އިންޑޮނީޝިއާ
101 ލިޔުން
ފަހުގެ
ލުއިއަދަދުއިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި
އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.
ދުނިޔެބާލީގައި ތެލުގެ ދަތިކަން ދިމާވެ ސްޓޭޝަންތަކުގައި ދިގު ކިއޫތައް
އިންޑޮނޭޝިއާގެ ބާލީއަށް ތެލުގެ ދަތިކަން ކުރިމަތިވެ، ތެޔޮ ލިބުން ލަސްވުމުގެ ސަބަބުން ޕެޓްރޯލް ޝެޑްތައް ކައިރީގައި ދިގު ކިއޫތަކެއް ވަނީ ހަދާފައެވެ. މި މައްސަލަ ދިމާވީ ތެޔޮ އުފުލާ ޓޭންކަރަކަށް ދިމާވި ފަންނީ މައްސަލައަކާއި މޫސުން ގޯސްވުމުގެ ސަބަބުން ތެޔޮ ބޭލުން ލަސްވުމުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މިހާރު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، މެދުނުކެނޑި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
