ޑޮލަރުގެ މައްސަލައިގައި ގަވަރުނަރު މަޖިލީހަށް ހާޒިރުކޮށްދޭން އެމްޑީޕިން އެދިއްޖެ

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު: ރައްޔިތުންގެ މަޖިލީހަށް އޭނާ ހާޒިރުކުރަން އެމްޑީޕީން ވަނީ އެދިފައި -- ފޮޓޯ: އެމްއެމްއޭ

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު: ރައްޔިތުންގެ މަޖިލީހަށް އޭނާ ހާޒިރުކުރަން އެމްޑީޕީން ވަނީ އެދިފައި -- ފޮޓޯ: އެމްއެމްއޭ

ރާއްޖޭގެ ބޭރު ފައިސާގެ އެކްސްޗޭންޖްގެ ހާލަތު އިންތިހާއަށް ގޯސްވަމުންދާތީ، އެކަމާމެދު އެމްއެމްއޭގެ ގަވަރުނަރު، އަހުމަދު މުނައްވަރު މަޖިލީހަށް ހާޒިރުކޮށްދިނުމަށް އިދިކޮޅު އެމްޑީޕީން މިއަދު އެދިއްޖެ އެވެ. 

އެމްޑީޕީން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކުރައްވައި ފޮނުވި ސިޓީގައި ބުނީ ރާއްޖޭގެ ފައިސާގެ އަގު ހިފެހެއްޓުމާއި، ފޮރިން އެކްސްޗޭންޖްގެ އޮނިގަނޑާ ނިޒާމް ރެގިއުލޭޓްކޮށް މޮނިޓާ ކުރުމަކީ އެމްއެމްއޭގެ މަސްއޫލިއްޔަތަކަށްވާއިރު، އެމްއެމްއޭގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ގަވަނަރު އާންމުންނަށް ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ކަމަށެވެ.

ދިވެހި ރުފިޔާގެ އަގަށް އަންނަ ހުރިހާ ބަދަލަކީ އެމްއެމްއޭގެ ބާރު ހިނގާ ކަންކަމެއް ނޫން ކަމަށްވާއިރު، ސަރުކާރުގެ ހަރަދުތަކާ، ދަރަންޏާ، އިމްޕޯޓްކުރާ މިންވަރާ، ބޭރު ފައިސާގެ އާމްދަނީއަކީ ވެސް މިކަމާ ގުޅުން ހުރި ކަންކަން ކަމަށް އެމްޑީޕީން ބުންޏެވެ. 

Advertisement

"މިކުރިމަތިވެފައިވާ ޑޮލަރުގެ ތާޢްޓަކީ، ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ބޮޑުވަމުންދާ މައްސަލައެއްނަމަ، އެކަންވެސް ހާމަކުރެވެންވާނެ. ޒިންމާ ނަގަންޖެހޭ ފަރާތެއް ޒިންމާ ނަގަންޖެހޭނެ. ސަރުކާރުން ސަރުކާރުގެ ސިޔާސަތުތަކާމެދު ޖަވާވުދާރީ ވާންޖެހޭނެ. އެމްއެމްއޭގެ ޕާފޯމަންސާ މަސައްކަތަށް އެމުއައްސަސާގެ ފަރާތުން ގަވާނަރު ޖަވާބުދާރީވާންވާނެ،" އެ ޕާޓީން ބުންޏެވެ. 

ޑޮލަރުގެ އަގު ބޮޑުވުމަކީ ހަމައެކަނި ބޭންކުތަކާ ފައިސާ މާރުކުރާ ފަރާތްތަކަށް އެކަނި ކުރިމަތިވާ މައްސަލައެއް ނޫންކަން ފާހަގަކޮށް އެމްޑީޕީން ބުނީ އެއީ ދިރިއުޅުމުގެ އަގާ ގުޅިފައިވާ، ކޮންމެ ގޭބިސީއަކާ ގުޅިފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. 

ކަޅު ބާޒާރުަގައި ޑޮލަރުގެ އަގު 22.25ރ. އަށް އަރައިފި

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ފުރަތަމަ ފަހަރަށް 22.25 ރުފިޔާއަށް އުފުލި، ޑޮލަރު ލިބުމުގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައި. މިއީ ރަސްމީ ރޭޓަށްވުރެ 44 ޕަސަންޓް ބޮޑު އަދަދެއް ކަމަށްވާއިރު، ޑޮލަރުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އާ ސިޔާސަތުތަކެއް ކަނޑައެޅި ނަމަވެސް ޑޮލަރުގެ އަގު ދަނީ ހުއްޓުމެއްނެތި މައްޗަށް.

ރާއްޖެއަކީ ބޭނުންކުރާ ހުރިހާ އެއްޗެއްހެން އިމްޕޯޓްކުރާ ގައުމަކަށްވީ ހިނދު، ވިޔަފާރިތަކަށް ހަމަ އަގުގައި ޑޯލަރު ނުލިބުމުން ދެކޮޅު ޖެއްސުމަށްޓަކައި ތަކެތީގެ އަގަށް ބަދަލު ގެންނަން މަޖުބޫރުވާ ކަމަށް އެމްޑީޕީން ބުންޏެވެ. އެ ޕާޓީން ބުނީ އެ ހަރަދުތައް އިތުރުވަނީ އާންމު ދިރިއުޅުމަށް ތަކެތި ގަންނަ ރައްޔިތު މީހާއަށް ކަމަށެވެ. 

މި ހަފްތާ ފެށުނުއިރު ޑޮލަރުގެ އަގު ވަނީ 22ރ. އަށް އަރައިފަ އެވެ. އެގޮތުން އާދީއްތަ ދުވަހު ޑޮލަރުގެ އަގު 22.10ރ. އަށް ހުރިއިރު، 48 ގަޑިއިރު ތެރޭގައި 15 ލާރި މިވަނީ އިތުރުވެފަ އެވެ. 

މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21.70 ރުފިޔާގައި ހުރުމަށްފަހު، ފާއިތުވި ދުވަސްތަކުގައި އަގު ވަނީ މަޑުމަޑުން އުފުލެން ފަށައިފަ އެވެ. މި މިދިޔަ ހަފުތާ ނިމުނުއިރު، ޑޮލަރެއްގެ އަގު ހުރީ 21.85ރ. ގަ އެވެ. އެއީ ވެސް މީގެ ކުރިން ރާއްޖޭގައި ޑޮލަރުގެ އަގު ނުއުފުލޭ މިންވަރެކެވެ.

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ވިއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ރޭޓަކީ 15.42ރ. އެވެ. ކަޅު ބާޒާރުގެ މިހާރުގެ އަގަށް ބަލާއިރު، މިއީ ރަސްމީ ރޭޓަށްވުރެ 6.83ރ. ބޮޑު އަދަދެކެވެ. މިއީ އިންސައްތައިން ބަލާނަމަ ރަސްމީ ރޭޓަށްވުރެ 44.29 ޕަސެންޓުގެ ބޮޑުވުމެކެވެ.

ޑޮލަރުގެ އަގަށް އަންނަ ބަދަލުތައް އަދަދު ނޫހުގެ ޑޮލަރު ޓްރެކަރ މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox