އިންޑޮނޭޝިއާ ޑޭކެއާއެއްގައި ކުދިންނަށް އަނިޔާކުރި މައްސަލައިގެ ޝަރީއަތް ފަށައިފި

Aug 18, 2026, 3:55 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިންޑޮނޭޝިއާގެ ޑޭކެއާ ސެންޓަރެއްގައި ބަލަހައްޓަމުންދިޔަ ކުދިންތަކަކަށް ބޮޑެތި އަނިޔާތަކެއް ކުރި ކަމަށް ތުހުމަތުކުރެވޭ 11 މުވައްޒަފެއްގެ ޝަރީއަތް ފަށައިފި އެވެ.

އާންމުންގެ ބޮޑު ނުރުހުމެއް އަމާޒުވެފައިވާ މި މައްސަލައިގައި ހިމެނޭ ޔޮގްޔަކާޓާ ސިޓީގައި ހުންނަ ޑޭކެއާ ސެންޓަރު ފުލުހުން ރޭޑްކުރީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅުގަ އެވެ. އެ ރޭޑްގައި އުމުރުން 2 އަހަރާއި 6 އަހަރާ ދެމެދުގެ އެތައް ކުދިންނެއްގެ އަތާއި ފައި ބަނދެފައި ތިއްބާ ފެނިފައިވާއިރު، ބައެއް ކުދިން ތިބީ ދޮރުތަކުގައި އައްސާފަ އެވެ.

ޔޮގްޔަކާޓާގައި ހުންނަ "ލިޓްލް އަރޭޝާ" ޑޭކެއާގެ ކުދިން ބަލަހައްޓާ މީހުން އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރިއިރު، އަނިޔާ ލިބުނު ކުދިންގެ ބެލެނިވެރިން ވެސް ޝަރީއަތުގެ މަޖިލީހަށް ހާޒިރުވި އެވެ. އޭގެ ތެރެއިން ބައެއް ބެލެނިވެރިން ތިބީ "އަހަރެމެން މި ހަނގުރާމަކުރަނީ އަހަރެމެންގެ ދަރިންނަށްޓަކައި" ޖަހާފައިވާ ބެޖުތަކެއް ހަރުކޮށްގެންނެވެ.

ޔޮގްޔަކާޓާ ކޯޓުގެ ޕްރޮސިކިއުޓަރުން ވަނީ ކުޑަކުދިންނަށް އިހުމާލުވުމާއި އަނިޔާކުރުމުގެ ދައުވާ އުފުލާފަ އެވެ. މިކަން ހާމަކޮށްފައިވަނީ ލައިވްކޮށް ދެއްކި ޝަރީއަތުގެ އަޑުއެހުމުގަ އެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު ކުޑަކުދިންގެ އަދަދު 144 އަށް އަރާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ބެލެނިވެރިންގެ ފަރާތުން ވާހަކަދެއްކި އުމުރުން 38 އަހަރުގެ އިމީޑިއާ ދްވީ އަންޖާނީ އަންގާރަ ދުވަހު ބުނީ، އަނިޔާ ލިބުނު ބައެއް ކުދިން އަދިވެސް އާ މީހުންނާ ބައްދަލުކުރަން ބިރުގަންނަ ކަމަށާއި، އެ ކުދިންގެ ކިބައިން ރުޅިވެރިކަން ފެންނަ ކަމަށެވެ.

ޔޮގްޔަކާޓާގެ ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ޖުމްލަ 32 މީހަކު ވަނީ ތުހުމަތު ކުރެވޭ މީހުންގެ ގޮތުގައި ކަނޑައަޅާފަ އެވެ.

ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި، މިއީ އިންޑޮނޭޝިއާގެ ފަހުގެ ތާރީހެއްގައި ހިނގި މިފަދަ އެންމެ ބޮޑު އެއް މައްސަލަ އެވެ. މި ހާދިސާއާ ގުޅިގެން މުޅި ގައުމުގެ ސަމާލުކަން މިކަމަށް ހުއްޓުނެވެ.

އިންޑޮނޭޝިއާގައި ކުޑަކުދިންނަށް އަނިޔާކުރުމާއި އިހުމާލުވުމުގެ ކުށް ސާބިތުވެއްޖެ ނަމަ، އެންމެ ބޮޑު އަދަބެއްގެ ގޮތުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އަދި 100 މިލިއަން ރުޕިއާ (5,603.81 ޑޮލަރު) ގެ ޖޫރިމަނާއެއް އާދެ އެވެ.

އިންޑޮނޭޝިއާގައި އެތައް ހާސް ޑޭކެއާ ސެންޓަރުތަކެއް ހުރި ނަމަވެސް، މިއީ އެ ގައުމަށް ނިސްބަތުން އާ ކޮންސެޕްޓެކެވެ. އެ ގައުމުގައި އާންމުކޮށް ކުދިން ބަލަހައްޓަނީ އާއިލާގެ މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox