ބާލީގައި ތެލުގެ ދަތިކަން ކުރިމަތިވެ ސްޓޭޝަންތައް ކައިރީގައި ދިގު ކިއޫތައް

Oct 15, 2026, 8:00 AM
ފޮޓޯ: އޭޕީ

ފޮޓޯ: އޭޕީ

އިންޑޮނޭޝިއާގެ މަޝްހޫރު ފަތުރުވެރި މަންޒިލް ކަމަށްވާ ބާލީއަށް ތެލުގެ ދަތިކަން ކުރިމަތިވެއްޖެ އެވެ. 

ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އެ ރަށުގައި، ތެޔޮ ހޯދުމަށް ސައިކަލުތަކާއި ކާރުތައް ސްޓޭޝަންތަކުގެ ބޭރުގައި ކިއޫ ހަދާފައިވާއިރު، ބައެއް ކިއޫތައް ވަނީ ކައިރި މަގުތަކަށް ދެމިގެން ގޮސްފަ އެވެ. މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިފަދަ ކިއޫތައް ފެންނަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި ތެޔޮ ލިބުމަށް ދަތިވީ ތެލުގެ ރަސްމީ ރިޒާވް މަދުވެގެން ނުވަތަ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އައި ބަދަލަކާ ގުޅިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ގައުމުގެ އެތެރޭގައި ތެޔޮ އުފުލުމާއި ބެހުމުގައި ދިމާވި މައްސަލައެކެވެ.

އެނާޖީ އެންޑް މިނަރަލް ރިސޯސަސް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް އޮއިލް އެންޑް ގޭސް، ލާއޯޑޭ ސުލައިމާން ވިދާޅުވީ މިއީ ހަމައެކަނި ތެޔޮ ބެހުމުގައި ދިމާވި މައްސަލައެއް ކަމަށެވެ. އަދި ތެޔޮ އުފުލާ ޓޭންކަރެއް އައުން ލަސްވި ނަމަވެސް، މިހާރު އެ ޓޭންކަރު ބާލީއަށް އައިސްފައިވާ ކަމަށާއި، އިއްޔެއިން ފެށިގެން 24 ގަޑިއިރު މެދުނުކެނޑި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުލައިމާން އިތުރަށް ވިދާޅުވީ ބާލީއަށް ތެޔޮ ހިފައިގެން ދިޔަ ޓޭންކަރެއްގެ ނަގިއްޔަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ރަށުގެ މައި ތެޔޮ ޓާމިނަލްތަކަށް ތެޔޮ ބޭލުން ލަސްވި ކަމަށެވެ. މީގެ އިތުރުން ކަނޑުގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން، ޑެންޕަސާގެ ސަންގަރަން ޓާމިނަލަށާއި އިރުމަތީ ބާލީގެ މަންގިސް ޓާމިނަލަށް ތެޔޮ އުފުލުމުގެ މަސައްކަތަށް ވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ސަރުކާރުން ސަބްސިޑީ ދީގެން އަގުހެޔޮކޮށް ވިއްކާ "ޕާޓަލައިޓް" ޕެޓްރޯލަށް އޮތް ޑިމާންޑު ބޮޑުވުމަކީ ވެސް މި މައްސަލަ އިތުރަށް ގޯސްވާން މެދުވެރިވި ސަބަބެކެވެ. އަދި ތެޔޮ ހުސްވެދާނެ ކަމުގެ ބިރަށް އާންމުން ގިނަ އަދަދަކަށް ތެޔޮ ގަންނަން ފެށުމުން، ބައެއް ސްޓޭޝަންތަކުގެ ސްޓޮކަށް ވަނީ ބާރުބޮޑުވެފަ އެވެ.

ބައެއް ސްޓޭޝަންތަކުގައި "މައާފު ކުރައްވާ، ތެޔޮ ހުސްވެއްޖެ" މިފަދަ ބޯޑުތައް ހަރުކޮށްފައި ހުރިއިރު، އާންމުން ތިބީ ތެޔޮ ލިބޭނެ ވަގުތެއްގެ އިންތިޒާރުގައި ބަންދުކޮށްފައިވާ ސްޓޭޝަންތަކުގެ ބޭރުގަ އެވެ. ދަތުރުފަތުރަކީ ދިރިއުޅުމާއި ފަތުރުވެރިކަމަށް މުހިންމު ކަމަކަށް ވާތީ، މި މައްސަލައިގެ ސަބަބުން ބާލީގެ ރައްޔިތުންނާއި ވިޔަފާރިވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ.

ބާލީގެ ގަވަރުނަރު އައި ވަޔާން ކޮސްޓާ ވިދާޅުވީ ތެޔޮ ރައްކާކުރާ ގުދަންތަކުގައި އެކަށީގެންވާ ވަރަށް ސްޓޮކް އެބަހުރި ކަމަށެވެ. ނަމަވެސް ސްޓޭޝަންތަކަށް ތެޔޮ ފޯރުކޮށްދިނުން ލަސްވަނީ ޓޭންކަރުތައް އައުން ލަސްވުމާއި މަގުތަކުގެ ޓްރެފިކް ބޮޑުވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިތުރު ތެޔޮ މިހާރު ބަހަމުންދާތީ، އާންމުން ކަންބޮޑުނުވުމަށް ގަވަރުނަރު އިލްތިމާސް ކުރެއްވި އެވެ.

ދައުލަތުގެ ހަކަތައާ ބެހޭ ކުންފުނި، ޕާޓަމީނާ އިން ބުނީ 18 މިލިއަން ލީޓަރުގެ "ޕާޓަލައިޓް" އާއި 2.5 މިލިއަން ލީޓަރުގެ "ޕާޓަމެކްސް" (އަގުބޮޑު ޕެޓްރޯލް) ހިފައިގެން އައި ޓޭންކަރު ބޭލުމަށްފަހު، ތެޔޮ ފޯރުކޮށްދޭ މިންވަރު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

މި މައްސަލަ ކުރިމަތިވެފައި މިވަނީ، މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ މަގުތަކަށް ބުރޫއަރައި، ތެޔޮ އިމްޕޯޓް ކުރުމުގައި އިންޑޮނޭޝިއާއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވި ނަމަވެސް، ރައީސް ޕްރަބޯވޯ ސުބިއަންތޯ ވަނީ ތަކެތީގެ އަގު އުފުލުން ކުޑަކުރުމަށް މި އަހަރުގެ ނިޔަލަށް ސަބްސިޑީ ދީފައިވާ ތެލުގެ އަގު ބަދަލުނުކޮށް ހިފެހެއްޓުމަށް ނިންމަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox