ގޭންގުތަކުގައި އުޅުނު ގިނަ މީހުން މިހާރު އުޅެނީ ވިޔަފާރީގައި ނުވަތަ ވަޒީފާތަކުގައި: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން: ގޭންގްތަކުގައި އުޅުނު ގިނަ މީހުން ސަރުކާރުގެ ނަސޭހަތް އަޑުއަހާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާން: ގޭންގްތަކުގައި އުޅުނު ގިނަ މީހުން ސަރުކާރުގެ ނަސޭހަތް އަޑުއަހާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ގޭންގުތަކުގައި އުޅުނު މީހުންނަށް ދިން ޗޮއިސްއާ އެކީ އޭގެ ތެރެއިން ގިނަ މީހުން މިހާރު އުޅެނީ ވިޔަފާރީގައި ނުވަތަ ވަޒީފާތަކުގައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުން ބޭއްވި "އަހާ ފޯރަމް" ގައި އިހުސާން ވިދާޅުވީ ސަރުކާރުން ގޭންގުތަކަށް ދިން ޗޮއިސްއަކީ ވަޒީފާތަކަށް ގޮސް ވިޔަފާރީގައި އުޅުމަށް ކަމަށްވާއިރު، އޭގެ ތެރެއިން ގިނަ މީހުން އެ މަގު ހިޔާރުކޮށްގެން ރަނގަލަށް އުޅެމުންދާ ކަމަށެވެ. 

"އެމީހުންނަށް އަޅުގަނޑުމެން ދީފައި ވާނެ ޗޮއިސްއެއް. އެ ޗޮއިސްއަކީ ހިނގާށޭ، ޒުވާން ކުދިންނޭ ތިއީ. އެހެންވީމަ ކުރިމަގު އަދި އެބައޮތެއް ނުންހެއްޔޭ. މިކަމުން ދުރުހެލިވެ ރަނގަޅު ގޮތުގައި ދިވެހިރާއްޖެއަށް ފައިދާހުރި ގޮތުގައި ވިޔަފާރިތަކުގައި އުޅެ، ވަޒީފާތަކަށް ދާން އެ ފުރުސަތު މިހާރު ދީފައި އޮންނާނީ. އުފާލާއެކު އަޅުގަނޑުމެން ފާހަގަކޮށްލާ ކަމަކީ އޭގެ ތެރެއިން ވަރަށް ގިނަ ކުދިން ހިޔާރުކުރީ އެ މަގު،" މިނިސްޓަރު އިހުސާން ރޭ ވިދާޅުވި އެވެ. 

Advertisement

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު 52 ގޭންގް އޮޕަރޭޝަން ހިންގައި، 10،000 މީހުން ބަލައި ފާސްކޮށް، 517 މީހުން ހައްޔަރުކުރި ކަމަށް އިހުސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމީހުންނާ ގުޅޭ 700 އަށްވުރެ ގިނަ ސައިކަލުވެސް ޓޯކުރި ކަމަށެވެ. 

އިހުސާން ވިދާޅުވީ ސަރުކާރުން ކުރަމުންދިޔަ މަސައްކަތާއެކު ކުރިން ފަލަ ސުރުހީތަކަށް އަރަމުންދާ މާރާމާރީގެ ހަބަރުތައް ވަރަށް ބޮޑުތަނުން ކުޑަ ކުރެވިފައިވާ ކަމަށާއި މި ސަރުކާރުގައި މިހާތަނަށް ގޭންގް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަވެސް ގެއްލިފައި ނުވާ ކަމަށެވެ. 

"ކުރީގައި މިކަމުގެ ތެރޭގައި އުޅުނު ޒުވާނުންވެސް ވަރަށް ބޮޑަށް އެކަމަށް އަޅުގަނޑުމެން ދިން ނަސޭހަތާއި އަޅުގަނޑުމެން މި ގައިޑުކޮށްދޭ ދިނުން ވަރަށް ބޮޑަށް ގަބޫލުކޮށްގެން އެކުދިންވެސް މީގެއިން ދުރުވާން ވަރަށް ބޮޑަށް މަސައްކަތްކުރޭ. އެހެންވީމަ ކުރިއަށް އޮތްތާގައިވެސް މިގޮތުގައި މިކަން ދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" އިހުސާން ވިދާޅުވި އެވެ. 

މީގެއިތުރުން ކުޑަކުދިން ބޭނުންކޮށްގެން ހިންގާ ކުށްތައް ހުއްޓުވުމަށްވެސް އެކި މަސައްކަތްތައްކޮށް، އެފަދަ ކުދިން ކުށުގެ ވެށިން ނަގައި އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ. 

ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި އަމަލު ކުރަން ފެށި އާ ގާނޫނުގެ ސަބަބުން ޒުވާނުން ކުށް ކުރާ ގޭންގުތަކާ ދުރުވަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ ފެބްރުއަރީ މަހު ވިދާޅުވި އެވެ. ނަމަވެސް ޑިސެމްބަރު، 2025، ގައި މުއިއްޒު ވިދާޅުވީ ގޭންގުގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު މިހާރު ރާއްޖޭގައި ނުއުޅޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox