އިންޑޮނޭޝިއާގެ އަލިފާންގަނޑުތަކުން ދުމުގެ އަސަރު މެލޭޝިއާއަށް

Aug 13, 2026, 6:32 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އިންޑޮނޭޝިއާގެ އެކި ކަންކޮޅުތަކުން 107،000 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން އަނދަމުން ދާތީ، އެ ގައުމުގެ ސަރުކާރުން އެ އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުން އެބަދެ އެވެ.

އަލިފާން ނިއްވުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ އާޓިފިޝަލްކޮށް ވާރޭ ވެއްސުމަށް "ކްލައުޑް-ސީޑިންގް" މަތިންދާބޯޓުތައް ބޭނުންކުރަން ފަށާފަ އެވެ. އަދި އަލިފާނުގެ އަސަރުކޮށްފައިވާ ޕްރޮވިންސްތަކުގެ ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައިވާތާ މިހާރު ވަނީ ތިން ދުވަސް ވެފަ އެވެ.

ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކެކޭ އެއްފަދައިން، އިންޑޮނޭޝިއާއަށް ވެސް މި އަހަރު ވަނީ އާދަޔާ ހިލާފަށް ހޫނުގަދަވެ، ހޫނު މޫސުން ދިގުލައިގެން ގޮސްފަ އެވެ. 

Advertisement

މި އަލިފާންގަނޑުތަކުގެ ސަބަބުން އުފެދުނު ދުމުގެ އަސަރު މެލޭޝިއާގެ ބައެއް ސަރަހައްދުތަކަށް ވެސް ވަނީ ކޮށް ފައެވެ. އެގޮތުން، ބުދަ ދުވަހު މެލޭޝިއާގެ ސަރަވަކް ސްޓޭޓްގެ ކުޑަ ރަށެއްގައި ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވި އެވެ.

އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން އަލިފާން ނިއްވުމުގެ މަސައްކަތް ބޮޑަށް އަމާޒުކުރަމުން ދަނީ ހަ ޕްރޮވިންސަކަށެވެ. އެއީ ޖަމްބީ، ސައުތު ސުމަޓްރާ، ވެސްޓް ކަލިމަންޓަން، ސެންޓްރަލް ކަލިމަންޓަން، ސައުތު ކަލިމަންޓަން އަދި ރިއާއު އެވެ.

އެންމެ ބޮޑަށް އަސަރުކޮށްފައިވާ ހަ ޕްރޮވިންސްގެ އިތުރުން، އީސްޓް ޖާވާގައި ހުންނަ މައުންޓް ބްރޯމޯ ނޭޝަނަލް ޕާކުގައި ވެސް ގާތްގަނޑަކަށް ހަފުތާއެއް ވަންދެން އަލިފާން ރޯވެފައި އޮތެވެ. މި އަލިފާންގަނޑު ހޯމަ ދުވަހު ނިއްވާލެވުނު އިރު، އެ ޕާކުގެ 550 ހެކްޓަރުގެ ބިން ވަނީ އަނދާފަ އެވެ.

ކަމާބެހޭ އިދާރާތަކުން ވަނީ މައުންޓް ބްރޯމޯގެ އަލިފާން ފަރުބަދަ ކައިރިން އަލިފާން ރޯވެދާނެ އާ ސަރަހައްދުތަކެއް ހުރިކަމުގެ އިންޒާރު ވެސް ދީފަ އެވެ. ފަތުރުވެރިންގެ މެދުގައި މަގުބޫލު މި ސަރަހައްދު އޮގަސްޓް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ވަނީ ޒިޔާރަތްކުރާ މީހުންނަށް ބަންދުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

ޕޮލެންޑުގައި ބަޑިން ހަމަލާދީ ހަ މީހުން މަރާލައިފި

ޕޮލެންޑުގެ ކްރަކޯވްގައި ހަރުކަށި ފިކުރުގެ މީހަކު ބަޑިން ހަމަލާދީ ހަ މީހުން މަރާލާފައިވާއިރު، އޭނާ ދިރިއުޅޭ ގެއިން ވެސް އިތުރު ތިން މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. މި ހަމަލާގައި 17 މީހަކު ޒަޚަމްވެފައިވާއިރު، ފުލުހުން ވަނީ ހަމަލާދިން މީހާގެ ގަޔަށް ބަޑިޖަހައި އޭނާ ހައްޔަރުކޮށްފައެވެ.

އިޒްރޭލުގެ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު އައިޒެންކޮޓްއަށް

އިޒްރޭލުގެ އާންމު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުމާ ގުޅިގެން، އާ ކޯލިޝަން ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ރައީސް އައިޒަކް ހަރްޒޮގް ވަނީ އިދިކޮޅު ލީޑަރު ގާޑީ އައިޒެންކޮޓްއަށް ދެއްވާފައެވެ. ސަރުކާރު އެކުލަވައިލުމަށް އައިޒެންކޮޓްއަށް ގިނަވެގެން 42 ދުވަސް ލިބިވަޑައިގަންނަވާއިރު، އޭނާ ވިދާޅުވީ މިއީ ގައުމީ ކުއްލި ހާލަތުގެ ސަރުކާރެއް އުފައްދަންވީ ވަގުތު ކަމަށެވެ. މި އިންތިހާބުގައި އަރަބި ޕާޓީތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައިވީ ނަމަވެސް، ޔަހޫދީ ޕާޓީތަކުން ވަނީ ސަރުކާރު އެކުލަވައިލުމުގައި އެ ޕާޓީތަކުގެ އެހީތެރިކަން ނުހޯދާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox