އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓްތައް ހުއްޓުވުމަށް އިންޑޮނޭޝިއާގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފި

Oct 15, 2026, 8:37 AM
ފޮޓޯ: އޭޕީ

ފޮޓޯ: އޭޕީ

އިޓަލީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާ ކަމަށް ބުނެ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ދެ ކޮންސަޓަކާ ދެކޮޅަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ބުދަ ދުވަހު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކޮށްފި އެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އިންޑޮނޭޝިއާގެ ގިނަ ބައެއްގެ ވިސްނުމާ ބޮޗެލީގެ އަމަލުތައް ފުށުއަރާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

އިންޑޮނޭޝިއާގެ ދީނީ އިލްމުވެރިންގެ އެންމެ ނުފޫޒު ގަދަ އަދި އެންމެ މަތީ މަޖިލިސް ކަމަށްވާ އިންޑޮނޭޝިއާ އުލެމާ ކައުންސިލް (އެމްޔޫއައި) އިން ވަނީ އޮކްޓޯބަރު 31 ގައި މެދު ޖާވާގެ މަގެލަންގް ސިޓީގައި ހުންނަ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ބޮރޯބުދުރް ފައްޅީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސަޓާއި، ނޮވެމްބަރު 3 ގައި ވެރިރަށް ޖަކާޓާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސަޓް ކެންސަލް ކުރުމަށް ގޮވާލާފަ އެވެ.

ބޮޗެލީގެ "ރޮމާންޒާ 30 ވަނަ އެނިވަސަރީ ވޯލްޑް ޓުއާ" ގެ ދަށުން ބޮރޯބުދުރް ފަދަ އިންޑޮނޭޝިއާގެ ތާރީޚީ މުހިންމު ބިނާއެއްގައި ބާއްވާ ކޮންސަޓާ ގުޅޭ ގޮތުން އެމްޔޫއައި އިން ފުރަތަމަ ނުރުހުން ފާޅުކުރީ އޮކްޓޯބަރު 10 ގަ އެވެ. އެއަށްފަހު، އެ ކައުންސިލުން ވަނީ ބުދަ ދުވަހު އިންޑޮނޭޝިއާގެ ޓޫރިޒަމް މިނިސްޓްރީއާ ބައްދަލުކޮށް މިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އެމްޔޫއައި އިން ބުނި ގޮތުގައި އެ ކައުންސިލުން މި ކޮންސަޓްތަކާ ދެކޮޅު ހަދަނީ ބޮޗެލީ މީގެ ކުރިން އިޒްރޭލަށް ތާއީދުކޮށްފައި ވާތީ އެވެ. އެގޮތުން 2010 ވަނަ އަހަރު ލޮސް އެންޖެލިސްގައި އިޒްރޭލް ޑިފެންސް ފޯސް (އައިޑީއެފް) އަށް ފަންޑު ހޯދުމަށް ބޭއްވި ހަރަކާތެއްގައި ބޮޗެލީ ބައިވެރިވުމާއި، 2022 ވަނަ އަހަރު އިޒްރޭލުގެ ތެލް އަވީވްގައި އޭނާ ކޮންސަޓެއް ބާއްވާފައިވާކަން އެ ކައުންސިލުން ފާހަގަކުރި އެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގާޒާގައި ހިންގަމުންދާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކަށް ފަންޑުކޮށް ނުވަތަ އެކަމަށް ތާއީދުކުރާ ފަރާތްތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި އެމްޔޫއައިގެ ދީނީ އިރުޝާދުތަކާ ޚިލާފު ކަމެއް ކަމަށެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު މުސްލިމް ގައުމު ކަމަށްވާ އިންޑޮނޭޝިއާގެ ރައްޔިތުންގެ މެދުގައި ފަލަސްތީނަށް އޮންނަ ހަމްދަރުދީ ބޮޑުއިރު، އެ ގައުމުގެ ސަރުކާރުން ވެސް ޒަމާނުއްސުރެ ވަކާލާތު ކުރަމުން އަންނަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސެކްރެޓަރީ ބަޔޫ އަޖީ ވިދާޅުވީ އެމްޔޫއައި އާއެކު ބޭއްވި މަޝްވަރާތަކުގެ ބޭނުމަކީ ދެފަރާތުން އެއްބަސްވެވޭ ގޮތަކަށް ކަންކަން ނިންމުން ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތު ވަރަށް ސާފު. އަޅުގަނޑުމެން މިތިބީ ފަލަސްތީނާއެކު. އެމްޔޫއައިގެ ލީޑަރުން ދެއްވާފައިވާ އިރުޝާދުތަކާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރާނަން. ނަމަވެސް އެމްޔޫއައި އިން ވަކި ގޮތެއް ނިންމައިފި ނަމަ، ސަރުކާރުން އަމަލުކުރާނީ އެ ނިންމުމާ އެއްގޮތަށް،" އަޖީ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން މަގެލަންގްގެ ފުލުހުން ވަނީ ބޮރޯބުދުރްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސަޓަށް ހުއްދަ ދިނުމަށް ކުރިން ދޫކޮށްފައިވާ ރެކޮމެންޑޭޝަން ބުދަ ދުވަހު އަނބުރާ ގެންގޮސްފަ އެވެ. މީގެ އިތުރުން، އިސްލާމީ އެކި ޖަމާއަތްތަކުން މި ކޮންސަޓާ ދެކޮޅަށް އަޑުއުފުލުން އިތުރުވުމާއެކު، ކޮންސަޓް އިންތިޒާމުކުރާ ފަރާތްތަކަށް ވަނީ ބޮޑު ޕްރެޝަރެއް ކުރިމަތިވެފަ އެވެ.

އެމްޔޫއައިގެ މި ނިންމުމާ ގުޅޭގޮތުން ބޮޗެލީގެ ފަރާތުން ނުވަތަ ކޮންސަޓް އިންތިޒާމުކުރާ ފަރާތުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިންޑޮނޭޝިއާގައި ބޭއްވުމަށް ތައްޔާރުވަމުންދާ މި ކޮންސަޓްތަކަކީ ބޮޗެލީ ބައިނަލްއަގުވާމީ ފެންވަރުގައި މަޝްހޫރުކޮށްދިން "ރޮމާންޒާ" އަލްބަމަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ދުނިޔޭގެ ދަތުރުގެ ބައެކެވެ. މި އަލްބަމުގައި އޭނާގެ އެންމެ މަގުބޫލު އެއް ލަވަ ކަމަށްވާ "ކޮން ޓޭ ޕާޓީރޯ" ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox