އައްޑޫގައި ފަރު ހިއްކައިގެން ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ބްރިޖް އެޅޭނީ އަޅުގަނޑުމެން މަރާފައި: ނިޒާރު

އައްޑޫ މޭޔަރު އަލީ ނިޒާރު

އައްޑޫ މޭޔަރު އަލީ ނިޒާރު

ފަރުގެ ބޮޑުބައި ހިއްކައިގެން ބޮޑު ގެއްލުމެއް ލިބޭގޮތަށް އައްޑޫ ސިޓީގެ ހިތަދޫ އާއި ސ. ހުޅުދޫ އަދި މީދޫ ގުޅާލާ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަންޖެހޭނީ ރައްޔިތުން މަރާފައި ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ. 

އަދަދު ނޫހުން ގެނެސްދޭ ރަށު ނޯޓު ޕްރޮގްރާމުގައި ނިޒާރު ވިދާޅުވީ ބްރިޖް އެޅުމުގެ ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފާލަމެއް އަޅާ ގޮތަށް މިހާރު ބަދަލުކުރީ ފަރުގެ ބޮޑުބައެއް ހިއްކާ ގޮތަށް ކަމަށާއި އޭގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. 

"މިހާރު އަޅަން އުޅެނީ ބްރިޖެއް ނޫން. އެއީ ފާލަމެއް. ވެލި އަޅައިގެން މުޅި އައްޑޫގެ ހަލާކު. އަޅުގަނޑުމެންނަކަށް ނޭނގޭ ތިމާވެށީގެގޮތުން ދެން ދިމާވާނެ މުސީބާތެއްވެސް. މުޅި އައްޑޫގެ އެތެރެވަރި ހުރަސްކޮށް، ފަރުމަތި ހިއްކާލަނީ. މިއީ ބަޔަކު ކުރާވަރު ކަމެއް ނޫން މިއޮއްފަދަ ޒަމާނުގައި،" ނިޒާރު ވިދާޅުވި އެވެ. 

"މިއީ ކިހިނެއް ވެގެންތޯ މިއުޅެނީ. ކޮން ބަޔަކުތޯ މިވަރުން މިކަން ކުރަން އުޅެނީ. އަޅުގަނޑުމެންވެސް ބްރިޖެއް ބޭނުމޭ. އެހެންނަމަވެސް މިއީކީ މިކަން ކުރަން ޖެހޭ ގޮތެއް ނޫން. އަޅުގަނޑުމެން އެއްގޮތަކަށް ރުހޭނެ ކަމެއް ނޫން. އަޅުގަނޑުމެން މި މައްސަލައިގައި ބްރިޖް އަޅަންޔާމުން އަޅުގަނޑުމެން މަރާފައި ނޫނިއްޔާމުން މިގޮތަށް އައްޑޫ ހަލާކުރަން ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެންގެ ތަން އެއީ. މި ފާލަން މިގޮތަށް އަޅާކަށް އަޅުގަނޑުމެން އެއްބަހެއް ނުވާނަން."

 ނިޒާރު ވިދާޅުވީ ހިތަދޫ ކަނޑިހެރައިން ފެށިގެން ހުޅުމީދޫއާ ދޭތެރޭގައި އިންނަ ދެ ކަނޑުއޮޅިއާ ހިސާބަށް ފަރު ވެލި އަޅައިގެން ހިއްކަން ސަރުކާރުން ޕްލޭން ކޮށްފައިވާއިރު، ހިތަދޫ ފަޅުތެރެއިން ބްރިޖްގެ ކޯޒްވޭއަށް ފަރުމަތިން 90 ޕަސަންޓު ހިމަނާފައިވާ ކަމަށެވެ. 

"ހުޅުމީދޫއިން ފެށިގެން ހިތަދޫގެ ކަނޑިހެރަ އިންނަ ސަރަހައްދުގެ އިންނަ ދެ ކަނޑު އޮޅިއާއި ހަމަ ވެލި އަޅައިގެން ހިއްކަނީ. އައްޑޫގެ ފަރު ހިއްކަނީ. ހިއްކައިގެން ދެ ކަނޑުއޮޅި ހުރަސްކޮށް ބްރިޖް ފޯމޭޝަނެއް އަންނާނެ ދެން އަނެއްކާވެސް ހިތަދޫގެ ފަޅުތެރެއިން ގާތްގަނޑަކަށް ބްރިޖްގެ 90 ޕަސަންޓް ކޯޒްވޭއެއް އިންނަނީ. އެވެސް ފަރުމަތިން،" ނިޒާރު ވިދާޅުވި އެވެ. 

ބްރިޖްގެ މަސައްކަތް ސަރުކާރުން މިހާރު ކުރަން އުޅޭގޮތަކީ ރައްޔިތުން ރުހޭނެ ގޮތެއް ނޫންކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ ސަރުކާރުން އުޅެނީ ރައްޔިތުން ނުރުހޭ ކަމަށް ބުނެ ބްރިޖްގެ މަސައްކަތް ކުރިއަށް ނުގެންދަންށެވެ. 

މީގެއިތުރުން ނިޒާރު ވިދާޅުވީ އައްޑޫ ބްރިޖް އެޅުމަށް ކަމަށް ބުނެ ފަރުގެ ބޮޑުބައެއް ހަލާކުކޮށްލުމުން އޭގެ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށާއި އެ ސަރަހައްދަކީ ވަރަށް ގިނަ ޑައިވަރުން ޑައިވިނަށްވެސް ދާތަނެއް ކަމަށެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަން މިނިސްޓްރީން މިހާރު ނިންމާފައިވަނީ އައްޑޫގެ އުތުރު ފަރާތުން ހިތަދޫ، ހުޅުދޫ އަދި މީދޫ ގުޅުވައިދޭ ނޮދަން ރޫޓުންނެވެ. އެއީ ކުރިން އާންމުކޮށްފައިވާ ރޫޓާ މުޅިން ތަފާތު ރޫޓެކެވެ. 

ރޫޓަށް އައިސްފައިވާ ބަދަލުތަކުގެ ތެރޭގައި ހުޅުމީދޫއާ ބްރިޖް ގުޅޭ ހިސާބަށް ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން ހުޅުމީދޫއާ ބްރިޖް ގުޅޭ ސަރަހައްދުގެ ގޮތުގައި އިސްމެހެލާ ހުރަ ހިމެނުނު ނަމަވެސް، މިހާރު ބްރިޖް ހުޅުމީދޫއާ ގުޅެނީ ޓާޓަލް ޕޮއިންޓް ކައިރިންނެވެ. 

އައު ރޫޓްގެ ދަށުން ފަރުގެ ބޮޑުބައި ހިއްކައިގެން ކޯޒްވޭއެއް ގޮތަށް ބައެއް ސަރަހައްދުތައް ގުޅާލާއިރު، ރޫޓުގައި ފަރު ނުހިމެނޭ ދެ ކަނޑުއޮޅި ގުޅާލުމަށް ހަމަޖެހިފައިވަނީ ފާލަމެއް އަޅައިގެން ކަމަށް މައުލޫމާތު ލިބެ އެވެ. 

އައްޑޫ ބްރިޖްގެ މަސައްކަތް ފަރު ހިއްކައިގެން ކުރާނަމަ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ. ބްރިޖް އަޅާ ރޫޓަކީ މިޔަރު ޕޮއިންޓްތަކާއި މަންޓާ ޕޮއިންޓްތައް ވެސް ހިމެނޭ ސަރަހައްދުތަކެވެ. 

މި މަޝްރޫއުގެ ޑިޒައިން މަރުހަލާއަށް ބޭނުންވާ 30 މިލިއަން ރުފިޔާ 2024 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ހިމެނި އެވެ. އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ފަށަން ސަރުކާރުގެ "ހަފުތާ-14" ރޯޑުމެޕުގައި ވެސް ހިމެނި އެވެ. 

ވިހަވަނަ މަޖިލިސް އިންތިހާބު ކުރުމަށް 2024 ވަނަ އަހަރު ނެގި ވޯޓާ ދިމާކޮށް ފެބްރުއަރީ 19، 2024، ގައި އައްޑޫގައި ބޮޑު ރަސްމިއްޔާތެއް ބޭއްވުމަށް ފަހު މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ އެކު ސާވޭ މަސައްކަތް ކުރުމަށް ހަވާލުކުރި އެވެ. 

އަރަބް ކޮންޓްރެކްޓާސްއާއެކު އެއްބަސްވުން ހެދި ދުވަހު މުއިއްޒު ވިދާޅުވީ އެ އެއްބަސްވުން ކޮންޓްރެކްޓަކަށް ބަދަލުކޮށް، 2024 ވަނަ އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އޭރު މުއިއްޒު އަންދާޒާ ކުރެއްވީ ތިން އަހަރާއި ބައިގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އެ ސާވޭއަށް ވީ ގޮތެއް ނޭނގެ އެވެ. 

އެއަށްފަހު އެ ވާހަކަ ނުދެކެވި އޮތުމަށްފަހު ފެބްރުއަރީ 6، 2025، ގައި ރައްޔިތުންގެ މަޖިލީހަށް މުއިއްޒު އިއްވި ރިޔާސީ ބަޔާނުގައި އަނެއްކާ ވެސް ސާވޭގެ މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށް އިއުލާންކުރާނެ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް ކުރުމަށް ޗައިނާގެ ޓީވައިލިން ކުންފުންޏާ ތިން މިލިއަން ޑޮލަރަށް ހަވާލުކުރީ އޮކްޓޯބަރު 26، 2025، ގަ އެވެ. 

ޖެހިގެން އައި ނޮވެމްބަރު މަހު ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ބްރިޖުގެ މަސައްކަތްތައް ފެށުމަށް މުއިއްޒު އާ ތާރީހެއް ދެއްވި އެވެ. ފަނަރަ ކިލޯމީޓަރުގެ އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް 2026 ވަނަ އަހަރު ފެށުމަކީ އަމާޒެއް ކަމަށް އެ ދުވަހު ވިދާޅުވި އެވެ. އެހެން ނަމަވެސް، މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަކަށް ނުބެލެވެ އެވެ. 

އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހުޅުދޫ އާއި މީދޫ ގުޅާލުމަށް އެންމެ ފުރަތަމަ ވައުދުވެވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީން އެވެ. ޔާމީންގެ ތަސައްވުރާ އެއްގޮތަށް އެ ބްރިޖުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް 2023 ވަނަ އަހަރުގެ އިންތިހާބުގެ ކެމްޕޭނުގައި މުއިއްޒު ވައުދުވެވަޑައިގަތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox