އިންޑޮނީޝިއާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 47 އަށް

Aug 17, 2026, 6:31 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އިންޑޮނީޝިއާއަށް ހޮނިހިރު ދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަދުވެގެން 47 މީހުން މަރުވެފައިވާއިރު، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެ ގައުމުގެ ރެސްކިއު ޓީމުތަކުން މިހާރު ދަނީ ކުރަމުންނެވެ.

އިންޑޮނީޝިއާގެ މީޓިއޮރޮލޮޖީ އެންޑް ޖިއޯފިޒިކްސް އެޖެންސީން ބުނި ގޮތުގައި، ރިކްޓާ މިންގަނޑުން 7.7 ގެ ބާރުމިނުގައި މި ބިންހެލުން އައީ ފްލޮރެސް އައިލެންޑަށް ހޮނިހިރު ދުވަހުގެ ފަތިހު 05:00 ހާއިރު އެވެ. މި ބިންހެލުން އައިސްފައިވަނީ ބިމުގެ 15 ކިލޯމީޓަރު އަޑިންނެވެ.

އެ ގައުމުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީ (ބީއެންޕީބީ) އިން ހާމަކޮށްފައިވާ ފުރަތަމަ ރިޕޯޓްތަކަށް ބަލާއިރު، މި ބިންހެލުމާއި އޭގެ ފަހުން އައި 341 ލޮޅުމުގެ ސަބަބުން 900 އަށްވުރެ ގިނަ ގެދޮރަށާއި އެހެނިހެން އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

Advertisement

ބީއެންޕީބީން ބުނި ގޮތުގައި ހޮނިހިރު ދުވަހު އައި ބާރުގަދަ ބިންހެލުމުގެ ލޮޅުންތައް ހުޅަނގުގެ ބީމާ ރީޖެންސީއާ ހަމައަށް އިހުސާސް ކުރެވުނު ނަމަވެސް، އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މަންގަރާއީ ޕްރޮވިންސަށެވެ.

މި ހާދިސާގައި މަދުވެގެން ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، 11 މީހަކަށް ކުދި އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބީއެންޕީބީން ބުނި ގޮތުގައި 5،000 އަށްވުރެ ގިނަ މީހުން މިހާރު ވެސް ތިބީ ވަގުތީ ހިޔާވަހިކަމުގަ އެވެ. އަދި ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކަށް އެހީގެ 10،500 ޕެކޭޖު މިހާރު ވަނީ ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

ޕޮލެންޑުގައި ބަޑިން ހަމަލާދީ ހަ މީހުން މަރާލައިފި

ޕޮލެންޑުގެ ކްރަކޯވްގައި ހަރުކަށި ފިކުރުގެ މީހަކު ބަޑިން ހަމަލާދީ ހަ މީހުން މަރާލާފައިވާއިރު، އޭނާ ދިރިއުޅޭ ގެއިން ވެސް އިތުރު ތިން މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. މި ހަމަލާގައި 17 މީހަކު ޒަޚަމްވެފައިވާއިރު، ފުލުހުން ވަނީ ހަމަލާދިން މީހާގެ ގަޔަށް ބަޑިޖަހައި އޭނާ ހައްޔަރުކޮށްފައެވެ.

އިޒްރޭލުގެ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު އައިޒެންކޮޓްއަށް

އިޒްރޭލުގެ އާންމު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުމާ ގުޅިގެން، އާ ކޯލިޝަން ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ރައީސް އައިޒަކް ހަރްޒޮގް ވަނީ އިދިކޮޅު ލީޑަރު ގާޑީ އައިޒެންކޮޓްއަށް ދެއްވާފައެވެ. ސަރުކާރު އެކުލަވައިލުމަށް އައިޒެންކޮޓްއަށް ގިނަވެގެން 42 ދުވަސް ލިބިވަޑައިގަންނަވާއިރު، އޭނާ ވިދާޅުވީ މިއީ ގައުމީ ކުއްލި ހާލަތުގެ ސަރުކާރެއް އުފައްދަންވީ ވަގުތު ކަމަށެވެ. މި އިންތިހާބުގައި އަރަބި ޕާޓީތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައިވީ ނަމަވެސް، ޔަހޫދީ ޕާޓީތަކުން ވަނީ ސަރުކާރު އެކުލަވައިލުމުގައި އެ ޕާޓީތަކުގެ އެހީތެރިކަން ނުހޯދާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox