ކުޅުދުއްފުށި ކައުންސިލުން އެ ރަށުގެ ކޮންމެ ސްކޫލަކަށް އެއް ލައްކަ ރުފިޔާ ހަދިޔާ ކުރަނީ

ކުޅުދުއްފުށި ސިޓީ ކައުންސިލުން ހދ. އަތޮޅު ތައުލީމީ މަރުކަޒަށް އެއް ލައްކަ ރުފިޔާގެ ގްރާންޓް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށި ސިޓީ ކައުންސިލުން ހދ. އަތޮޅު ތައުލީމީ މަރުކަޒަށް އެއް ލައްކަ ރުފިޔާގެ ގްރާންޓް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ރަށުގެ ތިން ސްކޫލަކަށް މި އަހަރު ދިނުމަށް ހަމަޖެހިފައިވާ "ސްކޫލް ގްރާންޓް" ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ. 

މި ގްރާންޓް ލިބިފައިވަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒަށާއި ޖަލާލުއްދީން ސްކޫލްގެ އިތުރުން އަފީފުއްދީން ސްކޫލަށެވެ. ގްރާންޓް އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އާއި ސްކޫލްތަކުގެ އިސްވެރިންނެވެ. 

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ ގްރާންޓަށް ހުޅުވާލުމުން ސްކޫލްތަކުން ޕްރޮޕޯޒަލްތައް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ފައިސާ ދޫކުރަން އެއްބަސްވުން ހެދީ އެ ޕްރޮޕޯޒަލްގައި ހިމެނޭ ކަންކަން ތަންފީޒު ކުރަން ކަމަށް އޭޏާ ވިދާޅުވި އެވެ. 

Advertisement

މި ގްރާންޓްގެ މަގްސަދަކީ ކުޅުދުއްފުށީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްކޫލްތަކުގެ ވަސީލަތްތައް ތަރައްގީކޮށް، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުން އަންނަ ހަރަކާތްތަކަށް އެހީތެރިވެ، ސްކޫލްތަކުގެ ޕީޓީއޭ އިން ސްކޫލްގެ ތަރައްގީއަށް ފަންޑް ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އެ މަސައްކަތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ކައުންސިލުން ބުންޏެވެ. 

މި ގްރާންޓް ޕްރޮގްރާމްގެ ދަށުން 2024 އަހަރާއި 2025 ވަނަ އަހަރުވެސް ކޮންމެ ސްކޫލަކަށް އެއް ލައްކަ ރުފިޔާ ދޫކޮށްފައިވާއިރު، 2022 ވަނަ އަހަރު ކޮންމެ ސްކޫލަކަށް 50،000 ރުފިޔާ ދޫކޮށްފައިވެ އެވެ. 

ކުޅުދުއްފުށި ސީޓީ ކައުންސިލުން އަންނަނީ އެ ރަށުގެ ތަރައްގީއަށް ގިނަ މަޝްރޫއުތައް ރާވައި ހިންގަމުންނެވެ. ނަމަވެސް ސަރުކާރުން އަންނަނީ ކައުންސިލްތަކުން ހިންގަމުންދާ އެކި މަޝްރޫއުތަކާއި މަސައްކަތްތަކަށް ހުރަސްއަޅަމުންކަން ފާހަގަކުރެވެ އެވެ. އެގޮތުން ހދ. އަތޮޅުގެ ރަށްތަކުން ހަދަން މަސައްކަތް ކުރާ ބޯޑު ހެދުމުގެ މަސައްކަތަށް ސަރުކާރުން ދަނީ ހުރަސް އަޅަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox