
ލީވާން އަލީ ނާސިރު
ޖާނަލިސްޓް
ލީވާން އަލީ ނަސީރު ނޫސްވެރިއެއްގެ ގޮތުގައި ފުރަތަމަ ފެނިގެން ދިޔައީ ރާއްޖެ ޓީވީގެ ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ހަރަކާތްތެރިވަމުން އަންނަނީ ކަރަންޓް އެފެއާޒް ނޫސްވެރިޔެއްގެ ގޮތުގަ އެވެ. ވަކިން ހާއްސަކޮށް މުޖުތަމައުގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތަކާ މެދު އާންމުންގެ ސަމާލުކަން އިތުރުކުރުމަށް ލީވާން މަސައްކަތްކުރެ އެވެ. އަދި ސިޔާސީ ދާއިރާގެ ހަބަރުތަކާއި އިވެންޓުތައް ކަވަރުކުރުމުގައި ވެސް އޭނާ ހަރަކާތްތެރިވެ އެވެ.
5823 ލިޔުން
ހަބަރު"ގެއްލުންވާ ގޮތަށް ބްރިޖް އަޅަންޖެހޭނީ އަޅުގަނޑުމެން މަރާފައި"
އައްޑޫ ސިޓީގެ ފަރުގެ ބޮޑުބައެއް ހިއްކައިގެން ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ބްރިޖް އެޅުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނާ ދެކޮޅަށް މޭޔަރު އަލީ ނިޒާރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. ނިޒާރު ވިދާޅުވީ ބްރިޖްގެ ބަދަލުގައި ފާލަމެއް އަޅައިގެން އައްޑޫގެ ފަރުތައް ހަލާކުކުރުމަށް ފުރުސަތު ނުދޭނެ ކަމަށް.
ހަބަރުބިން އަތުލެވޭ ބިލު ބޭރުކުރަން ހަތް ޖަމިއްޔާއަކުން ގޮވާލައިފި
ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު އަނބުރާ ގެންދިއުމަށް ކައުންސިލް އެސޯސިއޭޝަނާއި އިތުރު ހަ ޖަމިއްޔާއަކުން ގޮވާލި. މި އިސްލާހަކީ ލާމަރުކަޒީ ނިޒާމު ހީނަރުވެ، މަރުކަޒީ ސަރުކާރަށް ބަރޯސާވާންޖެހޭނެ ކަމެއް ކަމަށް އެ ޖަމިއްޔާތަކުން ބުނޭ.
ހަބަރު"މިލިއަނުން ބަދަލު ހޯދަން އިންޑިއާ ކުންފުންޏަކުން ހުށަހަޅައިފި"
މި ސަރުކާރުން ތިން ރަށެއްގެ ހޮސްޕިޓަލް މަޝްރޫއު ބާތިލުކުރުމާ ގުޅިގެން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އިންޑިއާ ކުންފުންޏަކުން ހުށަހަޅާފައިވާ ކަމަށް އެމްޑީޕީން ބުނޭ. އެ ޕާޓީން ބުނާގޮތުގައި ކުރީ ސަރުކާރުން ހަވާލުކުރި މަޝްރޫއުތައް ހުއްޓުވީ މި ސަރުކާރުން ކަމަށް.
