އިންސާނުން މަސްތުވާތަކެތި ބޭނުންކުރަން ފެށީ 25،000 އަހަރު ކުރިން ކަމަށް އާ ދިރާސާއަކުން ދައްކައިފި

Sep 11, 2026, 8:34 AM
އިންޑޮނީޝިއާގެ ސުލަވެސީން ފެނުނު ދަތްޕިލަ

އިންޑޮނީޝިއާގެ ސުލަވެސީން ފެނުނު ދަތްޕިލަ

އިންސާނުން މަސްތުވާތަކެތި ބޭނުންކުރަން ފެށީ ކުރިން ސައިންސްވެރިން ލަފާކޮށްފައި އޮތް މުއްދަތަށްވުރެ މާ ކުރިން ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

އިންޑޮނީޝިއާގައި ކުރެވުނު މި ދިރާސާއިން ހާމަވާ ގޮތުގައި މީގެ 25،000 އަހަރު ކުރިން އެ ސަރަހައްދުގެ މީހުން ވަނީ މަސްތުވުމުގެ ބޭނުމުގައި ފޯއް ބޭނުންކޮށްފަ އެވެ.

އޮސްޓްރޭލިއާގެ ގްރިފިތު ޔުނިވާސިޓީގެ ސައިންސްވެރިން ކުރި މި ދިރާސާގައި ވަނީ އިންޑޮނީޝިއާގެ ސުލަވެސީން ފެނުނު ދެ އިންސާނެއްގެ ކަށިތައް  ތަހުލީލުކޮށްފަ އެވެ. މީގެ ތެރެއިން އެއް ކަށިގަނޑަކީ މީގެ 16،000 އަހަރާއި 25،000 އަހަރާ ދެމެދުގެ ދުވަސްވީ ކަށިގަނޑެކެވެ. އަދި އަނެއް ކަށިގަނޑަކީ 6،300 އަހަރާއި 7،600 އަހަރާ ދެމެދުގެ ކުރީގެ ކަށިގަނޑެކެވެ.

Advertisement

މި ދެ އިންސާނުންގެ ދަތްތަކުން ފެންނަން ހުރި އާދަޔާ ހިލާފު ނިޝާންތަކަކީ މަސްތުވުމަށް އެއްޗެއް ބޭނުންކުރި ކަމަށް ފެންނަން އޮތް އެންމެ ދުވަސްވީ ނިޝާން ކަމަށް، މި ދިރާސާ އިސްކޮށް ހިންގެވި ޕްރޮފެސަރު އެޑަމް ބްރަމް ވިދާޅުވި އެވެ. 

އެ މީހުން މަސްތުވުމަށް ފޯއް ބޭނުންކުރިއިރު، އެއީ އޭގެ ޒާތުގައި ސިކުނޑިއަށް ހަމަޖެހުން ގެނެސްދޭ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. ނަމަވެސް ސިއްހީ ގޮތުން ގެއްލުންތައް ލިބޭ އެއްޗެކެވެ. 

މީގެ ކުރިން ސައިންސްވެރިން ގަބޫލުކުރަމުން އައީ އިންސާނުން މަސްތުވާތަކެތި ބޭނުންކުރަން ފެށީ ދަނޑުވެރިކަން އާންމުވި ދުވަސްވަރު ކަމަށެވެ. އެގޮތުން މީގެ 13،000 އަހަރު ކުރިން ރަލުގެ ބާވަތްތައް ބޭނުންކުރަން ފެށި ކަމަށް ބެލެވުނެވެ.

ނަމަވެސް އާ ހޯދުންތަކުން ދައްކާ ގޮތުގައި ޝިކާރަކޮށްގެން ކައިބޮއި އުޅުނު ޒަމާނުގެ އިންސާނުންގެ ތެރޭގައިވެސް މިފަދަ އާދަތައް ވަނީ އަށަގެންފަ އެވެ.

ދުނިޔޭގެ އާބާދީގެ ދިހަބައިކުޅަ އެއްބައި މީހުން މިހާރުވެސް ދުފުމަށް ފޯއް ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ގިނައީ ދެކުނު އޭޝިއާ އާއި އިރުދެކުނު އޭޝިއާގެ ގައުމުތަކެވެ.

ސައިންސް އެޑްވާންސަސް މަޖައްލާގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބަޔާންކޮށްފައިވާ ގޮތުގައި، މަސްތުވުމުގެބޭނުމުގައި ފޯއް ބޭނުންކުރުމުގެ ސަބަބުން އެ ޒަމާނުގެ އިންސާނުންނަށް ހިރުގަނޑުގެ ބަލިތައް ވަރަށް ބޮޑަށް ޖެހިފައިވެ އެވެ. މި ހޯދުމުގެ ސަބަބުން އިންސާނުންގެ ތާރީހުގައި މަސްތުވާތަކެތި ބޭނުންކުރަން ފެށި ގޮތާއި އޭގެ ސަގާފީ އަސްލުތަކާ ބެހޭ އާ މައުލޫމާތުތަކެއް ވަނީ ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox