ޑޮލަރު އަގުބޮޑު ކުރަނީ ވާދަވެރި ސިޔާސީން ރާވައިގެން ހިންގާ ކުށުގެ ނެޓްވޯކަކުން ކަމަށް އިހުސާން ތުހުމަތު ކުރައްވައިފި

Aug 24, 2026, 12:23 PM
އިހުސާން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި: ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ މީހާއަށް ބާޒާރުގައި ޑޮލަރު ނުވިއްކޭނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އިހުސާން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި: ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ މީހާއަށް ބާޒާރުގައި ޑޮލަރު ނުވިއްކޭނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރުގެ އަގު މަތި ވަނީ މަނީ އެކްސްޗޭންޖު ކުރާ ވިޔަފާރިތަކާއި ވާދަވެރި ސިޔާސީން ރޭވިގެން ހިންގާ ނެޓްވޯކަކުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ތުހުމަތު ކުރައްވައިފި އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ޑޮލަރުގެ މާކެޓު މެނިޕިއުލޭޓް ކުރަން ނުވަތަ ބަޔަކު ރޭވިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. 

"ނޯމަލް މާކެޓް ބީހޭވިއާއިން ބޭރުން، މެނިޕިއުލޭޓްކޮށްގެންނާ އަދި ހާއްސަކޮށް މީގެ ތެރެއަށް ސިޔާސީ ފަރާތްތަކެއް ވަދެގެން މިކަން ކުރާކަން އަޅުގަނޑުމެންނަށް އެބަހުރި ފާހަގަ ކުރެވިފަ،" އިހުސާން ވިދާޅުވި އެވެ. 

Advertisement

ވަޒީރު ވިދާޅުވީ، ޑޮލަރުގެ އަގު ހަމަޖައްސަނީ މަނީ އެކްސްޗޭންޖު ކުރާ ފަރާތްތަކުން ކޮންމެ ދުވަހަކު މަޝްވަރާކޮށްގެން ކަމަށެވެ. 

"ހެނދުނު އިރުއަރާފައި ގުޅަނީ އެންމެ ބޮޑަށް މަނީ އެކްސްޗޭންޖް ކުރާ ފަރާތްތައް އެކަކު އަނެކަކަށް ގުޅައި، އޭ މިއަދުގެ ރޭޓަކީ މިއީއޭ. މިއީ މިހެން އޮންނަ ކަމެއް ނޫން ދުނިޔޭގެ ތަންތަނުގައި. މިވަގުތުގެ ބިހޭވިއާއަކީ މިއީ،" އޭނާ ވިދާޅުވި އެވެ. 

މަނީ އެކްސްޗޭންޖު ކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅިދާނެ ކަމަށް ވިދާޅުވެ އިހުސާން ވަނީ ވިޔަފާރިވެރިންނަށް މިއަދު އިންޒާރެއް ވެސް ދެއްވައިފަ އެވެ. 

"އެހެންވެއްޖެ ކަމަށްވެއްޖެއްޔާ ހަމަ އަޅުގަނޑުމެން ވެސް، ކުރީގަ ބައެއް ކަންކަން ރާއްޖޭގެ ވެސް ބައެއް އިގްތިސާދީ ކަންކަމުގައި ހާލަތު ހުންނަ ގޮތުން އަޅުގަނޑުމެން އެހާ ވަރަށް ނުހިފަ ތިއްބަސް ގާނޫނުތައް ރާއްޖޭގައި ތަންފީޒު ކުރާނަން އެނގޭތޯ؟ ގާނޫނުތައް ތަންފީޒު ކުރާއިރު ވަކި ބަޔަކަށް ވަކި މީހަކަށް ވަކި މީހެއްގެ މޫނަށް ކަނދުރާއަކަށް ނުބަލައި ދިވެހިރާއްޖޭގެ ގާނޫނުތައް ތަންފީޒު ކުރަމުންގެންދާނަން،" އިހުސާން ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވަނީ، ހުއްދަ ނުހޯދައި ޑޮލަރުގެ ވިޔަފާރި ކުރާ ވިޔަފާރިތަކާއި އާންމުންގެ ބޮލުގައި މަނީ ލޯންޑަރިންގެ ތުހުމަތު އަޅުއްވައިފަ އެވެ. 

"ރާއްޖޭގެ ގާނޫނުގައި ބުނާ ގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް، ހުއްދަ ނުނަގައި ކުރުމަކީ ޖިނާއީ ކުށެއް. މާނައަކީ ހުއްދަ ނުނަގައި މަނީ އެކްސްޗޭންޖް ކުރުމަކީ ޖިނާއީ ކުށެކޭ. އެ ޖިނާއީ ކުށް ކޮށްގެން ހޯދާ ފައިސާ އަމިއްލަ ގޮތުގައި ބޭނުން ކުރުމާއި ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމާއި އޭގެ އިތުރު ފައިދާ ހޯދުމަކީ ރާއްޖޭގެ ގާނޫނުގައި މިވަގުތު ބުނާ ގޮތުން މަނީ ލޯންޑަރިން،" ވަޒީރު ވިދާޅުވި އެވެ. 

ޑޮލަރުން އާމްދަނީ ލިބޭ މީހުންގެ ވާހަކަ އިހުސާން ވަނީ މިއަދު ވަކިން ފާހަގަ ކުރައްވައިފަ އެވެ. 

"ހުއްދަ ނުނަގާ ޑޮލަރު އެކްސްޗޭންޖް ކުރުމަކީ ރާއްޖޭގެ ގާނޫނުގައި ޖިނާއީ ކުށެއް އެއީ. ވަކިވަކި ފަރުދުން ވެސް އެބަ ހިމެނޭ މީގެ ތެރޭގައި އިނގޭތޯ؟ މިސާލަކަށް އަޅުގަނޑަށް މުސާރަ ލިބެނީ ޑޮލަރުން އަޅުގަނޑު އަނެއްކާ ކަޅު ބާޒާރަށް ޑޮލަރު ވިއްކަނީ. އެއީ ހުއްދަ ނުނަގާ މަނީ ޗޭންޖް ކުރުން އެނގޭތޯ؟ ބައި ޑެފެނިޝަން،" އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox