އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވުން: 170،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެއްޖެ

Sep 23, 2026, 4:45 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އިންޑޮނޭޝިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ ވަރުގަދަ ޖަންގަލީގެ އަލިފާންގަނޑުތައް ނިއްވާލުމަށް މަސައްކަތް ކުރަމުންދާއިރު، މިދިޔަ އޮގަސްޓް މަހުން ފެށިގެން އެ ގައުމުގެ 175،000 އަށްވުރެ ގިނަ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ބަލިޖެހުނު މީހުންގެ ތެރެއިން 40،000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ތުއްތު ކުދިންގެ މެދުގަ އެވެ. މީގެ ތެރޭގައި އާދައިގެ ކެއްސުމުން ފެށިގެން ބްރޮންކައިޓިސް އަދި ނިއުމޯނިއާ ފަދަ ނޭވާލާ ނިޒާމުގެ ސީރިއަސް ބަލިތައް ހިމެނެ އެވެ.

ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ވިހަ ދުމުގެ އަސަރު އިންޑޮނޭޝިއާގެ ބައެއް ސަރަހައްދުތަކުގެ އިތުރުން އަވަށްޓެރި މެލޭޝިއާ އާއި ސިންގަޕޫރަށް ވެސް ވަނީ ކޮށްފަ އެވެ. މީގެ ސަބަބުން އެ ސަރަހައްދުތަކުގެ ވައިގެ ފެންވަރު ވަނީ ސިއްހަތަށް ނުރައްކާވާ މިންވަރަށް ދަށަށް ގޮސްފަ އެވެ.

އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، ބޯނިއޯ އަދި ސުމަޓްރާގެ ރަށްތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވާލުމަށް 54،000 އަށްވުރެ ގިނަ އޮފިޝަލުންނާއި ގިނަ އަދަދެއްގެ ޖެޓްތައް ބޭނުންކޮށްގެން ފެން ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް، އެ ސަރަހައްދުގެ ބޮޑުމިނާއި ކަޅުކުލައިގެ މަޑު ފަސްގަނޑު ނުވަތަ "ޕީޓްލޭންޑް" ގެ ހާލަތު ހުރިގޮތުން އަލިފާން ނިއްވާލުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އިންޑޮނޭޝިއާގެ ކެބިނެޓް ސެކްރެޓަރީ ޓެޑީ އިންދްރާ ވިޖާޔާ ހޯމަ ދުވަހު ވިދާޅުވީ، ވައިގެ މަގުންނާއި އެއްގަމު މަގުން ހުރިހާ ބާރުތަކެއް ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަލިފާންގަނޑުތައް ނިއްވާލުމަށާއި، ދުމުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށް ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. އަދި އެންމެ މުހިންމު އިސްކަމެއް ދެނީ ޖަންގަލިތަކާއި ބިންތަކުގައި ރޯވާ އަލިފާނުގެ ނުރައްކަލުން އާންމު ރައްޔިތުން ރައްކާތެރިކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރެއްގެ ޖުލައި މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް އިންޑޮނޭޝިއާއަށް ކުރިމަތިވާ ހޫނު މޫސުމުގައި ޖަންގަލީގެ އަލިފާނުގެ ހާދިސާތަކާ އެ ގައުމުން ގަވާއިދުން ކުރިމަތިލާން ޖެހެ އެވެ.

ނަމަވެސް، މި އަހަރު "ގޮޑްޒިލާ" އެލް ނީނޯގެ ސަބަބުން މޫސުން އާދަޔާ ހިލާފަށް ހޫނުވެ، ބިންތައް ހިކިފައިވުމުގެ ސަބަބުން، އަލިފާން ރޯވުމާއި ދުމުގެ އަސަރު ވަނީ ކުރީ އަހަރުތަކަށްވުރެ ބޮޑަށް އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox