މި ސަރުކާރުން އެއްބަސްވުން ބާތިލުކުރުމުން 70 މިލިއަނުގެ ބަދަލެއް ހޯދަން އިންޑިއާ ކުންފުންޏަކުން ހުށަހަޅައިފި: އެމްޑީޕީ

މިދިޔަ އެމްޑީޕީ ސަރުކާރުން ތިން ހޮސްޕިޓަލް އަޅަން އިންޑިއާ ކުންފުންޏާ ހަވާލުކުރުން: އެ އެއްބަސްވުންތައް މި ސަރުކާރުން ވަނީ ބާތިލުކޮށްފައި -- ފޮޓޯ: ހެލްތު މިނިސްޓްރީ

މިދިޔަ އެމްޑީޕީ ސަރުކާރުން ތިން ހޮސްޕިޓަލް އަޅަން އިންޑިއާ ކުންފުންޏާ ހަވާލުކުރުން: އެ އެއްބަސްވުންތައް މި ސަރުކާރުން ވަނީ ބާތިލުކޮށްފައި -- ފޮޓޯ: ހެލްތު މިނިސްޓްރީ

މި ސަރުކާރުން އެއްބަސްވުން ބާތިލުކުރުމުން ލިބުނު ގެއްލުމަށް 70 މިލިއަނަށްވުރެ ބޮޑު ބަދަލެއް ހޯދަން އިންޑިއާ ކުންފުންޏަކުން ހުށަހަޅާފައިވާ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ. 

އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކ. ތުލުސްދޫ ހޮސްޕިޓަލް މަޝްރޫއު އާއި ނ. ވެލިދޫ ހޮސްޕިޓަލް މަޝްރޫއު އަދި ށ. މިލަންދޫ ހޮސްޕިޓަލް މަޝްރޫއުގެ އެއްބަސްވުން މިދިޔަ އަހަރުގެ މާޗު 11، ގައި މި ސަރުކާރުން ވަނީ ބާތިލުކޮށްފައި ކަމަށެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި އެ ހޮސްޕިޓަލްތައް އަޅަން ހަވާލުކުރީ އިންޑިއާގެ އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާ އެވެ. އޭގެތެރެއިން ކ. ތުލުސްދޫ ހޮސްޕިޓަލް އަޅަން 91.7 މިލިއަން ރުފިޔާއަށް ހަވާލުކުރިއިރު، ނ. ވެލިދޫ ހޮސްޕިޓަލާއި ށ. މިލަންދޫ ހޮސްޕިޓަލް އަޅަން ހަވާލުކުރީ 95.6 މިލިއަން ރުފިޔާއަށެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ކުރިއަށްނުގޮސް ހުއްޓިފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވި ވާހަކައަށް ރައްދުދީ ނޫސް ބަޔާނުގައި އެމްޑީޕީން ބުނީ އެ މަޝްރޫއުތައް ހިނގަމުންދަނިކޮށް ހުއްޓުވީ މި ސަރުކާރުން ކަމަށެވެ.

އެމްޑީޕީން ބުނީ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުންނާއެކު ހަދާފައިވާ އެއްބަސްވުންތައް މި ސަރުކާރުން ވެރިކަމަށް އައިސް އާންމުންނަށް ގެއްލުންވާ ގޮތަށް ބާތިލުކޮށް އެ މަޝްރޫއުތައް ބޮޑު އަގުގައި ސަރުކާރުގެ އެކި އެސްއޯއީތަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

މިދިޔަ ސަރުކާރުން ހަވާލުކުރި ހެލްތު ސެކްޓާގެ 16 މަޝްރޫއުއެއް ހިނގަމުންދަނިކޮށް ހުއްޓުވީ މި ސަރުކާރުން: އެމްޑީޕީ

ނިމިދިޔަ ސަރުކާރުން ހަވާލުކުރި ހެލްތު ސެކްޓަރުގެ 16 މަޝްރޫއެއް ހުއްޓުވީ މި ސަރުކާރުން ކަމަށް ބުނެ އެމްޑީޕީން ހެލްތު މިނިސްޓަރުގެ ވާހަކަތަކަށް ރައްދުދީފި. އެ ޕާޓީން ބުނީ ކުރީގެ އެއްބަސްވުންތައް ބާތިލުކޮށް، ބޮޑު އަގުގައި ސަރުކާރުގެ ކުންފުނިތަކާ މަސައްކަތްތައް ހަވާލުކުރުމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް.

އެމްޑީޕީ ސަރުކާރުން މަޝްރޫއުތައް ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްއިން ނޭޝަނަލް ޓެންޑާ ބޯޑް މެދުވެރިކޮށް ނިންމަންޖެހޭ ހުރިހާ މަރުހަލާއެއް ނިންމުމަށްފަހުކަން ފާހަގަކޮށް އެ ޕާޓީން ބުނީ މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތިލުކުރުމުން ލިބުނު ގެއްލުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ "މިއަދުގެ ނާގާބިލު ސަރުކާރުން" ކަމަށެވެ. 

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ސްޕެއިންގެ އެގްޒިމް ބޭންކްގެ އެހީގައި އެމްޓީސީސީ މެދުވެރިކޮށް އިމާރާތްކުރަން ހަވާލުކޮށްފައިވާ ލ. ގަމު ޓާޝަރީ ހޮސްޕިޓަލް އަދި ގައްދޫ ހޮސްޕިޓަލްގެ މަސައްކަތް ވެސް މި ސަރުކާރުން ވަނީ ހުއްޓުވާފައި ކަމަށް އެމްޑީޕީން ބުންޏެވެ. 

އެ ޕާޓީން ބުނީ މިދިޔަ ސަރުކާރުން ސައުދީ ފަންޑް ފޯ ޑެވޮލޮޕްމަންޓްއަށް ހުށަހަޅައިގެން އއ. ރަސްދޫ ހޮސްޕިޓަލް މަޝްރޫއު، ނ.މަނަދޫ ހޮސްޕިޓަލް މަޝްރޫއު އަދި ޏ. ފުވައްމުލަށް ހޮސްޕިޓަލް މަޝްރޫއަށް 50 މިލިއަން ޑޮލަރު ހޯދާފައި ވަނިކޮށް މި ސަރުކާރުން ވަނީ އޭގެތެރެއިން އއ. ރަސްދޫގެ ބަދަލުގައި ފ. ނިލަންދޫ އަދި ނ. މަނަދޫގެ ބަދަލުގައި ލ. ފޮނަދޫގައި އޭގެ ތެރެއިން ދެ ހޮސްޕިޓަލް އަޅަން ނިންމާފައި ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox