ބިން އަތުލެވޭ ބިލު އަނބުރާ ގެންދަން ކައުންސިލް އެސޯސިއޭޝަން ހިމެނޭގޮތަށް ހަތް ޖަމިއްޔާއަކުން ގޮވާލައިފި

ހއ. އުތީމު: ގާނޫނު ބަދަލުކޮށްފި ނަމަ ސަރުކާރުން ބޭނުން ހުރިހާ ބިމެއް ނެގޭނެ --- ފޮޓޯ: އަދަދު

ހއ. އުތީމު: ގާނޫނު ބަދަލުކޮށްފި ނަމަ ސަރުކާރުން ބޭނުން ހުރިހާ ބިމެއް ނެގޭނެ --- ފޮޓޯ: އަދަދު

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސާސުން ބިންތަކާއި ތަންތަން މައި ސަރުކާރުން ބޭނުން އިރެއްގައި ވަކިކޮށް، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު ވަގުތުން އަނބުރާ ގެންދަން ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) ހިމެނޭ ގޮތަށް ހަތް ޖަމިއްޔާއަކުން މިއަދު ގޮވާލައިފި އެވެ. 

މި ނޫސްބަޔާން ނެރުނީ ކައުންސިލް އެސޯސިއޭޝަންގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް، ޒީރޯ ވޭސްޓް މޯލްޑިވްސް، ސޭވް މޯލްޑިވްސް ކެމްޕެއިން، ޕްރޮޖެކްޓް ތިމާވެށި، މޯލްޑިވްސް ރެޒިލިއަންޓް ރީފްސް އަދި އީކޯ ކެއާ ގުޅިގެންނެވެ. 

އެ ޖަމިއްޔާތަކުން ނެރުނު ނޫސް ބަޔާނުގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓުގެ އިހުތިޔާރަށް ރައްޔިތުންގެ އިޖުތިމާއީ އަދި އިގްތިސާދީ ވަސީލަތްތައް އަތުލުމަށް މަގުފަހިކުރާ އިސްލާހަކީ ބާރުތައް މަރުކަޒުކޮށް މުޖުތަމައުތައް މަރުކަޒީ ސަރުކާރަށް ބަރޯސާ ކުރުވުމަށް ހިންގާ ހަރަކާތަށް އިތުރުވި އަމަލެއް ކަމަށެވެ. 

Advertisement

"ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިމާއި، ފަޅާއި، ކަނޑުގެ ސަރަހައްދުތައް ސަރުކާރަށް ނެގޭގޮތަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ ލާމަރުކަޒީ ނިޒާމް އިތުރަށް ހީނަރު ކުރުވާނެ ނިންމުމެއް. ރަށްރަށުގެ ބިމާއި، ފަޅާއި، ކަނޑުގެ ސަރަހައްދަކީ އެ ރަށްރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ދިރުމެއް،"  ނޫސް ބަޔާނުގައި ބުންޏެވެ. 

ސަރުކާރުގެ އިހުތިޔާރީ ނިންމުމަކުން މި ވަސީލަތްތައް އަތުލުމަކީ، ގާނޫނުއަސާސީއިން ލާމަރުކަޒީ ނިޒާމް މެދުވެރިކޮށް ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަމިއްލަ ރަށުގެ ކަންކަން އަމިއްލައަށް ނިންމުމުގެ ހައްގު ނިގުޅައިގަތުން ކަމަށް ޖަމިއްޔާތަކުން ބުންޏެވެ. 

ރައްޔިތުންގެ ވަސީލަތްތައް ރައްޔިތުންގެ ބަހެއްނެތި ސަރުކާރަށް ނަގާ ގޮތަށް އޮތުމުން މުޖުތަމައުގެ ކަންކަން ކުރުމަށް ބޭނުންވާ އާމްދަނީ ގެއްލި، މުޖުތަމައު ހިންގުމަށްޓަކައި މަރުކަޒީ ސަރުކާރަށް އިތުރަށް ބަރޯސާވާންޖެހޭ ގޮތަށް ނިޒާމް ތަރުތީބު ކުރެވޭނެކަން ފާހަގަކޮށް ޖަމިއްޔާތަކުން ބުނީ އެކަމުގެ އެންމެ ފަހުގެ މިސާލަކީ އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި އަދި ހަންކެޑެ އުނިކުރުމެވެ.

ޖަމިއްޔާތަކުން ގޮވާލީ މަރުކަޒީ ސަރުކާރުން ކައުންސިލެއްގެ އިހުތިސާސަށް ބަދަލު ގެނައުމަށް ނުވަތަ މުދަލެއް ނެގުމަށް އެދޭނަމަ އެކަމާގުޅޭ ރަށުގެ ނުވަތަ ސިޓީ ކައުންސިލާއެކު ރަސްމީކޮށް މަޝްވަރާކޮށް، އިހުތިސާސާއި ވަސީލަތްތައް ނެގުމުގައި އަމަލުކުރާނެ އުސޫލުތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކޮށް ޝާއިއުކުރުމެވެ. 

މީގެއިތުރުން ސަރުކާރުގެ އެދުމާމެދު ގޮތެއް ނިންމުމުގެ ކުރިން، ކައުންސިލުން ރައްޔިތުންގެ ބައްދަލުވުމެއް ބާއްވައި ރައްޔިތުންގެ ހިޔާލު ހޯދުމާއި  ސަރަހައްދެއް ނެގުމަކީ މުޅި ދައުލަތުގެ ނުވަތަ އާންމު މަންފާއަށްޓަކައި ކުރެވޭ ކަމެއްކަން ސަރުކާރުން ސަރީހަކޮށް ބަޔާންކޮށް ޝާއިއުކުރަން ވެސް ޖަމިއްޔާތަކުން ގޮވާލި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox