އަލިފާން ފަރުބަދައެއް ގޮވައި ޖަކާޓާގެ މައި އެއާޕޯޓް ހުއްޓުމަކަށް

Sep 6, 2026, 10:30 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިންޑޮނޭޝިއާގެ އަނަކް ކްރަކަޓާއު އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން، ޖަކާޓާގެ މައި އެއާޕޯޓުގެ ސަތޭކައަށް ވުރެ ގިނަ ފްލައިޓްތައް އާދީއްތަ ދުވަހު މެދުކަނޑާލައިފި އެވެ.

މި ހާދިސާއާ ގުޅިގެން ބައެއް ސްކޫލްތަކުގެ ހަރަކާތްތަކާއި މަސްވެރިކަން ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ސުކާނޯ-ހައްޓާ އިންޓަނޭޝަނަލް އެއާޕޯޓުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަލިފާން ފަރުބަދައިގެ އަޅިތަކުގެ ސަބަބުން އާދީއްތަ ދުވަހުގެ ހެނދުނު 9:30 އާ ހަމައަށް ފްލައިޓްތައް އޮޕަރޭޓްކުރުން މެދުކަނޑާލާފައިވާ ކަމަށެވެ.

އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި، ކުރިން ހެނދުނު 5:30 އާ ހަމައަށް އޮޕަރޭޝަންތައް ހުއްޓާލުމަށް ނިންމި ނިންމުން އިތުރުކުރުމާ ގުޅިގެން، ބައިނަލްއަގުވާމީ ބައެއް ދަތުރުތައް ހިމެނޭހެން ޖުމްލަ 209 ފްލައިޓަކަށް ވަނީ އަސަރުކޮށްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުކުރު ދުވަހުގެ ރޭގަނޑުން ފެށިގެން އަނަކް ކްރަކަޓާއު އަލިފާން ފަރުބަދަ ގޮވަމުންދާ ކަމަށާއި، އާދީއްތަ ދުވަހުގެ ހެނދުނުގެ ކުރީކޮޅު އެއާޕޯޓުގެ ސަރަހައްދުން އަލިފާން ފަރުބަދައިގެ އަޅި ފެނިފައިވާ ކަމަށެވެ.

އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖިކަލް އެޖެންސީ (ބީއެމްކޭޖީ) ގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ޖާވާ ސަރަހައްދުން 20،000 ފޫޓު އުސްމިނަށް އަޅި ފެތުރިފައިވާއިރު، ސުމަޓްރާ ސަރަހައްދާއި ޖާވާގެ ބަންޓެން ޕްރޮވިންސްގެ ބައެއް ހިސާބުތަކަށް 50،000 ފޫޓު އުސްމިނަށް އަޅީގެ ވިލާގަނޑު ވަނީ ފެތުރިފަ އެވެ.

އަނަކް ކްރަކަޓާއު އަލިފާން ފަރުބަދަ އޮންނަނީ އިންޑޮނޭޝިއާގެ ޖާވާ އާއި ސުމަޓްރާއާ ދެމެދުގަ އެވެ. އިންޑޮނޭޝިއާ އަކީ ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުން އާންމު ސަރަހައްދެއް ކަމަށްވާ ޕެސިފިކް "ރިންގް އޮފް ފަޔާ" ގައި އޮންނަ ގައުމެކެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓާ މިޓިގޭޝަން އެޖެންސީ (ބީއެންޕީބީ) ގެ ތަރުޖަމާނު ބާޓަން ޕަންޖައިތަން ވިދާޅުވީ، އާންމުން ހާސްނުވެ، ސަމާލުކަން އިތުރުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އަޅި ފައިބާ ނަމަ މާސްކާއި ލޮލަށް ރައްކާތެރިކަންދޭ އައިނު އެޅުމަށާއި، ބޭރުގައި އުޅޭ ވަގުތު މަދުކުރުމަށާއި، ފެން ރައްކާކުރާ ތަންތަން ނިވާކުރުމުގެ އިތުރުން، އަޅީގެ ސަބަބުން ފެންނަ މިންވަރު ދަށްވާނެތީ ދުއްވާ އެއްޗެހި ދުއްވުމުގައި ސަމާލުވުމަށް ވެސް އޭނާ އިރުޝާދު ދެއްވި އެވެ.

ޑިޒާސްޓާ މިޓިގޭޝަން އެޖެންސީން ހޮނިހިރު ދުވަހު ބުނެފައިވަނީ، އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ސުނާމީއެއް އެރުމުގެ ބިރު މިވަގުތު ނެތް ކަމަށެވެ.

މީގެ ކުރިން، 2018 ވަނަ އަހަރު އަނަކް ކްރަކަޓާއު ގޮވުމުގެ ސަބަބުން އެރި ސުނާމީގައި ޖާވާ އާއި ސުމަޓްރާ އިން ސަތޭކައަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކަށް އަނިޔާވި އެވެ.

"ކްރަކަޓާއުގެ ދަރި" މި މާނަ ދޭހަވާ އަނަކް ކްރަކަޓާއު އުފެދިފައިވަނީ މީގެ ގަރުނެއް ކުރިން، ކުރީގެ މަޝްހޫރު ކްރަކަޓޯއާ އަލިފާން ފަރުބަދަ ހުރި ސަރަހައްދުންނެވެ. ކްރަކަޓޯއާ އަލިފާން ފަރުބަދަ ހަލާކުވެގެން ދިޔައީ 1883 ވަނަ އަހަރު އެ ފަރުބަދަ ވަރުގަދައަށް ގޮވައި، އޭގެ ސަބަބުން އުފެދުނު ސުނާމީތަކުގައި 36،000 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox