ވާހަކަ މިދައްކަވަނީ ނަތީޖާއިންތަ؟ ނުވަތަ އޮޅުވާލަނީތަ؟

މުހައްމަދު މުއިއްޒު މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ނިމިގެން ދިޔަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ހިތްހަމަނުޖެހުމާއި ރުޅިވެރިކަމާއެކު، ރައީސް މުހައްމަދު މުއިއްޒު ދެއްވި ތަގުރީރު ނިންމާލައްވަން އެ މަނިކުފާނު ބޭނުންވީ ރައްޔިތުންގެ ހިތްތަކުގައި އުންމީދުތަކެއް އާކޮށްދިންނުމަށް ފަހު އެވެ.  ވެތުވެދިޔަ ދެ ސަރުކާރަށްވުރެ ގިނަ މަޝްރޫއު ނިންމައި، އަދި އެތައް ގުނައެއް ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހިނގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވެފަ އެވެ. 

"އަޅުގަނޑުމެން ވާހަކަ ދައްކާނީ ނަތީޖާއިން" ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، ސިޔާސީ ޕޯޑިއަމެއްގައި ދެއްކެވި މި ވާހަކަތައް ހަގީގަތާ އެއްގޮތްތޯ ބަލާލުން މުހިންމެވެ. 

ތަގުރީރުގައި މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވަނީ އެކި ދާއިރާތަކުން 590 މަޝްރޫއު ނިންމައި، 1635 މަޝްރޫއު ކުރިއަށް އެބަދެ އެވެ. ކުރީގެ ދެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި އަށް މަހުގެ ނަތީޖާއާ އަޅާބަލާއިރު މިއީ ބޮޑު ކުރިއެރުމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް، ސުވާލަކީ މިއީ ކިހާވަރެއްގެ ސައްހަ އަދަދުތަކެއް ހެއްޔެވެ؟

Advertisement

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން އެދުމުންވެސް، ނިމުނު އަދި ހިނގަމުންދާ މަޝްރޫއުތަކުގެ ތަފްސީލީ މައުލޫމާތު ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. އެހެންވެ، ސިޔާސީ ވާހަކައެއްގެ ގޮތުގައި އަދަދުތަކެއް އިއުލާނު ކުރެއްވި ނަމަވެސް، ގާނޫނީ ގޮތުން ކަށަވަރު ކުރެވޭނެ އުސޫލަކުން މައުލޫމާތު ހާމަނުކުރުމަކީ، އެ އަދަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ކަމެކެވެ.

އެންމެ އަޖައިބުވާންޖެހޭ ކަމަކީ، މިނިވަން ދުވަހުގެ ތަގުރީރުގައި ކާމިޔާބުގެ ވާހަކަ ދެއްކެވިތާ ދެ ހަފުތާތެރޭގައި، އިއްޔެގެ ކެބިނެޓު ބައްދަލުވުމުގައި މަޝްރޫއުތައް ކުރިއަށް ނުދާތީ މުއިއްޒު ކޯފާ އިސްކުރެއްވި ކަމަށް ތިލަވި މައުލޫމާތެވެ.  ސަރުކާރުން ދައްކާ އަދަދުތަކާ އެއްވަރަށް މަޝްރޫއުތައް ބާރަށް ކުރިއަށްދާނަމަ، ކެބިނެޓުގައި ކޯފާ އިސްކުރައްވަންޖެހޭ ސަބަބެއް ނެތެވެ.

އަދަދު ނޫހާ ވާހަކަ ދެއްކެވި ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ވިދާޅުވި ގޮތުގައި މަޝްރޫއުތައް ހިނގާ ކަމަށް ބުނި ނަމަވެސް އެކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދެ އެވެ. މައިގަނޑު ސަބަބަކީ ފައިސާ ނެތުމެވެ. މިއީ ހިންގުމުގެ ގާބިލުކަން ނެތުމުގެ ސަބަބުންނާއި، ހަރަދުތައް ބޮޑުވެ، މާލީ ތާށިކަން ބޮޑުވުމުން ދިމާވި ހާލަތެއްކަން އެންމެން ވެސް ގަބޫލުކުރަންޖެހެ އެވެ. 

އަމިއްލަ އަށް ގެނުވި ސަބަބުތަކަކާއެކު މެދުވެރިވެފައިވާ މާލީ މި ދަތިކަމުގައި ގައުމު އޮއްވައި، މުއިއްޒު ވަނީ 2028 ގެ މިނިވަން ދުވަހަށް ވަރަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފަ އެވެ.

އެގޮތުން، ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ، ވޭސްޓް މެނޭޖްމަންޓް، އަދި އޭޓީއެމް ގާއިމުކުރުމާއި، ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކާ ޝެޑާއި 30 މިނެޓުން ދެވޭނެ އެއާޕޯޓު ގާއިމުކުރުން ހިމެނެ އެވެ.

ކޮންމެ އަތޮޅެއްގައި ސީޓީ ސްކޭނާއި ޑައިލިސިސްގެ ހިދުމަތް، އިސްލާމިކް ސެންޓަރުތައް، 100 ރަށުގެ ކައުންސިލް އިމާރާތް އަދި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ނިންމެވުމަކީވެސް އެ ތަސައްވުރުގެ ބައެކެވެ.

މީގެ އިތުރުން މާލޭގެ މަގުހެދުމާއި، ތިލަމާލެ ބްރިޖާއި، ޕޯޓު ބަދަލުކުރުމާއި ވިލިމާލެ ހޮސްޕިޓަލް ނިންމުން ފަދަ ކަންކަންވެސް ހިމެނެއެވެ.

މި ތަސައްވުރުތަކަކީ ކޮންމެ ރައްޔިތަކު ވެސް އެދޭނެ، އަޑުއަހަން ރީތި، ފަސޭހަ ކަންކަމެވެ. ނަމަވެސް، އަދުގެ މާލީ ހާލަތު އޮތްގޮތުންނާއި، މިހާރު ހުރި މަޝްރޫއުތައް ވެސް ފައިސާ ނެތިގެން ހުއްޓެމުން ދާއިރު، މިފަދަ ބޮޑެތި ވައުދުތަކެއް 2028 އަށް ފުރިހަމަވާނެ ކަމަށް ގަބޫލުކުރުން ފަސޭހައެއް ނޫނެވެ. 

ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން މި ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދެވީ  ފައިސާ ހޯދާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ތިން އަހަރުވުމަށް ގާތްވެފައިވާއިރު އެ ވިދާޅުވި ނަތީޖާ އާއި ގާބިލްކަމެއް މުއިއްޒު އަދި މި ސަރުކާރަށް ދެއްކިއްޖެތޯ އަމިއްލަ އަށް ފައިސަލާ ކޮށްލާށެވެ.  

ސިޔާސީ ޕޯޑިއަމްތަކުގައި ބޮޑެތި އަދަދުތަކާއި މޮޅު ތަސައްވުރުތައް ދެއްކުމަކީ ފަސޭހަކަމެކެވެ. ނަމަވެސް، ވާހަކަ ދައްކާނީ ނަތީޖާއިން ކަމަށް ވިދާޅުވާއިރު، ރައްޔިތުންނަށް ފެންނަ ނަތީޖާއަކީ މާލީ ތާށިކަމެވެ. 

މަޝްރޫއުތައް ހުއްޓި، ފައިސާ ނެތިގެން ނުރައްކާތެރި ހާލަތެއް އުފެދިފައިވާ ތަނެވެ. ޑޮލަރުގެ އަގު 22ރ. އަށް އަރައި، މުސާރަ ދިނުމަށް ފައިސާ "ޗާޕްކުރަންޖެހޭ ހިސާބަށް" ގޮސްފައިވާ ހާލަތެވެ. 

މަޝްރޫއުތައް ކުރިއަށްދާ ކަމަށް މުއިއްޒު މާލެގައި ހުންނަވައި ޕޯޑިއަމްގައި ވިދާޅުވި ނަމަވެސް، ކޮންމެ ރަށަކަށް ވަޑައިގެން ކުރެއްސެވި ތަސްވީރު ކުލަ ނުވާކަށް އެ ރަށުގެ ރައްޔިތުންނަށް އެނގެ އެވެ. އެ ވާހަކަ ރައްޔިތުންގެ ދުލުން ދައްކަމުން ދާއިރު، އަދި  މަންޒަރުތައް އެކި މަންސަ ތަކުގައި ހިއްސާކުރަމުން ދާއިރު، މުއިއްޒުގެ ކަށިނެތް ދުލުން އަމުނާލާ ފޮނިބައިސާތަކުން މަޝްރޫއުތަކުގެ ބިންގާ އެޅި، އިމާރާތް ކޮޅަކަށް ނުޖެހެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox