އަލިފާން ފަރުބަދަ ގޮވުމުން އިންޑޮނޭޝިއާގެ އަށް އެއާޕޯޓު ބަންދު

Sep 7, 2026, 9:52 PM
ސުކާނޯ ހައްޓާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމާ ގުޅިގެން، އެއާޕޯޓުގައި ތާށިވެފައި ތިބި ފަސިންޖަރުންތަކެއް އަރާމުކުރަނީ. -- ފޮޓޯ: ރޮއިޓާސް

ސުކާނޯ ހައްޓާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމާ ގުޅިގެން، އެއާޕޯޓުގައި ތާށިވެފައި ތިބި ފަސިންޖަރުންތަކެއް އަރާމުކުރަނީ. -- ފޮޓޯ: ރޮއިޓާސް

އަނަކް ކްރަކަޓާއު އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ބޭރުވި އަޅީގެ އަސަރު ކުރުމާ ގުޅިގެން، އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ދެ އެއާޕޯޓް ހިމެނޭހެން އެ ގައުމުގެ އަށް އެއާޕޯޓެއް ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ބަންދުކޮށްފައިވާ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ޖާވާ އާއި ސުމަޓްރާ އައިލެންޑާ ދެމެދު އޮންނަ އަނަކް ކްރަކަޓާއު އަލިފާން ފަރުބަދަ މިދިޔަ ހުކުރު ދުވަހުގެ ރޭ ގޮވަން ފެށުމާއެކު، ޖަކާޓާ އާއި އެ ސަރަހައްދުގެ ވަށައިގެންވާ ރަށްތަކަށް ވަނީ އަޅީގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ. އެއާޕޯޓްތައް ބަންދުކުރަން ޖެހުނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރި ގޮތުގައި ފްލައިޓްތައް ކެންސަލް ކުރުމުގެ ސަބަބުން 170،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އޭގެ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ޖަކާޓާގެ މައި އެއާޕޯޓް ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ބަންދުކޮށްފައި ބަހައްޓާނެ ކަމަށް އެ އެއާޕޯޓް ހިންގާ ފަރާތުން އިންސްޓަގްރާމް މެދުވެރިކޮށް މިއަދު ވަނީ ބުނެފަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ހާލަތު ނިމުމަކަށް އަންނާނެ ވަގުތެއް ބުނަން ނޭނގޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ދޫދީ ޕުރްވަގަންދީ ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ. މީގެ އިތުރުން ޖަކާޓާއާ އިންވެގެން އޮންނަ ލަމްޕަންގް އާއި ވެސްޓް ޖާވާ ޕްރޮވިންސްގެ އެއާޕޯޓްތައް ހިމެނޭހެން ބާކީ ހުރި ހަތް އެއާޕޯޓް މަދުވެގެން ހޯމަ ދުވަހުގެ ހެނދުނު 8:59 އާ ހަމައަށް ބަންދުކޮށްފައި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލިފާން ފަރުބަދަތައް މޮނިޓާކުރާ އެޖެންސީގެ ވެބްސައިޓުން ދައްކާ ގޮތުގައި، އަނަކް ކްރަކަޓާއު އެންމެ ފަހުން ގޮވާފައިވަނީ އާދިއްތަ ދުވަހުގެ ރޭ 8:23 ގަ އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް އަލިފާން ފަރުބަދަ އިތުރަށް ގޮވުމުގެ ފުރުސަތު ބޮޑު ކަމަށް އެ އެޖެންސީން މިއަދު ވަނީ އިންޒާރު ދީފަ އެވެ.

އިންޑޮނޭޝިއާގެ މޫސުމާ ބެހޭ އިދާރާ (ބީއެމްކޭޖީ) އިން ބުނި ގޮތުގައި، އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ބޭރުވި އަޅިތައް ޖާވާ ސަރަހައްދުން 20،000 ފޫޓު (6،000 މީޓަރު) އުސްމިނަށް އަދި ސުމަޓްރާ އާއި ބަންޓެން ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކުން 50،000 ފޫޓު (15,000 މީޓަރު) އުސްމިނަށް ވަނީ އަރާފަ އެވެ.

ބޭރަށް ނުކުމެ އުޅޭއިރު އަޅީގެ އަސަރުން ސަލާމަތްވުމަށް މާސްކް އެޅުމަށް ޑިޒާސްޓާ އެޖެންސީން އާދިއްތަ ދުވަހު ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ޖަކާޓާ އާއި ލަމްޕަންގްގެ ސްކޫލްތަކުގެ ދަރިވަރުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީ "އަންތާރާ" އިން ރިޕޯޓްކޮށްފައިވެ އެވެ.

އިންޑޮނޭޝިއާ އަކީ ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް ގިނައިން ހިނގާ ޕެސިފިކް "ރިންގް އޮފް ފަޔާ" ސަރަހައްދުގައި އޮންނަ ގައުމެކެވެ.

"ކްރަކަޓާއުގެ ދަރި" މި މާނަ ދޭހަވާ އަނަކް ކްރަކަޓާއު އުފެދެން ފެށީ މީގެ ގަރުނެއް ކުރިން، ކްރަކަޓޯއާގެ ނަމުން މަޝްހޫރުވި އަލިފާން ފަރުބަދަ ހުރި ސަރަހައްދުގަ އެވެ. އެ އަލިފާން ފަރުބަދަ 1883 ވަނަ އަހަރު ވަރަށް ބާރަށް ގޮވައި، އުފެދުނު ސުނާމީތަކުގައި 36,000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox