިނިވަން ކުރަން ނިންމުން ނިންމި ހަ މެންބަރުން ކަމަށެވެ. އަބުޗާ މިނިވަން ކުރީ ގާނޫނާ ހިލާފަށް ކަމަށް ވެސް އިހްސާން ވިދާޅުވި އެވެ. 

"މިދެންނެވި ކަމުގައި [އަބުޗާ މިނިވަންކުރުމުގައި] އަޅުގަނޑުމެން ބެލިއިރުގައި ދެންމެ މިދެންނެވިހެން އެ މުއްދަތު ބެލުމުގައި އެބައޮތް ޕެރޯލް ބޯޑުން އަޅުގަނޑުމެން ދެކޭގޮތުގައި ގާނުގައި އެކަން ބަލަންޖެހޭ ގޮތަކަށް ނޫން ބެލިފައި ވަނީ. އަދި މިފަދަ ކަންކަމަކީ މުޖުތަމައުއަށާއި ސަރުކާރުގެ ސިޔާސަތާވެސް އެލައިން ނުވާ ކަމަކަށްވާތީވެ، އަޅުގަނޑުމެން ވާނީ ޕެރޯލް ބޯޑުގެ މި ނިންމުން ނިންމެވި ހަ ފަރާތް ޕެރޯލް ބޯޑުން ވަކިކުރަން މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމާފައި،" އިހުސާން ވިދާޅުވި އެވެ. 

ނަމަވެސް އިހުސާން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އަބުޗާ ދޫކޮށްލުމުގައި ގަސްދުގައި ކަމެއް ގޯސްކޮށް ކުރުމުގެ އެއްވެސް ނިޔަތެއް ޕެރޯލް ބޯޑުގައި އޮތް ކަމަށް ނުފެންނާތީއާއެކު، ވަކިކުރަން ނިންމި ބޭފުޅުންގެ ނަންތައް ހާމަނުކުރަން ނިންމާފައިވާ ކަމަށެވެ. 

"އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމަކުން އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ އިންޓެންޝަނަލީ އެއިން އެއްވެސް ފަރާތަކުން ގޯހެއް ހަދާފައި އޮތް ކަމަކަށް އެނގޭތޯ. އެހެންވީމަ އަޅުގަނޑުމެން ގަސްތެއް ނުކުރަން އެބޭފުޅުންގެ ނަންތަކާއި އެ އެއްޗެހި، އެހެންމަވެސް އަޅުގަނޑުމެން ގަބޫލުކުރަނީ މިފަދަ ގާނޫނީ ބައެއް ކަންކަން ބަލަންޖެހޭ ވަރަށް ނުބެލި ކަމަށް ގޮސްފައި އެއޮތީ،" އިހުސާން ވިދާޅުވި އެވެ. 

މީގެއިތުރުން ޕެރޯލްގެ ގާނޫނަކީ 2013 ވަނަ އަހަރު ވުޖޫދަށް އައި ގާނޫނަކަށްވެފައި، އޭގެ ފަހުން މަސްތުވާތަކެއްޗާބެހޭ ގާނޫނުތަކަށާއި އެހެން ގާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީ ޕެރޯލްގެ ގާނޫނު ވެސް އިސްލާހުކުރަން ނިންމާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ. 

އިހުސާން ވިދާޅުވީ ޕެރޯލް ބޯޑުން އަބުޗާ ދޫކޮށްލުމުގައި ބަލަންޖެހޭ ބައެއް ކަންކަން ބަލާފައި އޮތީ ރަނގަޅަށް ކަމަށް ނުވާތީ އެ ނިންމުން ބަދަލުކުރަން އެންގި ކަމަށެވެ. އެއާއެކު ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކޮށް އަބުޗާ މިއަދު ހަވީރު 16:48 ގައި ހައްޔަރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ދިވެހިރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި 25 އަހަރަށް އަބުޗާ ޖަލަށް ލާން ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި 19، ގަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައި ވަނީ 12.5 އަހަރުގެ ތިން ހުކުމެވެ. ޕެރޯލަށް އޭނާ ޝަރުތު ހަމަވީ 6.5 އަހަރު ޖަލުގައި ހޭދަ ކުރި ކަމަށް ބުނެ އެވެ. ނަމަވެސް އެ މުއްދަތު އޭނާ ހަމައެއްނުކުރެ އެވެ. 

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 125 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ މަސްތުވާތަކެތި ވިއްކުމާއި ވިޔަފާރިކުރުމާއި އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބޭނީ އެ މީހަކަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox