ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.25ރ. އަށް އަރައިފި

އެމެރިކާ ޑޮލަރު

އެމެރިކާ ޑޮލަރު

ހިފެހެއްޓުމެއްނެތި އުފުލެމުންދާ ޑޮލަރުގެ އަގު ރާއްޖޭގެ ކަޅު ބާޒާރުގައި ފުރަތަމަ ފަހަރަށް 22.25ރ. އަށް އަށް އަރައިފި އެވެ. 

މި ހަފްތާ ފެށުނުއިރު ޑޮލަރުގެ އަގު ވަނީ 22ރ. އަށް އަރައިފަ އެވެ. އެގޮތުން އާދީއްތަ ދުވަހު ޑޮލަރުގެ އަގު 22.10ރ. އަށް ހުރިއިރު، 48 ގަޑިއިރު ތެރޭގައި 15 ލާރި މިވަނީ އިތުރުވެފަ އެވެ. 

މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21.70 ރުފިޔާގައި ހުރުމަށްފަހު، ފާއިތުވި ދުވަސްތަކުގައި އަގު ވަނީ މަޑުމަޑުން އުފުލެން ފަށައިފަ އެވެ. މި މިދިޔަ ހަފުތާ ނިމުނުއިރު، ޑޮލަރެއްގެ އަގު ހުރީ 21.85ރ. ގަ އެވެ. އެއީ ވެސް މީގެ ކުރިން ރާއްޖޭގައި ޑޮލަރުގެ އަގު ނުއުފުލޭ މިންވަރެކެވެ.

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުއްޓުމެއްނެތި އިންތިހާއަށް ބޮޑުވަމުންދާއިރު، ޑޮލަރު ލިބުމުގައިވެސް ދަނީ ދަތިތައް ދިމާވަމުންނެވެ.

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ވިއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ރޭޓަކީ 15.42ރ. އެވެ. ކަޅު ބާޒާރުގެ މިހާރުގެ އަގަށް ބަލާއިރު، މިއީ ރަސްމީ ރޭޓަށްވުރެ 6.83ރ. ބޮޑު އަދަދެކެވެ. މިއީ އިންސައްތައިން ބަލާނަމަ ރަސްމީ ރޭޓަށްވުރެ 44.29 ޕަސެންޓުގެ ބޮޑުވުމެކެވެ.

ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރުމުގެ ގޮތުން، ރިސޯޓުތަކާއި ގެސްޓުހައުސްތަކުން ލިބޭ ޑޮލަރު ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް މުހައްމަދު މުއިއްޒު ވަނީ އާ ސިޔާސަތެއް ތައާރަފު ކުރައްވައިފަ އެވެ. އެ ސިޔާސަތު އިއުލާނު ކުރެއްވުމަށްފަހު ސަރުކާރުން ބުނެފައިވަނީ ޑޮލަރުގެ އަގު ދެން އިތުރަށް މައްޗަށް ނުދާނެ ކަމަށެވެ. ނަމަވެސް ބާޒާރުގެ ހަގީގީ ހާލަތު ފެންނަނީ ސަރުކާރުގެ އުންމީދުތަކާ ދެކޮޅަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑިކަމުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިކަން މުޅިން ހުއްޓިފައި އޮތް ދުވަސްވަރުވެސް ޑޮލަރުގެ އަގު އެންމެ މައްޗަށް ދިޔައީ 19.50ރ. އަށެވެ. އެއީވެސް ވަރަށް ކުޑަ ދުވަސްކޮޅަކަށެވެ. އަދި  މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 17.45ރ. ގަ އެވެ.

އިގްތިސާދީ މާހިރުން ބުނާ ގޮތުގައި ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލެން ދިމާވި މައިގަނޑު ސަބަބަކީ ރާއްޖެއަށް އެތެރެކުރާ މުދަލަށް ބޭނުންވާ ޑޮލަރު ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން ލިބުން ދަތިވުމެވެ. މީގެ އިތުރުން، ބޭރުގެ ދަރަނިތައް ދެއްކުމަށްޓަކައި ދައުލަތަށް ބޮޑެތި އަދަދުތަކުން ޑޮލަރު ބޭނުންވުމަކީވެސް ކަޅު ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑު އިންތިހާއަށް ބޮޑުވެގެން ދިޔަ ސަބަބެކެވެ.

ޑޮލަރުގެ އަގު ކޮންޓްރޯލުން ނެއްޓިގެން ދިއުމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް ވެސް ދަނީ ހަލުވިކަމާއެކު މަތިވަމުންނެވެ. މީގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، އިގްތިސާދީ ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ޑޮލަރުގެ އަގަށް އަންނަ ބަދަލުތައް އަދަދު ނޫހުގެ ޑޮލަރު ޓްރެކަރ މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox