މަސްތުވެ ހުރެ 26 ކިލޯގެ ޑްރަގް އެތެރެކުރި މެލޭޝިއާގެ ޕައިލެޓަކު ޖަކާޓާއިން ހައްޔަރުކޮށްފި

Aug 5, 2026, 9:53 PM
ވީޑިއޯގެ ސްކްރީންޝޮޓެއް

ވީޑިއޯގެ ސްކްރީންޝޮޓެއް

މަސްތުގެ ހާލަތުގައި ހުރެ ވަޒީފާއަށް ނިކުމެ، އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއަށް 26 ކިލޯގެ އެމްޑީއެމްއޭ އެތެރެކުރި ކަމުގެ ތުހުމަތުގައި މެލޭޝިއާގެ ޕައިލެޓަކު ހައްޔަރުކޮށްފި އެވެ.

އިންޑޮނޭޝިއާގެ ކަސްޓަމްސް އޮފީހުން ބުނީ  އުމުރުން 39 އަހަރުގެ މި ޕައިލެޓް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ޖަކާޓާގެ މައި އެއާޕޯޓުން ކަމަށެވެ. 

"އެމްއެސް" ގެ ނަމުން އައިޑެންޓިފައި ކޮށްފައިވާ މި ޕައިލެޓަކީ މެލޭޝިއާ އެއާލައިންސްގެ ބޯޓެއް ކުއާލަލަމްޕޫރުން ޖަކާޓާއަށް ދުއްވި މީހެއް ކަމަށް އެ އޮފީހުން ބުންޏެވެ.

ޖިނާއީ ތުހުމަތު ކުރެވޭ މި ޕައިލެޓް ޖަކާޓާއަށް 26 ކިލޯގެ އެމްޑީއެމްއޭ އެތެރެކުރީ ފޮއްޓެއްގައި ކަމަށާއި، އެއީ ކާކުކަން ނޭނގޭ މީހަކު 50،000 ރިންގިޓް (12,239.90 ޑޮލަރު) ގެ އިނާމެއް ދޭނެ ކަމަށް ބުނުމުން ކުރި ކަމެއް ކަމަށް ކަސްޓަމްސް އޮފީހުން މައުލޫމާތުދެ އެވެ.

ޕައިލެޓްގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން އޭނާ ހުރީ ކޮކެއިން އާއި މެތައެމްފަޓަމިންއަށް ޕޮޒިޓިވްވެ، މަސްތުގެ ހާލަތުގައިކަން އެނގުނެވެ. އަދި މި މައްސަލައާ ގުޅިގެން އިންޑޮނޭޝިއާ އާއި މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުން ދަނީ މުއާމަލާތު ކުރަމުންނެވެ.

އިންޑިނޭޝިއާގެ ކަސްޓަމުން ބުނީ މި ޕައިލެޓަކީ މަސްތުވާތަކެތި އުފުލައިދޭ "ކޫރިއަރެއް" ގެ ގޮތުގައި މަސައްކަތްކުރި މީހެއް ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާތީ އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން މެލޭޝިއާ އެއާލައިންސް އިން އިންކާރު ކުރި ނަމަވެސް، އެ ކުންފުނިން ބުނީ މުވައްޒަފުންގެ ފަރާތުން ފެންނަ މިފަދަ އެއްވެސް ނޭދެވޭ އަމަލެއް ބަލައިނުގަންނަ ކަމަށާއި، މިހާރު އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް އެ އެއާލައިނުން ބުނެފައިވެ އެވެ.

އިންޑޮނޭޝިއާއަކީ މަސްތުވާތަކެއްޗާ މެދު ވަރަށް ހަރުކަށި ގާނޫނުތަކެއް ގެންގުޅޭ ގައުމެކެވެ. އެގޮތުން 2015 ވަނަ އަހަރު، ބާލީން ހެރޮއިން ބޭރުކުރަން އުޅުނު "ބާލީ ނައިން" ޑްރަގް ރިންގުގައި ހިމެނޭ އޮސްޓްރޭލިއާގެ ދެ މީހަކަށް އެ ގައުމުން ވަނީ މަރުގެ އަދަބު ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox